ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާރަށު މައްސަލައިގައި ނުފޫޒެއް ފޯރުވިނަމަ ސާފު ހެކި ހުންނާނެ: ރައީސް ޔާމީން

އިދިކޮޅުން ޕާޓީ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

އާރަށު މައްސަލައިގައި ހެކިވެރިވާ ފަރާތްތަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ނުފޫޒު ފޯރުވަމުންދާކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް އެ މަނިކުފާނު ދޮގު ކުރައްވައިފިއެވެ.

ރައީސް ޔާމީން ޖަލުން މިނިވަންވެވަޑައިގެން ފުރަތަމަ ފަހަރަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހުގައި ދެކެވެމުންދާ ހުރިހާ ވާހަކަތަކަކީ ތެދެއް ނޫންކަމަށެވެ. އަދި އާރަށުގެ މައްސަލައިގައި ހެކިވެރިވާ ފަރާތްތަކަށް އެ މަނިކުފާނު ނުފޫޒު ފޯރުވަމުންދާކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އާރަށުގެ މައްސަލައިގެ ޝަރީއަތް ހިންގާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، މިހާ ހިސާބުން އެ މަނިކުފާނު އެކަމަށް ނުފޫޒު ފޯރުވަންވީ ސަަބަބެއްވެސް ނޯންނާނެ ކަމަށެވެ. އަދި އެ މަނިކުފާނު ހުންނެވީ އެ މައްސަލައިގައި ނުފޫޒެއް ފޯރުވަން ޖެހޭ ހާލަތުގައިވެސް ނޫންކަމަށް ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ވާޙަކަދެކެވެމުންދާ ގޮތަށް އެ މަނިކުފާނު ނުފޫޒު ފޯރުވާފައިވާނަމަ، އެ ކަން ކޮށްފައިވާކަން ދެއްކުމަށް ސާފު ހެކިތަކެއް ވާނެ ކަމަށެވެ. އެހެން ނަމަވެސް އެފަދަ ހެއްކެއްވެސް ނޯންނާނެ ކަމަށްވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީން އާރަށު މައްސަލައިގައި ހެކި ވެރިވާ ފަރާތްތަކަށް ނުފޫޒު ފޯރުވާކަމަށް ދެކެވެމުންދާ ވާޙަކަތައް ދޮގު ކުރެއްވީ، ދިވެހިރާއްޖޭގެ ލޯ ފާރމަކުން، އެ މަނިކުފާނު އެފަދަ އަމަލުތަކެއް ހިންގައި، އިނގިރޭސި ވިލާތުގައި ތިބި ހެކިވެރިންނަށް ބިރުދައްކަމުންދާކަމަށް ބުނެ، ފުލުހުންނަށާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށްވެސް ސިޓީ ހުށައެޅިފައިވަނިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: