ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދުގެ ޚުތުބާ: ރިޝްވަތު އާންމުވެއްޖެނަމަ އެގައުމެއްގައި ބިރުވެރިކަމާއި ކަންބޮޑުވުން އާންމުނުވެ ނުދާނެ!

ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމެއްގައި ރިޝްވަތު އާންމުވެއްޖެނަމަ، އެގައުމެއްގައި ބިރުވެރިކަމާއި ކަންބޮޑުވުން އާންމުނުވެ ނުދާނެކަމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައްވައިފިއެވެ.

ރިޝްވަތަކީ ގައުމުގެ ތަރައްގީއަށް އޮތް ނުރައްކަލެއް މިމައުޟޫއަށް މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުއްވާލައްވާފައިވާއިރު، ހުތުބާގައިވަނީ ރިޝްވަތުގެ ސަބަބުން ވަގުތީ ހައްލެއް ނުވަތަ ވަގުތީ އުފަލެއް ލިބުނު ލިބުނު ނަމަވެސް، ރިޝްވަތު ދޭ މީހުންނާއި ރިޗްވަތުގައި ހިފާ މީހުންނާއި ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވާ މީހުން ފަހުން ލިބޭ ގެއްލުމާއި ހަލާކު މާ ބޮޑުކަން ވިސްނާލަންޖެހޭކަމަށް ގޮވާލައްވާފައިވެއެވެ. އަދި އަމިއްލަ ނަފްސާއި އަނބިދަރިން ހަލާކުގެ ތެރެއަށް އެއްލައިލަނީ ތިމާމެންގެ އަމިއްލަ އަތުން ކަމަށާއި ހަރާމްތަކެތި އަނބިދަރިންނަށް ކާން ދިނުމަކީ ތިމާމެންގެ ދަރިން ބަސްނޭހުމާއި ވިޔާނުދާ އަމަލުތައް ކުރުމާއި ބޮޑެތި ޖަރީމާތައް ހިނަގުމަށްމަގުފަހިވާ ކަމެއްކަމަށް ގޮވާލާފައިވެއެވެ.

މިހާރަކަށް އައިސް ޒުވާނުންގެ ތެރެއިން ބައެއް ޒުވާނުން ހިންގަމުންދާ މާރާމާރީ އާއި ބަދުއަޚުލާޤީ ޢަމަލުތަކާއި މި ނޫން ވެސް ތަފާތު ކަންތައްތަކުގެ ސަބަބުން ޤައުމުގެ ޙާލަތު މި ވަނީ ނުރައްކާތެރި ބިރުވެރި ހާލަތަކަށް ގޮސްފައިކަން ފާހަގަކުރައްވައި  މި ކަންކަން ހިނގަން މެދުވެރިވާ ސަބަބަކީ ކޮބައިތޯ ވިސްނައިލަނީ ކިތައް ބެލެނިވެރިންތޯ ސުވާލު އުފައްދަވާފައެވެ. އަދި  އަނބިދަރިންދެކެ ޙަޤީޤީ ލޯބިވާ އެއްވެސް މީހަކު އެފަދަ ކަމެއް ނުކުރާނެކަން ފާހަގަކުރައްވައި ދުނިޔޭގެ ވަގުތީ އުފަލާއި އަރާމު ހޯދުމަށްޓަކައި އެމީހުންވެސް ހަލާކުގެ ތެރެއަށް އެއްލައިލަނީ އެއްވެސް ވިސްނުމެއް ފިކުރެއްނެތިކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

“އަލްއިމާމުލް ބުޚާރީ އާއި، އަލްއިމާމު މުސްލިމު އަބޫ ޙުމައިދު އައްސާޢިދީގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީޘެއްގެ މާނައިގާވެއެވެ. އިބުނު އައްލުތަބިއްޔާ ނަމަކަށް ކިޔާ އަޒުދު ވަންހައިގެ މީހަކު ޒަކާތް ޖަމަޢަ ކުރެއްވުމުގެ ކަންތަކަށް އިސްކުރެއްވުމަށްފަހު ޒަކާތް ނެންގެވުމަށް ފޮނުއްވިއެވެ. އޭނާ އެނބުރި އައުމަށްފަހު ދެންނެވިއެވެ. “މިއީ ތިޔަބައި މީހުންގެ ތަކެއްޗެވެ. ދެން މި ހުރީ އަޅުގަނޑަށް ހަދިޔާއަށް ލިބުނު ތަކެއްޗެވެ. ފަވްޤު ﷲ ތެދުވެވަޑައިގެން މިންވަރަށް އަރާވަޑައިގަތުމަށްފަހު ޙަދީޘްކުރެއްވިއެވެ. ތިމަންކަލޭގެފާނު އެކި ކަންތައްތައް ޙަވާލުކުރައްވައި ފޮނުއްވާ މީހުން މިއީ ތިޔަބައިމީހުންގެ މިއީ ތިޔަބައިމީހުންގެ ތަކެއްޗޭ، ދެން މިހުރީ ތިމަންނައަށް ހަދިޔާއަށް ލިބުނު ތަކެއްޗާ، ބުނަނީ ކީއްވެގެން ހެއްޔެވެ؟ އެ މީހަކު އެ މީހެއްގެ މަންމަގެ ނުވަތަ ބައްޕަގެ ގޭގައި އިންދައި، އެ ހަދިޔާ އާދޭތޯ ނިކަން އިނދެބަލާށެވެ! ތިމަންކަލޭގެފާނުންގެ ނަފުސު އެކަލާނގެ ބާރުގެ ދަށުގައިވާ ކަލާނގެ ގަންދެއްވައި ވިދާޅުވަމެވެ. ތިޔަބައިމީހުންނަށް ލިބޭ ތަކެތި ކޮނޑަށް ލައިގެން ތިބޭ ޙާލު ތިޔަބައިމީހުން ޤިޔާމަތް ދުވަހުން ޙާޟިރުކުރެވޭ ހުއްޓެވެ.” ހުތުބާ

ރިޗްވަތަށް ،ަގުފަހިވާ ސަބަބުތަކަށް އަލިއަޅުއްވާލައްވައި ޙުތުބާގައި ދެކަމެއް ފާހަގަކޮށްފައިވެއެވެ. އެއް ކަމަކީ ރިޒުގު ދެއްވާ ފަރާތަކީ ﷲކަން ގަބޫލުނުކުރެވުން ކަމަށާއި ދެވަނަ ސަބަބަކީ ތިމާއަށް ލިބޭ މިންވަރަށް އީމާން ނުވެވުމާއި ތިމާއަށްވުރެ ތަނަވަސްކަމުގައި އުޅޭ މީހުން އުޅޭ ގޮތަށް އުޅޭ ހިތްވުންކަން ފާހަގަކޮށްފައިވެއެވެ.

މާތް ﷲ ހަރާމްކުރައްވާފައިވާ ގޮތްގޮތުން ފައިސާ އާއި ތަކެތި ހޯދިކަމުގައިވިޔަސް، އޭގައި ބަރަކާތެއް ނުހުންނާނެކަން ޚުތުބާގައި ހަނދާންކޮށްދީފައިވެއެވެ. އަދި މީހަކަށް ލިބޭ އާމްދަނީ މަދުވުމަކީ އެމީހަކު ރިޝްވަުގައި ހިފުމަށް ނުވަތަ ދީނުގައި ހަރާމް ކުރައްވާފައިވާ ކަންކަމަށް އަރައިގަތުމަށް މަޖުބޫރުވާ ކަމެއްނޫންކަންވެސް ޚުތުބާގައި ވަނީ ގޮވާލާފައެވެ. އަދި މާތް ﷲގެ ހެޔޮ މިންވަރަށް އީމާންވެ، އަމަލުތައް އިސްލާހުކޮށް ރިޒުގު ތަނަވަސްކޮށްދެއްވުމަށް އެދި ﷲގެ ހަޟްރަތުގައި ދެންނެވުމަށް ވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: