ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނު އެބޮޮތް! އިމްރާނަށް އެކަން ހުއްޓުވަން ނުކެރެނީކަމެއް ނޭނގެނީ ކަމެއް ސާފެއް ނޫން: ރީކޯ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި މަޖިލީހުގެ ކުރީގެ ރައީސް މޫސާ މަނިކު: ފޮޓޯ/ ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ސޯޝަލް މީޑިއާގައި އޮރިޔާން ކާޑު ފަތުރާ ފަރާތްތަކާއިމެދު އަޅަން ޖެހޭ ފިޔަވަޅު އަޅައި، ގާނޫނު ތަންފީޒު ކުރަން ނުކެރެނީ، ނުވަތަ އެ ފިޔަވަޅެއް އަޅަން އެންގިފައިނުވަނީކަން ސާފު ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަކާއި، އިތުރު ގިނަ އަދަދެއްގެ ދިވެހި ފިރިހެނުން އަލަމްގިރިއާއިއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ދައްކައުވައިދޭ ވީޑިއޯތަކެއް ލީކު ކުރަމުންދާ ދަނޑިވަޅެއްގައި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ، އެކަން ހުއްޓުވުމަށް، ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅުތަކެއް އެޅެން ނެތްކަމަށް ދޭހަވާ މޭރުމަކުން ވާހަކަދައްކަވާފައެވެ.

ސޯޝަލް މީޑިއާގައި، އޮރިޔާން ކާޑު ފަތުރަމުންދާ ފަރާތްތަކުގެ މައްޗަށް ފިޔަވަޅުތައް އެޅޭނޭ ނިޒާމެއް ގާނޫނީ އޮނިގަނޑުގެ ތެރެއަށް ވުޖޫދު ކުރަންޖެހިފައިވާކަމަށް އިމްރާން ވިދާޅުވި ވިދާޅުވުމަށް އިޝާރާތްކުރައްވާ، މޫސަ ވިދާޅުވީ، ދިވެހިރާއްޖޭގައި އެ ފަދަ އަމަލުތައް ހުއްޓުވުމަށް އިތުރު އެއްވެސް ގާނޫނެއް ވުޖޫދު ކުރާކަށް ނުޖެހޭނެ ކަމަށެވެ.

އޮރިޔާން ކާޑު ފަތުރާ ފަރާތްތަކުގެ މައްޗަށް ފިޔަވަޅު އެޅުމަށް، އިތުރު ގާނޫނެއް ވުޖޫދު ކުރަން ނުޖެހޭކަމަށް ފާހަގަކުރައްވާ އިމްރާނަށް ފާޑުކިޔުންތަކެއް އަމާޒު ކުރައްވަމުން، މޫސަ ވިދާޅުވީ، އޮރިޔާން ކާޑުކަމަށް ބެލެވޭ އާލާތްތައް ގެންގުޅޭ ފަރާތްތަކަށް ގާނޫނުލް އުގޫބާތުގައި އަދަބު ކަނޑައެޅިފައިވާކަމަށެވެ. އަދި ޖިނާއީ އިޖުރާއަތުގައި މައްސަލަ ބަލާނެ ގޮތާ ތަހުގީގު ކުރާނެ އިޖުރާއަތުވެސް ކަނޑައެޅިފައިވާކަމަށްވެސް މޫސަ ފާހަގަކުރެއްވިއެވެ.

އޮރިޔާން ކާޑު ގެންގުޅޭ ފަރާތްތަކުގެ މައްޗަށް އެޅޭނެ ފިޔަވަޅުތަކާއި، ދެވޭނެ އަދަބުތައް ގާނޫނުލް އުގޫބާތުގައި ވާހަކަމަކަށާއި، އެފަދަ މަންޒަރުތައް ފެތުރުން ހުއްޓުވުމަށް އިތުރު ގާނޫނެއް ވުޖޫދު ކުރަން ނުޖެހޭކަމަށް ފާހަގަކުރައްވާ މޫސަ ވިދާޅުވީ، އެކަން ހުއްޓުވުމަށް ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅުތައް އެޅެން އޮތް އިރު، އިމްރާންއަށް އެ ފިޔަވަޅުތައް އަޅަން ނުކެރެނީކަމެއް ނުވަތަ ފިޔަވަޅުތައް އެޅެން އެތް ކަމެއް އިންގިފައިނުވަނީ ކަމެއް ސާފު ނުވާކަމަށެވެ.

ގިނަ އަދަދެއްގެ މީހުން އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދައުރު ވަމުން ދިއުމާއި ގުޅިގެން އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ހުއްޓުވިފައިނުވާތީ މޫސަގެ ފާޑުކިޔުންތައް އިމްރާނަށް އަމާޒުވެފައިވާއިރު، ލީކު ވެފައިވާ ވީޑިއޯތަކުގެ މައްސަލައިގައި އެއް ބަޔަކު ހައްޔަރު ކުރެވި އަނެއް ބަޔަކުގެ ޕާސްޕޯޓު ހިފެހެއްޓިފައިވެއެވެ. އެހެން ނަމަވެސް އެފަދަ އަމަލުތަކެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކެއް ފުރާފައިވާކަމަށް އަޑު ފެތުރުމާއި އެކު، ފުލުހުންގެ މުއައްސަސާއިންވަނީ، ދެ ފަރާތަކަށް އުމްރާއަށް ދިއުމަށް ފާސްޕޯޓު ރައްދުކޮށް، ހުއްދަ ދީފައިވާކަމަށް މައުލޫމާތު ހިއްސާކޮށްފައެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: