ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަރުގެ އަދަބު ދިނުމަށް މަޝްވަރާ ކުރާކަމަށް ބުނާ ބުނުމަކީ އެކަމުން ރެކެން ދައްކާ ބަހަނާއެއް: އުމަރު

ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ހައްޤަކާނުލާ މީހުން މަރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ކޮންމެ ސަރުކާރަކުންވެސް މަޝްވަރާކުރަނިއްޔޭ ބުނާބުނުމަކީ އެކަމުން ރެކެން ދައްކާ ބަހަނާއެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.

”ސަންގު”ޓީވީގެ ޚަބަރަށްފަހު ޕްރޮގުރާމްގެ ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ކޮންމެ ސަރުކާރަކުންވެސް އަޑަށް ބާރުލާފައި މަރެއްގެ ހާދިސާ ހިނގުމާއެކު މަރުގެ އަދަބު ދޭނެކަމަށްބުނެ ވާހަކަދެއްކިނަމަވެސް އަދި އެއްވެސް ވެރިއަކަށް އެކަން ކުރަން ނުކެރޭކަމަށާއި ގިނަ ސަރުކާރު ތަކުން މަރުގެ އަދަބު ދިނުމަށް މަޝްވަރާކުރަނީ ކަމަށް ބުނާ ބުނުމަކީ އޭގެން ރެކެން ދައްކާ ވާހަކައެއް ކަމަށާއި އެ މައްސަލަ ދަންމާލަން، އެ ވާހަކަ ދުރައް ޖައްސާ އެހެންކަމަކަށް މީހުންގެ ޝައުޤުވެރިކަން ދުއްވާލުމަށް ކުރާ ކަމެއްގެ ގޮތުގައި އުމަރު ފާހަގަކުރެއްވިއެވެ.

”އަސްލުގަ ގިން ސަރުކާރު ތަކުން ތިމަންނަމެން މަޝްވަރާކުރަނިއްޔޭ، އެއީ އެކަމުން ރެކެން ދައްކާ ވާހަކައެއް. އެ މައްސަލަ ދަންމާލަން ދައްކާ ވާހަކަ. އެ މައްސަލަ ދުރައްޖައްސާ އެޓެންޝަން އެހެން ކޮޅަކަށް ދޭންވެގެން ދައްކާވާހަކަ.” އުމަރު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި މިހާ ހިސާބަށް ހނގާފައިވާ އެއްވެސް ވެރިކަމެއްގައި މަރުގެ އަދަބު ތަންފީޒުކުރަން ކެރިފައިނުވާކަމަށާއި އެކަން ކުރާނަމޭ ބުނާ ވެރިން އަންނަ ނަމަވެސް އެކަމެއް ކުރާ ހިސާބަށް ދިޔުމުން ނުކެރޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ ކުރިންވެސް ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރެވިފައިނުވާއިރު ، ކުއްލިއަކަށް މަރުގެ އަދަބު ތަންފީޒުކުރުމަށް ގޮވާލާ އަޑުތައް ގަދަވެފައި މިވަނީ އޮގަސްޓު ހަވަނަ ދުވަހުގެ ރޭ އިހާނެތިގިގޮތަކަށް މަރާލާފައިވާ ޏ ފުއަމުލަކު އުމުރުން 22 އަހަރުގެ ޝިއާއު މަރާލާފައި ވަނީ އޭނާގެ ބޮލާއި އަދި އަތްފައި ވަކިކޮށްގެންނެވެ. ހާދިސާ ހިނގަން މެދުވެރިވީ ސަބަބު އަދި ސާފު ނުވާއިރު ރޭ ގަތުލު ހިނގުމުގެ ކުރިން އެ ސަރަހައްދުގައި އުޅޭ މީހުންނަށް ވަނީ އެ ދެ މީހުންގެ ޒުވާބުގެ އަޑު އިވިފަ އެވެ.

މައްސަލައިގައި ޝާހިލް ހައްޔަރު ކުރީ ކުށުގެ ވެށީންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: