ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޞީބާތާއި ތަކްލީފުގެ ވަގުތުގައި އެހެން މީހުންނަށް އެހީތެރިވެ، ހަމްދަރުދީ ވާންޖެހޭ: ޚުތުބާ

މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ހުކުރު ނަމާދުކުރުން ހުއްޓާލިތާ ތިން މަސް ފަހުން ހުކުރު ނަމާދު ކުރަން ފެށުން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މުޞީބާތާއި ތަކްލީފުގެ ވަގުތުގައި އެހެންމީހުންނަށް އެހީތެރިވެ، ހަމްދަރުދީވުމަށް މިއަދުގެ ޚުތުބާގައި ގޮވާލައިފިއެވެ.

”އިސްލާމީ އަޚްވަންތަކަން” މި މއުޟޫއަށް މިއަދުގެ ޚުތުބާގައި  އަލި އަޅުވާލާފާވާއިރު، ޚުތުބާގައިވަނީ މާތްﷲ ސުބުހާނަހޫ ވަތަޢާލާ އިންސާނުން އުފައްދަވާފައިވަނީ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގަޔާއި އެކަކު އަނެއްކަކުގެ އެހީތެރިކަމަށް ބޭނުންވާނެގޮތަށް ކަމަށާއި، އެހެންކަމުން މުޞީބާތާއި ތަކުލީފުގެ ވަގުތުގައި އެހެންމީހުންނަށް އެހީތެރިވެ، ހަމްދަރުދީ ވުމަކީ ވާޖިބެއްކަމަށް ޚުތުބާގައިވެއެވެ. އަދި އަޚްވަންތަކަމަކީ އީމާންތެރިކަން ފުރިހަމަވުމުގެ ރަމްޒެއްގެ ގޮތުގައި ޚުތުބާގައި ސިފަކުރައްވާފައިވެއެވެ.

މީގެ އިތުރުން، މާތްﷲ އިންސާނުން އުފައްދަވާފައިވަނީ އެކަކު އަނެއްކަކަށް އެހީތެރިވެ، އިޖުތިމާޢީ ދިރިއުޅުމެއް އުޅޭބައެއްގެ ގޮތުގައި ކަމަށާއި ، މުއުމިނުންނަކީ އެއް ފޭރާމެއްގެ ރޮދިތަކެއް ފަދައިން ގުޅި ލާމެހިފައިވާ ބައެއްގެ ގޮތުގައި ޚުތުބާގައި ސިފަކުރެއްވިއެވެ.

“އެއް މުއުމިނަކިު އަނެއް މުއުމިނަކާ(ދެމެދުގައިވާ ގުޅުމުގެ މިސާލަކީ)ބިނާއެއްގެ މިސާލެވެ. އެ ބިނާގހެ އެއް ގައުގަނޑު އަނެއް ގައުހގަނޑަށް ގަދަކަން ދެއެވެ.”

ހަމަ އެހެންމެ މުއުމިނުންގެ ސިފަތަކަށް ޚުތުބާގައިވަނީ އަލިއަޅުވާލައިފައެވެ.

“މުއުމިނުން އެއްބަޔަކު އަނެއްބަޔަކަށް ލޯބިވުމުގަޔާއި ރަހުމުކުރުމުގަޔާއި، އޯގާތެރިވުމުގައި އެމީހުންގެ މިސާލަކީ އެއް ހަށީގަނޑެއްގެ މިސާލެވެ. އެ ހަށިގަނޑުން ގުންވަނެއްގައި ވޭން އަޅާފިނަމަ، ހޭލާ ހުރުމުންނާއި، ހުންއައުމުން މޖުޅި ހަށިގަނޑުގެ އެއްމެހާ ގުނަވަންތައް އެ ގުނަވަނާ ބައިވެރިވެއެވެ،”

މީގެ އިތުރުން ދުނިޔޭގެ އެކިމކަންކޮޅުތަކުގައި ނިކަމެތި ހާޚުގައި ޖެހިފައިވާ އުޚުތުން މަތިން ހަނދުމަކޮށް އެމީހުންނަށް ދުޢާ ދެންނެވުމަށް ޚުތުބާގައި ގޮވާލިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: