ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބަށް ކުރިމަތި ނުލެވޭ ހާލަތެއްގައި ކެންޑިޑޭޓެއް ކަނޑައަޅާނީ ޕާޓީގެ އާންމު މެމްބަރުން: ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަ ނުކުރެވޭ ނަމަ، ދެން ޕީޕީއެމްގެ ފަރާތުން ކުރިމަތިލާނެ ކެންޑިޑޭޓެއް ކަނޑައަޅާނީ އެ ޕާޓީގެ އާންމު މެމްބަރުން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

މ.ދިމްޔާތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރިޔާސީ އިންތިހާބާއިމެދު ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، އިދިކޮޅު ކޯލިޝަންގައި ވަކި ފަރާތަކަށް ތާއީދު ކުރުމަކީ، ޕާޓީގެ ލީޑަރު ކުރައްވާ ކަމެއް ނޫންކަމަށެވެ. އަދި އެކަން ކުރާނީ އާންމު މެމްބަރުން ކަމަށް ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، އެ މަނިކުފާނު ވަކި ފަރާތެއް އެއީ އެ މަނިކުފާނުގެ ޕްރޮޓޮޖޭކަމަށް ބުނެ، ކައިރިކޮށްގެން ނުގެންގުޅުއްވާކަމަށެވެ. އަދި އެ މަނިކުފާނަށް ވާދަ ނުކުރެވޭނެ ހާލަތެއްގައި ދެން ހޮވަން ވާނީ ވަކި ފަރާތެއް ކަމަށް އެ ޕާޓީގެ އާންްމު މެމްބަރުންނަށް އިރުޝާދު ތަކެއް ދެއްވާފައިނުވާނެކަމަށްވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އެ މަނިކުފާނަކީ ވަކި ފަރާތަކަށް ތާއީދު ކުރައްވައިގެން ޕާޓީތެރޭގައި ބައިބައިވުންތައް އުފައްދަވާނެ ބޭފުޅެއް ނޫންކަމަށެވެ. އެހެން ކަމުން، އެ މަނިކުފާނަށް ކުރިމަތި ނުލެއްވޭނެ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އިދިކޮޅު ކޯލިޝަންގެ ފަރާތުން ކެންޑިޑޭޓެއް ކަނޑައަޅާނީ ޕާޓީގެ އާންމު މެމްބަރުން ކަމަށާއި، ޕީޕީއެމްއިން އެކަން ކުރާނީ ޕާޓީގެ ޑިމޮކްރެޓިކް ހަމަތަކުގެ މަތިންކަމަށްވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރައީސް ޔާމީން ގެ ވަކި ފޭވަރިޓް ކެންޑިޑޭޓެއް ހުރިކަމަށް ދައްކައި އަތުގައި ހިފައިގެން ނުކުމެ ނުހައްދަވާނެކަމަށްވެސް ރައީސް ޔާމީން ފާޙަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: