ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) އިން މާލޭގައި ފަށާ މިނީ ބަހުގެ ހިދުމަތް ފުރަތަމަ ދެ ހަފްދާ ދޭނީ ހިލޭކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މިނީ ބަހުގެ ހިދުމަތް ދޭން ކަނޑައަޅާފައިވާ ރަށްތަކުގެ ތެރޭގައި މާލެ ސިޓީ އާއި އައްޑޫ ސިޓީ އަދި ފުވައްމުލަކުގެ އިތުރުން ލ. އަތޮޅުގެ ބައެއް ރަށްތައް ހިމެނެއެވެ.
މިނީ ބަހުގެ ހިދުމަތް ތިން އަތޮޅެއްގައި ފަށާފައިވާއިރު މާލޭގައި އެ ހިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
ބަހުގެ ހިދުމަތަކީ ފެންވަރު ރަނގަޅު ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅުވާލުމަށް ސަރުކާރުން ފަށާފައިވާ ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ބައެކެވެ.
މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ހިދުމަތް ހަރާދަނާ ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށް ސަރުކާރުގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކުރެވިގެން ދިޔައީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.

