ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޚުތުބާ: ހަރާމް ތަކެތި ކައިގެން ޖަހާ މަސް ގައިގައި ހުރިހާ ހިނދަކު ދުޢާ އިޖާބަކުރެއްވުމަށް ހުރަސް އެޅޭ!

ޝެއާރކޮށްލާ ކަހަލަދޯ؟

ހަރާމް ތަކެތި ކައިގެން ޖަހާ މަސް ގައިގައި ހުރިހާ ހިނދަކު ދުޢާ އިޖާބަ ނުކުރައްވާނެކަމަށް ޚުތުބާގައި ގޮވާލައިފި އެވެ.

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ “ހަލާލް ގޮތުގައި މުދާ ހޯދުން” މިމައުލޫގެ މައްޗަށެވެ.

ޚުުތުބާގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމަށް ބަލައިލާއިރު، ހަރާމް ތަކެތި އަނބިދަރިންނަށް ފޯރުކޮށްދިނުމަކީ އެމީހުންގެވެސް ހަލާކުކަން ފާހަގަކުރެއްވިއެވެ. އަދި ވައްކަމާއި ނަހަމަގޮތުގައި މުދަލާއި ފައިސާ ހޯދުމަކީ މުޅި ގައުމު ނެތިކޮށްލާ ވަބާތަކުގެ ތެރެއިން އެއް ވަބާ ކަމަށާއި މިއަދު ގައުމުތަކުން މިވަނީ އެވަބާއަށް ވެކްސިނެއް ހޯދުމުގައި ނާކާމިޔާބުވެފައިވާކަން ފާހަގަކޮށްފައިވެއެވެ.

ވައްކަމާއި ނަހަމަ ގޮތްގޮތުން ހޯދާ މުދަލާއި ފައިސާއިން ވަގުތީ އުފަލެއް ލިބުނު ކަމުގައިވިޔަސް އެތަކެތި ވެގެންދާނީ އޭނާއާއި އޭނާގެ އަނބިދަރިންގެ ހަލާކަށްކަމަށް ފާހަގަކޮށްފައިވެއެވެ. އަދި އެފަދަ މުދަލުގައި ﷲ ބަރަކާތް ނުލައްވާނެކަން ހަނދާން ކޮށްދެއްވައި، އެއިން ލިބޭ ވަގުތީ އުފަލަށްވުރެ ގެއްލުން މާބޮޑުވާނެކަން ފާހަގަކުރެއްވިއެވެ.

“މާތް ނަބިއްޔާ ޙަދީޡްކުރައްވާފައިވެއެވެ. “ފާފަވެރިގޮތުގައި މުދަލެއް ހޯދުމަށްފަހު، އެއިން ރަޙިމުގެ ގުޅުން ޤާއިމުކުރިކަމުގައި ވިޔަސް، ނުވަތަ ޞަދަޤާތް ދިންކަމުގައި ވިޔަސް، ނުވަތަ ﷲ ގެމަގުގައި ހޭދަކުރިކަމުގައި ވިޔަސް، އެހުރިހާ މުދަލެއް ޖަމާކުރެވޭހުއްޓެވެ. އެއަށްފަހު އެ މުދަލާއެކު އޭނާ ނަރަކައަށް އެއްލަވާލެވޭހުއްޓެވެ.” ޚުތުބާ

މީގެ އިތުރަށް ޚުތުބާގައި ވަނީ މިފަދަ އަމަލުތައް އިތުރުވެގެންދަނީ އަގީދާ ބަލިކަށި ވަމުންދާތީކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ވައްކަމާއި، ނާޖައިޒު ގޮތުގައި މުދާ ހޯދުމުގެ ވަބާ ފެތުރިފައި މިވަނީ އަފުރާދުންގެ މެދުގައި އޮންނަންޖެހޭ ހަގީގީ އަގީދާ ބަލިކަށިވުމާއި ދުނިޔަވީ އެދުންތަކުގެ ޝިކާރައަކަށް އެމީހުން ވުމުގެ ސަބަބުންކަމަށް ބުނެފައިވެއެވެ. އަދި މިއަދު މުދަލާއި ފައިސާގެ ވާދަވެރިކަމުގައި އަދާވާތްތެރިވެ، އެއްވެސް ޖެހިލުމެއްނެތި މީސްމީހުންގެ ފުރާނައަށް ގެއްލުންދޭން ޖެހިލުންނުވާަކން ފާހަގަކޮށްފައިވެއެވެ.

“ކީރިތި ރަސޫލާ ޙަދީޡްކުރައްވާފައިވެއެވެ. “ތިޔަބައިމީހުންގެ މައްޗަށް ފަޤީރުކަން ވެރިވެދާނެކަމާ މެދަކު ތިމަން ކަލޭގެފާނު މިފުޅުގެންވަޑައެއް ނުގަންނަވަމެވެ. ނަމަވެސް ބިރުފުޅުގެން ވަޑައިގަންނަވަނީ، ތިޔަބައިމީހުންގެ ކުރީގައި އުޅުނު މީހުންގެ މައްޗަށް ދުނިޔޭގެ ތަނަވަސްކަން އައި ގޮތަށް، ތިޔަބައިމީހުންގެ މައްޗަށް ވެސް ތަނަވަސްކަން އަތުވެދާނެތީއެވެ. އެއަށްފަހު، އެބައިމީހުން، އެއް ބަޔަކު އަނެއް ބަޔަކަށް އެކަމުގައި ވާދަކޮށް، ހަލާކުވެ ދިޔަ ގޮތަށް، ތިޔަބައިމީހުން ވެސް ހަލާކުވެގެން ހިނގައިދާނެތީއެވެ” ޚުތުބާ

ފައިސާގެ ދަހިވެތިކަމުގައި ރަށްތަކުގައި މީހުން ރަހީނުކޮށް، ސޭޓުންނަށް އަނިޔާކުރާ ޚަބަރުތައް އިވެމުންދާކަން ޚުތުބާގައި ފާހަގަކުރިއެވެ. އަދި އެކިއެކި އުކުޅުތައް ބޭނުންކޮށްގެން، ބޭންކު އެކައުންޓްތަކުގައި ހުންނަ ފައިސާ ވަގަށް ނެގުމާއި، އެކިއެކި ކުންފުނިތަކުން ބޭންކަށް ގެންދެވޭ ފައިސާތަކަށް ފާރަލައި، އެ ފައިސާތައް ޖަހައިގަތުމާއި، ބޭންކުން ފައިސާ ނަގައިގެން ނުކުންނަ އަމިއްލަ ފަރުދުންނާއި، ކުންފުނިތަކާއި، ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންގެ އަތުން އެ ފައިސާ ފޭރިގަތުމާއި، ދައުލަތުގެ އޮފީސްތަކާއި މުއައްސަސާތަކަށް ގަންނަ ތަކެއްޗާއި ކުރެވޭ ބިޑްތަކުން، ކަމާބެހޭ މުވައްޒަފުން، އެކިއެކި ފަރާތްތަކާ ގުޅިގެން، އެކިވަރުވަރުގެ ނާޖާއިޒު ފައިދާ ނެގުން ފަދަ ޖަރީމާތަކަކީ އޭގެ ސަބަބުން އަމިއްލަ ފަރުދުންނަށް ލިބޭ ގެއްލުމުގެ އިތުރުން، ވިޔަފާރި ކުންފުނިތަކާއި ދައުލަތުގެ މުއައްސަސާތަކަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހިފައިވާ ކަންތައްތައްކމަުގައި ބަޔާންކުރިއެވެ.

މީގެ އިތުރުން، ގޯތިގެދޮރަށް ވަދެ، ރުއްގަސްތަކުގައި ހުންނަ ކާށްޓާއި، ކުރުނބާ އާއި ތަރުކާރީ އާއި މޭވާއިން ވައްކަންކުރާ ބައެއް މީސްމީހުން، އެކަން ކުރަނީ، އެއްވެސް ކަހަލަ ޖެހިލުމެއް ނެތި، އެންމެންގެ ލޮލަށް ފެންނަ ފަށުގައިކަންވެސް ފާހަގަކޮށްފައިވެއެވެ. މިކަން ކުރާ މީސްމީހުން މި ތަކެތި ވަގަށް ގެންގޮސް ނުއަގުގައި، ވިއްކާއިރު، ގިނަ މީހުން އެތަކެތި ގަންނަނީ އެއީ ޙަރާމް ގޮތުގައި ހޯދާފައިވާ ތަކެތިކަން އެނގި ތިބޭ ޙާލުގައި ކަމަށާއި އެހެންކަމުން އެ މީހުންނަށް ވެސް އެ ބައިވެރިވެވެނީ އެ ޖަރީމާގައިކަން ޚުތުބާގައި ފާހަގަކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: