ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލަމްގިރިއާއި އެކު އިއުތިރާފްގެ އެއްބަސްވުމެއް ހަދާފައެއް ނުވާނެ: ޕީޖީ

ކޮމިޝަނާރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ގިނަ އަދަދެއްގެ ދިވެހިންނާއެކު އެއްޖިންސުން ގުޅުންހިންގި މައްސަލާގައި ހައްޔަރުކޮށްފައިވާ ބަނގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަލަމްގިރިއާއެކު އިއުތިރާފްގެ އެއްބަަސްވުމެއް ހަދާފައިނުވާނެކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ތަހުގީގަށް އިތުރު ކުރިއެރުންތަކެއް ހޯދުމަށް، އަލަމްގިރިއާއި އެކު އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި އެ ހަބަރުތަކާއި ގުޅިގެން މައްސަލައިގައި ހައްޔަރުކޮށްގައިވާ ނާޒިމް ސައްޔާރުގެ، ބޭބެ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ތުހުމަތު ކުރެވޭ މީހާގެ އިއުތިރާފު ބަޔާނުގެ މައްޗަށް ކުށް ސާބިތު ކުރާނަމަ އަބަދުވެސް ހިލާފުތައް އުފެދޭނެ ކަމަށެވެ. އަދި އަމަލު ކުރަމުން ދާ ގަނޫނު އަސާސީން ގެންނަން އެދުނު އެންމެ ބޮޑު ބަދަލަކީ، އިއުތިރާފުގެ ބަޔާން ނަގަން ނުޖެހުންކަން ފާހަގަ ކުރި އެވެ. އަދި އެންމެ ބޮޑު އިސްކަމެއް ދޭން ވީ، ހެއްކާއި ގަރީނާއިން ކުށް ސާބިތު ކުރުމަށްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަލަމްގިރިއާއި އެކު އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވާލައިފި ނަމަ، އޭނާގެ މައްޗަށް އަންނާނެ ހުކުމް ލުއިވާނެ އެވެ. ދައުލަތުން މިދިޔަ ދުވަސްތަކުގެ ތެރޭގައި ޖިނާއީ ބޮޑެތި އެތަައް މައްސަލައެއްގައި ތުހުމަތު ކުރެވޭ ކުށްވެރިއާއި އެކު އިއުތިރާފުގެ އެއްބަސްވުން އެކުލަވާލާފައި ވެއެވެ. އޭގެ ތެރޭގައި މިދިޔަ އަހަރުގެ މޭއި މަހުގެ ތެރޭގައި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް އައިއީޑީއެއް ގޮއްވާލި ހާދިސާގައި އިސްކޮށް އުޅުނު އަދުހަމް އަހުމަދާއި އެކު އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވާލި އެވެ. އޭގެ އިތުރުން ވެސް ބޮޑެތި މަރުތަކުގެ މައްސަލަތަކުގައި ވެސް އެފަދަ އެއްބަސްވުންތައް އެކުލަވާލާފައިވާކަން ފާހަގަ ކުރެވެ އެވެ.

މީޑިއާތަކުގައި ތަފާތު އެކި ވާހަތައް ދެކެވޭތީ، “ސަންގު” އިން ޕީޖީ ޝަމީމާއި ސުވާލު ކުރުމުން ވިދާޅުވީ އެފަދަ އެއްވެސް އެއްބަސްވުމެއް ހަދާފައި ނުވާނެކަމަށާއި، އެއްބަސްވުމެއް ހެދުމަށް ފުލުހަށް އަންގާފައި ނުވަތަ އެދިފައި ވެސް ނުވާނެ ކަމަށެވެ. ޝަމީމް ވިދާޅުވީ ތަހުގީގު ކުރިޔަށް ދާ މައްސަލައެއްގައި ޕީޖީއަށް އެފަދަ ގޮތަކަށް އަމަލު ނުކުރެވޭނެ ކަމަށެވެ. އަދި ފުލުހުން އެ މައްސަލަ ޕީޖީ އާއި ހަމައަށް ނުފޮނުވަނީސް އެގޮތަށް ނިންމާނީ ކިހިނެއް ތޯ ސުވާލު ކުރެއްވި އެވެ.

”އެފަދަ އެއްބަސްވުމެއް ހަދާފައި ނުވާނެ… އެއީ ތަހުގީގު ދާ މައްސަލައެއް… އަދި ފުރިހަމަ ވެސް ނުވޭ.. އެހެންވީމަ ނުނިމޭ މައްސަލައެއްގައި ޕީޖީން ކިހިނެއްތޯ އިއުތިރާފްގެ އެއްބަސްވުމެއް ހަދާނީ” ޝަމީމް

އިއުތިރާފު އެއްބަސްވުން ހަދަނީ ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ 104 ވަނަ މާއްދާގެ ދަށުން ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހާއި އެވެ. މިގޮތަށް އެކުލަވާލާ އެއްބަސްވުމުގެ ދަށުން ޝަރީއަތުގައި ކުށަށް އިއުތިރާފު ވެއްޖެނަމަ، އެ ކުށަށް ކަނޑައަޅާފައިވާ އެންމެ ކުޑަ އަދަބަށްވުރެ ދަށް ނޫން އަދަބެއް ކަނޑައަޅައިދިނުމަށް ދައުލަތަށް ކޯޓުގައި އެދެވޭނެއެވެ.

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި މިހާތަނަށް ހައްޔަރު ކުރީ ހަތަރު މީހެކެވެ. އެއީ ވީޑިއޯތައް ނަގައި އެ މީހުންނަށް ބްލެކްމެއިލް ކުރަމުން ދިޔަ އަލަމްގިރީގެ އޭނާއާއި އެކު ގުޅުން ހިންގަނިކޮށް ވީޑީއޯ ލީކުވީ މީހުންނެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަދި ގާނޫނީ ވަކީލް ނާޒިމް ސައްތާރާއި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އާއި ފުލުހެއް ކަމަށްވާ އަބްދުލްރަހްމާން ރަފީއު އެވެ. އަދި ރާއްޖޭގެ މެއިންސްޓްރީމް މީޑިއާތަކުގައި މަސައްކަތް ކުރި ނޫސްވެރިޔާ އަބްދުﷲ ނަސީރު ހައްޔަރުކޮށްފައި ވަނީ އޭނާ އެހެން މީހަކާއި އެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯ ލީކުވުމުންނެވެ.

މިހާތަނަށް ލިބުނު މައުލޫމާތުތަކުން އެނގޭ ގޮތުގައި އަލަމްގިރިއާއި އެކު ގުޅުން ހިންގި މީހުންގެ އަދަދު 250 އަށް އަރަ އެވެ. އެެހެންވެ މިވަގުތު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ، މުޖްތަމައުގެ ތެރޭގައި ގުޅުން ހިންގުމުގެ ސަބަބުން ޖެހޭ ބައްޔެއް ފެތުރިފައި އޮތުމެވެ. އަދި ކަމާއި އެއްވެސް ގުޅުމެއް ނެތް، އެފަދަ މީހުންގެ އާއިލާގެ މީހުންނަށް ވެސް އޭގެ އަސަރުކޮށްފައި ހުރެދާނެކަން ގިނަ ބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ. ނަމަވެސް އަލަމްގިރީގެ ސިއްހީ އެފަދަ ބައްޔެއް ހުރިތޯ ފުލުހުން އަދި ބަލާފައި ނުވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: