ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނު އަސާސީގެ ދަށުން، ރައްޔިތުންގެ ތެރޭގައި ތަފާތު ކުރެވޭކަށް ނޯންނާނެ: އަލީ ހުސައިން

ކެންދޫ ދާއިރާގެ މަޖިލީސް މެންބަރު އަލީ ހުސައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނު އަސާސީގެ 17 ވަނަ މާއްދާ، އަތޮޅު ތެރޭ އަދި މާލޭގެ ނިކަމެތި ރައްޔިތަކާއި ދެމެދު ތަފާތު ކުރުމަށް ޖާގައެއް ނުދޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން، ގޯތިތައް ދޫކުރުމަށް ނިންމިފައިވާ ގޮތުން، ދިވެހި ރައްޔިތުންގެ ތެރޭގައި ތަފާތު ކުރުންތަކެއް ގެންގުޅެމުންދާކަމަށް އަޑު ފެތުރިފައިވާ ދަނޑިވަޅެއްގައި، ގާނޫނު އަސާސީގެ 17 ވަަނަ މާއްދާއަށް އަލި އަޅުވައި އަލީ ހުސައިން ވިދާޅުވީ، އެ މާއްދާގައި ދެކެވިފައިވަނީ، ވަކި ރަށަކަށް ނިސްބަތްވާ، ވަކި ބައެއްގެ ވާހަކަ ނޫންކަމަށެވެ.

ގާނޫނު އަސާސީގެ ދަށުން ރައްޔިތުންގެ ތެރޭގައި ތަފާތު ކުރުމެއް ނޯންނާނެކަމަށް ފާހަގަކުރެއްވީ، މާލޭގެ އަދި އޮތޮޅު ތެރޭގެވެސް ރައްޔިތުންތަކެއް، ކުލި ދެއްކުމުގައި ހަޔާތް ހޭދަކުރަމުންދާކަމަށެވެ. އަދި ދެ ބަޔަކީވެސް ހަމަ ނިކަމެތިންކަމަށް އިޝާރާތްކުރައްވާ އެނާ ވިދާޅުވީ، ގާނޫނު އަސާސީގެ 17 ވަނަ މާއްދާއިން އެ ދެ ފަރާތް ދެމެދުވެސް ތަފާތު ކުރުމެއް ގެންގުޅުމަށް ޖާގައެއް ދެވިފައިނުވާކަމަށެވެ.

މީގެ އިތުރުން އަލީ ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ، ގާނޫނުގައި ސާފުކޮށް ބަޔާން ކުރެވިފައިވާ ކަމެއްގައި، ގާނޫނު އެއްފަރާތްކުރުމަށެވެ. އަދި މާލޭގެ ބޯހިޔާވަހިކަމެއް ނެތް ރައްޔިތުންނަށް، ގޯތި ދިނުމުގެ ނަމުގައި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ވަކި ބަޔަކު މީހުންގެ ތެރޭގައި ގޯތިތައް ބަހާލުމަށް ކަމަށް ފާހަގަކުރައްވާ އަލީ ވަނީ، ދިވެހި ރައްޔިތުން އެ ކަމާއި ދެކޮޅަށް އަޑު އުފުލަންޖެހޭކަމަށް ވެސް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: