ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގައި އަންހެނަކު ރޭޕުކުރި މައްސަލަ ބަލަނީ !

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި އަންހެނަކު ރޭޕުކުރި މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

“ސަންގު“ އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައެއް މިމަހުގެ 8 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާއި އެކަމާއި ގުޅިގެން ކުރަން ޖެހޭ ތަހުގީގުތައް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

“މާލޭގައި އަންހެނަކު ރޭޕްކުރި މައްސަލަ އަޅުގަނޑުމެން ބަލާ ތަހުޤީގުކުރަމުން މިދަނީ. އަދި މައްސަލަ ހުށަހަޅާފައިވަނީ މި މަހުގެ 8 ވަނަ ދުވަހު.“ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މީގެ އިތުރުން، މީސްމީޑިއާގައި ދައުރުވަމުން އަންނަ ޕޯސްޓެއްގައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިމަހުގެ 5 ވަނަ ދުވަހުއެވެ. އެކަންތައް ހިނގާފައިވަނީ އެ އަންހެން މީހާ އިތުރު 8 ވަރަކަށް މީހުންނާއި އެކީ ”ގެޓްޓުގެދާ“ އަކަށް ގޮސް ހުއްޓާ އަންހެން މީހާ ރައްޓެހިވެގެން އުޅޭ ފިރިހެން މީހާ އެހެން މީހަކު ގެއަށް ލާން ދިޔަ ވަގުތުގައިކަމަށް އެ ޕޯސްޓުގައި ވެއެވެ.

މިހާދިސާ ފުލުހުންނަށް ރިޕޯޓް ކުރަން ދިޔައީ މިމަހުގެ 8 ވަނަ ދުވަހު ކަމަށް އަންހެން މީހާ  އެ ޕޯސްޓުގައި ބުނެފައި ވެއެވެ. އަދި ފުލުހުންނަށް މައްސަލަ ހުށަހަޅަން ދިޔުމުން ތިރިން ލައިގެން ހުރި ”ސްކާޓް“ ގެ ދިގުމިން އަހާ ފުލުހުން ސުވާލުކުރި ކަމަށް އަންހެން މީހާ ވަނީ ބުނެފައެވެ.

”އިނގޭ އެންމެ ފަހު ވަގުތު ކުއްވެރިވާނީ ސްކާޓްކަން. ރޭޕް ކުރި މީހާ ނޫންކަން. އަޅުގަނޑަށް ރައްކާތެރިކަން ކަށަވަރުކޮށްދޭން ތިބި އިދާރާތަކުން ސުވާލު ކުރީ ލައިގެން ހުރި އެއްޗެއްސާއި ބެހޭ ގޮތުން. މިކަމުން ލިބޭނެ ކުރިއެރުމެއް އެއް ގޮތަކަށް ވެސް ނޭނގޭ. އަދި އިންސާފު ލިބޭނެ ކަމެއް ވެސް ނޭނގޭ“ އަންހެން މީހާ ބުނެފައިވެއެވެ.

އެދުވަހު ހާދިސާ ހިނގި ގޮތް ހިއްސާކުރަމުން އަންހެން މީހާ ވަނީ އޭނާ ރޭޕް ކުރި ކަމަށް ބުނާ މީހާގެ ފޮޓޯ ވެސް މީސްމީޑިއާގައި ހިއްސާ ކޮށްފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ވިޖިލެންޓީ ނިމޭއިރު ރައްރަށުގަވެސް ރައްޔިތުންގެ ކޯޓުން މަގުމަތިން މިކަންކަން ނިމެނީ އިންސާފު އަދި ތަހުޤީޤީ އިދާރަަތައް ކޮރަޕްޓްވުމުން ނުވަތަ ޤާބިލްކަންނެތުން ރާއްޖެއކީ ޤާބިލްމީހުންތިބި ޤައުމެއް އިޙްލާސްތެރިކަން ނެތީ ޕްލިޓިކަލް ވިލް ނެތީ ދީނީ މީހުން ދީންވެއްކައިގެން ސިޔާސީ މަންފާޔައް ބަޑުފުރައިގެން ތިބެނީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: