ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަޅުގަނޑު ވަކި ނުކުރެވޭނެ: ރައީސް ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުން ވަކި ނުކުރެވޭނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް ކަމުން ވަކި ނުކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވީ، ނައިބު ރައީސް އީވާ ވަކިކުރުމަށް ޕީޖީ ގްރޫޕުން މަޖިލީހަށް ހުށަހެޅުމާ ގުޅިގެންނެވެ.

އެމްޑީޕީގެ 49 މެމްބަރަކާއި އަމިއްލަ މެމްބަރަކު ސޮއިކޮށް އީވާ މަގާމުން ވަކި ކުރުމަށް މިއަދު މަޖިލީހަށް ހުށަހެޅުމުން އެމްޑީޕީ ޕީޖީ ޕްރޫޕްގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕް ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އެގޮތުން އެ ގްރޫޕްގައި ހުޅުމާލެ ދާއިރާގެ މެމްބަރު އަދި ރައީސް ސާލިހްގެ ކޮއްކޯފުޅު އަލީ ނިޔާޒް އަށް ނިސްބަތްކޮށް ރައީސް ނަޝީދު ވިދާޅުވެފައިވަނީ ހަ މެމްބަރުން ވެގެން ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ބިރުދައްކައިގެން ކަންކަން ކުރަމުންދާ ކަމަށެވެ.

ރައީސް ނަޝީދުގެ ވާހަކަތަކަށް ރައްދު ދެއްވައި ނިޔާޒް ވިދާޅުވީ އޭނާއަށް އެއްވެސް މީހަކަށް ބިރު ނުދެއްކޭނެ ކަން ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި އޭނާ އަކީ މެޖޯރިޓީއަށް ތަބާވާ ޑިމޮކްރަޓެއް ކަމަށް ވިދާޅުވިއެވެ. ނިޔާޒްގެ އެވާހަކަ ތަކާއި މެދު ނުރުހުންވެ ހުރެ ރައީސް ނަޝީދު ދެން ވިދާޅުވީ ރައީސް ސާލިހަށް ވެރިކަން ގެއްލުމުން ނިޔާޒް އާއި އެންމެ ކައިރީގައި އެމަނިކުފާނު ހުންނަވާނެ ކަމަށެވެ.

ނިޔާ އަޅުގަނޑަށް މިފެނުނީ  ތިޔަ ދެބެންއިންގެ ދަށުވެ ވަރަށް ބޮޑަށް ވީތަން. އެކަމު ނިޔާ. ރައީސް ކަން ގެއްލުނީމަ އަޅުގަނޑު ހުންނާނީ އެންމެ ކައިރީގައި.

ރައީސް ނަޝީދު އެހެން ވިދާޅުވުމުން ގްރޫޕްތެރެ އިތުރަށް ހޫނުވެ އެމަނިކުފާނު މޮޔަފުޅުވެފައިވާ ކަމަށް ބައެއް މެމްބަރުން ވިދާޅުވެފައިވެއެވެ. އަދި މަޖިލިސް ރައީސްކަމުން ދުރުކުރުމަށް ބައެއް މެމްބަރުން ފާޅުގައި ގޮވާލެއްވިއެވެ.

ބިގޭ، ނިޔާ، އަސްލަމް، ވަރަށް ވިސްނަވާތި، އީވާ ބޭރުކުރުން ނޫން ގޮތަކަށް ދީލާލައިފިނަމަ، އެއްވެސް ކަމެއްގަ އެއްބާރުލުން ދިނުން ނިމުނީ، ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހްމަދު

ބައެއް މެމްބަރުންގެ ދަށުވެފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި މެސެޖަށް ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ރައްދު ދެއްވައި ވިދާޅުވީ މީގެ ކުރިން އެންމެ މީހެއްގެ ދަށުވީ ކަމަށާއި ނަމަވެސް މިހާރު ގިނަ ބަޔަކާ އެއްބައިވެ ރަނގަޅު ގޮތް ހިޔާރުކޮށްފައިވާ ކަމަށެވެ.

މެމްބަރުން ނުރުހުން ފާޅު ކުރަމުން ދިޔަ ވަގުތުގައިވެސް ނިޔާޒް ވަނީ އޭނާ ރައީސް ނަޝީދަށް އިހްތިރާމް ކުރާކަމަށް ވިދާޅުވެފައެވެ.

އެކަމަކު ޕާޓީ ދޫކޮށްލާ ހިސާބުން އިތުރު ޗޮއިސް އެއް ނޯންނާނެ އަޅުގަނޑަކަށްވެސް : އަލީ ނިޔާޒް

ނިޔާޒް ވަނީ  ނަޝީދު އެމްޑީޕީ ދޫކޮށްފިނަމަ އޭނާއަށް ދެން ހަދާނެ އިތުރު ގޮތެއް ނޯންނާނެ ކަމަށް ވިދާޅުވެފައެވެ.

މެމްބަރުން ގެންދިޔައީ ގްރޫޕްތެރެ ހޫނުކޮށް ރައީސް ނަޝީދު ބޭރުކުރުމަށް ގޮވާލަމުންނެވެ.

މީނާ ބޭރުކުރުން އަވަސްކުރަން ފެނޭ . އަހަރެން ޕީޖީއަށް ހުށަހަޅާނަން.  މުޣްނީ

ނަޝީދު މުޅި ގައުމު ފިތުނަކޮށްފި ކަމަށް ވިދާޅުވެ އެމަނިކުފާނު ރައީސް ކަމުން ވަކިކުރުމަށް ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕީޖީ ގްރޫޕްގެ ޗީފް ވިޕް އަބްދުލް މުޣްނީ ވިދާޅުވިއެވެ.

މެމްބަރުންގެ ވާހަކަ ތަކަށް ރައީސް ނަޝީދު ހޫނު  ރައްދެއް ދެއްވައި ވިދާޅުވީ އެމަނިކުފާނު ވަކި ނުކުރެވޭނެ ކަމަށެވެ.

ރައީސް ނަޝީދު ވަކި ނުކުރެވޭނެ ކަމަށް ވިދާޅުވުމުން، ގްރޫޕްތެރެ ހޫނުވެ މެމްބަރުން ވިދާޅުވީ އެމަނިކުފާނު ވިޔަސް މަޖިލިސް ރައީސް ކަމުން   ވަކި ކުރެވޭނެ ކަމަށެވެ.

އެމްޑީޕީ އެމްޕީސް، ތިޔަ ތަނަކަށްލީ ވެސް، އެމްޕީސް ބޭނުމިއްޔާ ބޭރުކުރެވޭނެ. ރަނގަޅު ވަގުތުގަ އެކަން ކުރާނެ. މުޣުނީ

ނަޝީދު ދެކޮޅު ހެއްދެވި ނަމަވެސް އީވާ ނައިބު ރައީސް ކަމުން ވަކިކުރަން ޕީޖީ ގްރޫޕުން ނިންމައި ސޮއި ކޮށްފައިވާ ކަމަށް ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހްމަދު ވިދާޅުވިއެވެ. އަދި އޭނާ ވިދާޅުވީ ނައިބު ރައީސް އަކަށް އިންނަވަން ޖެހޭނީ އެމްޑީޕީގެ މެމްބަރެއް ކަމަށެވެ.

އެމްޑީޕީން އީވާ ހިމެނޭހެން 12 މެމްބަރުން ވަނީ ވަކިވެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: