ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއަކީ ބަހުގެ އިތުބާރު ހިފޭ ޕާޓީއެއް ނޫން: ރައީސް ނަޝީދު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްއާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ އިތުރުން އެމްޑީޕީގެ ކުރީގެ ރައީސް ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއަކީ ބަހުގެ އިތުބާރު ހިފޭ ޕާޓީއެއް ނޫން ކަމަށް ރައްޔިތުން މަޖުލީހުގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ފެންނަ ނުފެންނަ ވޯޓާއި ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން ފޮނުވި ސިޓީއާއި މަޖިލީހުން ފާސްކޮށްފައިވާ ނިޒާމީ ވޯޓޫގެ ގަރާރުގެ ބަހުސް މަރުހަލާގެ ތެރެއިން ރައީސް ނަޝިދު ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީ އެެއްގެ ކޮޅަށް ނާރާ އޮތީ އެމްޑީޕީން އެދިގެން ކަމަށެވެ. އެގޮތުން އެއްވެސް ޕާޓީއަކަށް ތާއިދު ނުކޮށްފިނަމަ ފެންނަ ނުފެންނަ ވޯޓު ނަގަން ތާއިދު ކުރާނެ ކަމަށް އެމްޑީޕީން ބުނި ކަމަށާއި އެކަމުގައި ޑިމޮކްރެޓްސްގެ ސިޓީއެއްވެސް އެމްޑީޕީން ހޯދި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

“އެމްޑީޕީން އެދުނީ އެއްވެސް ޕާޓީ އަކަށް ތާއިދު ނުކޮށް ތިބެއްްޖެ ނަމަ ނިޒާމް ބަދަލުކުރުމުގެ ފެންނަ ނުފެންނަ ވޯޓަށްތާއިދު ކުރާނެ ކަމަށް.” ރައީސް ނަޝީދު

އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ނަޝީދު ރައީސް ސޯލިހާއި ވާދަކުރައްވިއެވެ. ނަމަވެސް ބަލިވުމުން އެމްޑީޕީން ވަކިވެ ވަޑައިގެން އަމިއްލަފުޅަށް ޕާޓީއެއް އުފައްދެވިއެވެ. އެހާ ހިސާބުން ނަޝީދު ގެންދަވަނީ ފާޅުގައި އެމްޑީޕީޕީ އަށް ފާޑުވިދާޅުވަމުންނެވެ.

އެމްޑިޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް ނަޝީދު ވަނީ މީގެ ދެ ދުވަހެއް ކުރިން މެސެޖެއް ވެސް ފޮނުއްވާފައެވެ. އެމެސެޖުގައި ވަނީ އެމްޑީޕީއާއި ގުޅެން ބޭނުން ކަމަށާއި، އެމްޑީޕީގެ ގައުމީ މަޖުލީހުގެ 50 އިންސައްތަ ވޯޓް ލިބިލައްވައިފިނަމަ، އަލުން ގުޅުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. އަލުން ރައީސް ނަޝީދު އެމްޑީޕީއާއި ގުޅުމަށް ނޭދޭ ކަމަށް ޕާޓިގެ އިސްސަފުގައި ތިއްބަވާ ފަރާތްތައް ދަނީ ބުނަމުންނެވެ.

ހަމައެއާއެކު ރައީސް ސޯލިހުވެސް ވިދާޅުވީ ގައުމީ މަޖުލީހުގެ 50 އިންސައްތަ ވޯޓް ލިބިގެން އެމްޑީޕީއާއި ގުޅުމަކީ އެމްޑީޕީ ދަންނަ ކަމެއްނޫން ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމަކަށް ތާއިދު ނުކުރައްވާ ކަމަށާއި، ރާއްޖޭގައި އޮންނަން ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމެއް ކަމަށް ވެސް ރައީސް ސާލިޙާއި ފައްޔާޒް ވެސް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: