ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާނީގެ ޖަނާޒާގައި ބައިވެރިވުން އިސްލާމްދީނުގެ އުސޫލުތަކާއި ޚިލާފެއް ނޫން: ނަޝީދު

ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އިނގިރޭސިވިލާތުގެ ރާނީ، އެލިޒެބަތްގެ ޖަނާޒާގައި ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު  ބައިވެރިވެ ވަޑާއިގަތުމަކީ އިސްލާމް ދީނާ ޚިލާފްކަމެއްކަމަށް ގަބޫލު ނުކުރައްވާކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިސްލާމީ ފަތުވާ މަޖިލިސް އެކުލަވައިލުން އަވަސްކުރުމަށް އެދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައަށް ބަހުސްކުރައްވަމުން ނައިފަރު ދާއިރާގެ މެންބަރު ޝިޔާމް ވަނީ ރައީސުލް ޖުމްހޫރިއްޔާ ޤާނޫނާ ޚިލާފަށް، ފަތުވާ މަޖިލިސް ވުޖޫދު ނުކުރައްވައި ކުރިއަށް ވަޑައިގަތުން ހުއްޓާލުމަށްފަހު މިހާރުން މިހާރަށް ފަތުވާ ދޭ މަޖިލީސް އެކުލަވައިލުމަަށް ގޮވާލާފަ އެވެ. އަދި އެލިޒަބަތުގެ ޖަނާޒާގައި ބައިވެރިވެ، އެ މީހުންގެ އަޅުކަމުގައި ރައީސް ބައިވެރިވިކަމަށް ޝިޔާމް ވިދާޅުވުމުން އެ ވާހަކައަށް ހުރަސް އަޅުއްވައި ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވިދާޅުވީ ދައުލެއްގެ ވެރިއެއްގެ ޖަނާޒާއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުން އެއީ އިސްލާމް ދީނާއި ހިލާފު އަމަލެއް ނޫން ކަމަށެވެ.

”ދައުލަތެއްގެ ވެރިއެއްގެ ޖަނާޒާއަށް ދިވެހި ދައުލަތުގެ ވެރިޔާ، ވަޑައިގެންނެވުން އެއީ ދިވެހިރާއްޖޭގައި އިސްލާޟްދީނާ ޚިލާފްކަމެއްގެ ގޮތުގައި ބަލައިގަނެވޭ ކަމަށްތޯ؟ އަޅުގަނޑަށް އެއްވެސް އިރެއްގައި އެއްވެސް ޤާނޫނަކުން، އެއްވެސް އާދައަކުންވެސް އެއްވެސް ސަޤާފަތަކުންވެސް ފާހަގަވެފައި އޮތްކަމެއްނޫން އެއީ.” ނަޝީދު

ދައުލަތުން ބޮޑު ހަރަދެއް ކުރުމަށް ފަހު، ރައީސް އިނގިރޭސިވިލާތަށް ވަޑައިގަތުމުން އެކަމަށް ވެސް ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ. އަދި ޖަނާޒާގައި ބައިވެރިވުމާއި ގުޅުވައި ދީނީ އިލްމުވެރިންގެ މެދުގައި ހިޔާލުތަފާތުވުންތައް ވަނީ އުފެދިފަ އެވެ. ބައެއް ބޭފުޅުން ވިދާޅުވާ ގޮތުން އަޅުކަމެއްގައި ބައިވެރި ނުވާހާ ހިނދެއްގައި އެއީ މައްސަލައެއް ނޫނެވެ. ނަމަވެސް ބައެއް އިލްމުވެރިން ވަނީ މުސްލިމު ނޫން މީހެއްގެ ޖަނާޒާއެއްގައި އެއްވެސް ގޮތަކަށް ބައިވެރި ނުވެވޭނެކަމަށް ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: