ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ ސައިޓް މޮބިލައިޒްކޮށްފި

ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ސައިޓް މޮބިލައިޒްކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ގދ ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވުމުގެ ގޮތުން ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރެވިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

މި މަޝްރޫއުގެ ދަށުން ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމަށް 461 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 240 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި 6000 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ 27.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ރަތަފަންދޫ އަކީ 1385 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. ހުޅަނގު މޫސުމުގައި ރަށް ގިރުމާއި ގޮނޑުދޮށުގެ ބޮޑުބައެއް ގިރައި އުދަ އެރުމުގެ މައްސަލައަކީ އެތައް އަހަރެއް ވެފައިވާ މައްސަލައެކެވެ.

އެމްޓީސީސީ އިން ބުނީ އެ ކުންފުނީގެ އަމާޒަކީ ރަތަފަންދޫ އަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ ވީއެންމެ އަވަހަކަށް ހައްލުކޮށްދިނުން ކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: