ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްނެސްޓީ އިންޓަރނޭޝަނަލްއިން ޔޫކްރެއިންގެ ހަނގުރާމައިގެ އުކުޅުތައް ކުށްވެރިކޮށްފި

ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ތެރެއިން ޔޫކްރެއިންގެ ރައީސް ޒެލެންސްކީ: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރަޝިޔާ- ޔޫކްރެއިން ހަނގުރާމައިގައި، ޔޫކްރެއިން އިން ބޭނުންކުރަމުންދާ އުކުޅު ތަކުގެ ސަބަބުން، އެ ގައުމުގެ އާންމު ރައްޔިތުނަށް ގެއްލުންތައް ލިބިގެންދިއުމުގެ ފުރުސަތުތައް އިތުރަށް ފަހިވާކަމަށް އެމްނެސްޓީ އިންޓަނޭޝަނަލްއިން ބުނެފިއެވެ.

އިންސާނީ ހައްގުތަކަަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއްކަމަށްވާ އެމްނެސްޓީ އިންޓަރނޭޝަނަލްއިން ނެރިފައިވާ ރިޕޯޓެއްގައި ބުނެފައިވާގޮތުން، ޔޫކްރެއިންގެ ސިފައިން އެގައުމުގެ ހޮސްޕިޓަލާއި، ސުކޫލުތައް ހުންނަ ސަރަހައްދުތައް ބޭނުން ކުރުން އަދި އާންމުން ދިރިއުޅޭ ސަރަހައްދުތަކުން ރަޝިއާއާއި ދެކޮޅަށް، ހަމަލާތައް ދިނުން ފަދަ އަމަލުތައް ހިންގުމުގެ ސަބަބުން، އާންމު ރައްޔިތުންނަށް ހަނގުރާމައިގެ އަސަރުތައް ކުރާލެއް ބޮޑުވެގެންދާކަމަށެވެ.

ޔޫކްރެއިންގެ ސިފައިން، ރަޝިޔާ- ޔޫކްރެއިން ހަނގުރާމައިގައި ބޭނުންކުރަމުންދާ ބައެއް އުކުޅުތައް ކުށްވެރިކޮށް، އެމްނެސްޓީ އިންޓަރނޭޝަނަލްއިން ނެރިފައިވާ ރިޕޯޓުގައި ބުނެފައިވާގޮތުން، އާންމު ރައްޔިތުނަށް ކުރިމަތިވެފައިވާ ގެއްލުންތައް އިތުރުވެދާނެފަދަ އުކުޅުތަކެއް ބޭނުންކުރުމަކީ، ބައިނަލްއަގުވާމީ އިންސާނީ ހައްގުތައް ހިމާޔަތްކުރާ ގާނޫނުތަކާއި ހިލާފުވާ އަމަލުތަކެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން އާންމު ރައްޔިތުންގެ މުދާތައްވެސް ހަމަލާތައް އަމާޒުވެގެންދިއުމުގެ ފުރުސަތު އިތުރުވެގެންދާކަމަށް އެމްނެސްޓީން ބުނެފައިވެއެވެ.

ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގައި، ޔޫކްރެއިން އިން ބޭނުންކުރަމުންދާ އުކުޅުތަކުގެ ސަބަބުން، ރަޝިޔާގެ ހަމަލާތައް ޔޫކްރެއިންގެ އާންމު ރައްޔިތުންނަށް އަމާޒުވެ، އެތައް ބަޔަކު މަރުވެ، މުދަލަށާއި، ތަންތަނަށް ގެއްލުންތައް ލިބިފައިވާކަމަށް ފާހަގަކޮށް، އެމްނެސްޓީއިން ނެރިފައިވާ ރިޕޯޓުގައި ބުނެފައިވަނީ، އެ ޖަމިއްޔާއިން ކޮށްފައިވާ ދިރާސާއަކުން، ޔޫކްރެއިންގެ ސިފައިން ހަނގުރާމައިގެ އުސޫލުތަކާއި ހިލާފުވެ، އާންމު ރައްޔިތުން ބިރުވެރިކަމުގެ ތެރެއަށް ވައްޓާލަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.

އެމްނެސްޓީ އިންޓަރނޭޝަނަލްގެ ދިރާސާއަކުން، ޔޫކްރެއިންގެ ސިފައިން ހަނގުރާމައިގެ އުސޫލުތަކާއި، ހިލާފުވެ ރައްޔިތުން ބިރުވެރިކަމުގެ ތެރެއަށް ހުށައަޅަމުންދާކަން ފާހަގަކުރެވިފައިވާކަމަށް އިޝާރާތްކޮށް، އެ ޖަމިއްޔާގެ ރިޕޯޓުގައި ބުނެފައިވަނީ، ރަޝިޔާގެ ފަރާތުން ގައުމު ދިފާއު ކުރަމުންދިޔަ ނަމަވެސް، ބައިނަލްއަގުވާމީ އިންސާނީ ހައްގުތައް ހިމާޔަތްކުރާ ގާނުނުތަކާއި، ހިލާފުވުމުގެ ފުރުސަތު ޔޫކްރެއިންނަށް ނޯންނާނެކަމަށެވެ.

ޔޫކްރެއިން- ރަޝިއާ ހަނގުރާމައިގައި، ރަޝިއާއިންވެސް ހަނގުރާމައިގެ އުސޫލުތަކާއި ހިލާފުވާ އަމަލުތައް ހިންގާފައިވާކަމަށް ފާހަގަކުރެވިފައިވާކަމަށް ބާޔަންކޮށް، އެމްނެސްޓީއިން ނެރިފައިވާ ރިޕޯޓުގައި ބުނެފައިވާގޮތުން، ޔޫކްރެއިންގެ ސިފައިން ރަޝިއާއަށް ހަމަލާތަކެއް ދިނުމަށް ބޭނުންކުރަމުންދިއަ ގިނަ ގިނަ ސަރަހައްދުތަކެއް ހުރީ، ހަނގުރާމައިގެ މައިދާނަށް އެތައް ކިލޯމީޓަރެއް ދުރުގައިކަމަށެވެ.

އެމްނެސްޓީއިން ބުނެފައިވާގޮތުން، ޔޫކްރެއިންގެ ސިފައިންނަށް، އެ ގައުމުގެ ރައްޔިތުން ބިރުވެރިކަމުގެ ތެރެއަށް ހުށައެޅުމުގެ ބަދަލުގައި، ބޭނުން ކުރެވިދާނެ އުކުޅުތައް ހުރިކަމަށެވެ. އެގޮތުން އާންމުން ދިރިއުޅޭ ސަރަހައްދުތަކުގެ ބަދަލުގައި، ބޯ ޖަންގަލިތަކާއި، ރައްޔިތުންނާއި ދުރު ސަރަހައްދުތައް ބޭނުން ކުރެވިދާނެކަމަށްވެސް ބުނެފައިވެއެވެ. އަދި ޔޫކްރެއިންގެ ސިފައިން އާންމުން ދިރިއުޅޭ ސަރަހައްދުތައް ބޭނުން ކުރި އިރު، އެ ސަރަހައްދުތައް ހުސްކުރުމަށް އަންގާފައިވާކަން ނުވަތަ ނޫންކަންވެސް ސާފުވެފައިނުވާކަމަށް އިޝާރާތްކޮށް އެމްނެސްޓީއިން ބުނެފައިވަނީ، އެހެން ނަމަވެސް ޔޫކްރެއިންއިންވަނީ ހަނގުރާމައިގެ ތެރޭގައި އާންމުންގެ ރައްކައުތެރިކަން ކަށަވަރުކުރަން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފެއިލްވެފައިކަމަށެވެ.

މީގެ އިތުރުން އެމްނެސްޓީ އިންޓަރނޭޝަނަލްއިންވަނީ ރަޝިއާގެ ބައެއް އަމަލުތަކާއިމެދުވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ބައިނަލްއަގުވާމީ ގޮތުން މަނާ ކުރެވިފައިވާ ބައެއް ހަތިޔާރުތައް ރަޝިއާއިން ބޭނުންކޮށްފައިވާކަން އެ ޖަމިއްޔާއަށް ފާހަގަކުރެވިފައިވާކަމަށް އެމްނެސްޓީއިން ބުނެފައިވެއެވެ. އޭގެ ތެރޭގައި ބޮޑެތި ސަރަހައްދުތަކަށް އެއްފަހަރާ ގެއްލުންތަކެއް ދެވޭނެފަދަ ގޮވާ ޒާތުގެ ހަތިޔާރުތައް ހިމެނޭކަމަށާއި، އަމާޒުކަން ކުޑަ، ބައެއް ހަތިޔާރު ބޭނުންކޮށްފައިވާކަމަށްވެސް ބުނެފައިވެއެވެ.

ރަޝީޔާއިން ބޭނުންކުރަމުންދާ ބައެއް ހަތިޔާރުތައް ބައިނަލްއަގުވާމީ ހަނގުރާމައިގެ އުސޫލުތަކާއި ހިލާފުވާކަމަށް ފާހަގަކޮށް އެމްނެސްޓީން ބުނެފައިވަނީ، ޔޫކްރެއިންއިން ބޭނުން ކުރާ އުކުޅުތަކުގެ ސަަބަބުން ރައްޔިތުން ހަނގުރާމައިގެ ތެރެއަށް ހުށައެޅިގެންދިޔަ ނަމަވެސް، ރަޝިޔާއިން ވަކި ބަޔަކުތޯ ބެލުމެއް ނެތި، ދެމުންދާ ހަމަލާތައް ހައްގު ނުވާކަމަށެވެ. އަދި ކޮންމެ ހާލަތެއްގައިވެސް އަސްކަރީ އަދި އަންމުންގެ ތަކެއްޗާއި ތަފާތުކުރެވެންވާނެކަމަށްވެސް އެމްނެސްޓީއިން ބުނެފައިވެއެވެ.

ވަރަށް ގަދަ
29%ވަރަށް ގަދަ 6%ވަރަށް ގަޔާވޭ 41%ބޮޑު ޖޯކެއް 12%ހައިރާންވެއްޖެ 12%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: