ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޚިޔާލު ތަފާތުވާ ކޮންމެ މީހަކު ކާފަރުކޮށްގެން ނުވާނެ: ޚުތުބާ

މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ހުކުރު ނަމާދުކުރުން ހުއްޓާލިތާ ތިން މަސް ފަހުން ހުކުރު ނަމާދު ކުރަން ފެށުން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަހަރެމެންނާ ޚިޔާލު ތަފާތުވާ ކޮންމެ މީހަކު ކާފަރުނުކުރުމަށް މިއަދުގެ ޚުތުބާގައި ގޮވާލައިފިއެވެ.

”ދެބަސްވުމުގެ އަދަބުތައް” މި މައުޟޫއަށް މިއަދުގެ ޚުތުބާގައި އަލިއަޅުވާލާފައިވާއިރު، ޚުތުބާގައިވަނީ ﷲ ސުބުހާނަހޫ ވަތަޢާލާ އެކަލާންގެ ޚަލްޤުކުރެއްވި ހުރިހާ މަޚްލޫގުން އުފައްދަވާފައިވަނީ، ތަފާތުކޮށް ކަމަށެވެ. އެގޮތުން، ވިސްނުމާއި، ފިކުރާ، ޚިޔާލާއި، އުއްމީދުތަކާއި ބޭނުންތަކުގައި ތަފާތުކޮށް ކަމަށާއި ދިރިއުޅުމުގެ ފެނަވަރާއި ޖިސްމާނީ ބާރުވެރިކަމާއި ވިސްނުމުގެ ފެންވަރުވެސް ތަފާތުކޮށް ކަމަށެވެ. އަދި ބަސްމޮށުންތެރިކަމާއި އުފެއްދުނތެރިކަމުގައިވެސް ދެ މީހަކު އެއްގޮތް ވެގެން ނުވާކަމަށެވެ.

ޚިޔާލު ތަފާތުވުންތައްވެސް އުފެދޭނެކަމަށް ބަޔާންކުރަމުން ޚުތުބާގައިވަނީ އެފަދަ ޚިޔާލުތަފާތުވުންތައް އައި ނަމަވެސް، އެ ޚިޔާލުތަފާތުވުންތަކުގައި ވާޙަކަދައްކާއިރުވެސް ވާޙަކަދެއްކުމުގެ އަދަބުތަކުގައި ހިފެހެއްޓުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. އެގޮތުން ވާޙަކަދެއްކުމުގައި އެކަކު އަނެއްކަކުގެ އަބުރު ކަތިލައިގެން ނުވާނެކަމަށާއި އެކަކު އަނެއްކަކުގެ އިއްޒަތާއި ކަރާމާތައް އަރައިގަނެގެން ނުވާނެކަމަށް ޚުތުބާގައި ވެއެވެ.

މީގެ އިތުރުން ޚިޔާލުތަފާތުވުންތަކުގައިވެސް، އަހަރެމެން މުސްލިމުން ޖަދަލުކުރަންވާނީ، މާތް ﷲ ގެ ވަޖްޙަފުޅޚަށްޓަކައި ހައްޤަށް ވާސިލްވުމަށްޓަކައެވެ. އެހެންކަމުން، ކަމެއްގައި ދެކޭ ގޮތް ތަފާތުވިއަސް އަހަރެމެންގެ މެދުގައި އޮތް ގުޅުންތަކަށް ހީނަރުކަމެއް އައިސްގެންނުވާނެކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

”އެހެންވީމާ، އަޅުގަނޑުމެންގެ އެކުވެރިންނާއި، މުވައްޒަފުންނާއި، ގާތްތިމާގެ މީހުންނާއި ވާޙަކަދައްކާއިރު، ނުވަތަ މައްސަލައަކާއި ބެހޭގޮތުން ބަހުސްކުރާއިރު، ޚިޔާލު ތަފާތުވާ ކޮންމެ މީހަކު ކާފަރުކޮށްގެން ނުވާނެއެވެ. އަހަރެމެންނާ ދެބަސްވާ ކޮންމެ މީޙަކު މުޖުރިމަކަށް ހަދައިގެން ނުވާނެއެވެ. ”ޚުތުބާގައި ގޮވާލާފައިވެއެވެ.

އެހެންކަމުން، މި ނުބައި އަމަލުން ދުރުހެލިވެ، ވާހަކަދެއްކުމުގައި އަބަދުވެސް އަދަބުތަކުގައި ހިފަހައްޓާ ރިވެތި ގޮތުގައި ޖަދަލުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: