ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ 18 އެމްޕީއަކު ރައީސް ނަޝީދާއި އީވާގެ އިތުބާރުނެތްކަމުގެ މައްސަލާގައި ސޮއިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރުނެތްކަމުގެ މައްސަލާގައި އެމްޑީޕީގެ 18 މަޖިލިސް މެންބަރަކު ސޮއިކޮށްފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ނަން  ނުޖެހުމަށް އެދި ”ސަންގު”އާ ވާހަކަ ދައްކަވަމުން އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސްމެންބަރަކު ވިދާޅުވީ ރައީސް ނަޝީދާއި އީވާގެ އިތުބާރުނެތްކަމަށް މަޖިލީހަށް ހުށަހެޅުމަށް ހަމަޖެހިފައިވާ ލިޔުމުގައި 18 މެންބަރަކު މިހާރު ސޮއިކޮށްފައިވާކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ސޮއިކުރަން ބޭނުންވާ މެންބަރުން އަދިވެސް ތިބި ނަމަވެސް ސޮއިނުކުރެވި ލަސްތަކެއްވަނީ އެ މެންބަރުން މި ވަގުތު މާލޭގައި ނެތީމައެވެ. ނުވަތަ ޗުއްޓީގައި ވާތީއެވެ.

”ރައީސް ނަޝީދާއި އީވާގެ އިތުބާރުނެތްކަމުގެ މައްސަލާގައި 18 މެންބަރަކު ސޮއިކޮށްފި މިހާރު. އަދިވެސް އިތުރު މެންބަރުން ސޮއިކުރާނެ. މިވަގުތު ސޮއިނުކުރެވިގެން އެއުޅެނީ އަސްލު ގިނަ މެންބަރުން މިވަގުތު މާލޭގައި ނެތް. ރާއްޖޭން ބޭރުގައިވެސް މެންބަރުން އެބަތިބި. ޗުއްޓީގައިވެސް ބައެއް މެންބަރުން އެބަތިބި.” އެ މެންބަރު ކިޔައިދިނެވެ.

އެމްޑީޕީގެ ރައީސްގެ މަގާމުގެ އިތުރުން ރައްޔިތުން މަޖިލީހުގެ ރައީސްކަމުގެ މަޤާމުގައިވެސް ހުންނެވި ނަޝީދު މަޖިލިސް ރައީސްކަމުން ވަކި ކުރުމަށް ޕެޓިޝަނެއްގައި ސޮއި ކުރަން ފަށާފައި ވަނީ އެއް ޖިންސުން ގުޅުން ހިންގި މައްސަލާގައި ހައްޔަރު ކުރި އެމަނިކުފާނުގެ ކޮއްކޯފުޅު ނާޒިމް ސައްތާރުގެ ދިފާއުގައި ނުކުންނަވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރަށް ފާޑުވިދާޅުވާން ފެއްޓެވެމުންނެވެ.

ރައީސް ނަޝީދާއި  އީވާ އަބްދުﷲ އެ މަގާމުން ވަކި ކުރުމަށް ގޮވާލައި ސޮއިކުރަން ފަށައިފައިވާ އޮންލައިން ޕެޓިޝަންގައި މިހާތަނަށް 1500 މީހުންަނީސޮއިކޮށްފިއެވެ.

ވަރަށް ގަދަ
73%ވަރަށް ގަދަ 12%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 3%ހައިރާންވެއްޖެ 6%ވަރަށް ދެރަ 6%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: