ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަކި މީހަކު ވެރިކަމަށް ގެނައުމަށް ގާނޫނު ބަދަލުކުރާކަށް ނުޖެހޭ!

ކެންދޫ ދާއިރާގެ މަޖިލީސް މެންބަރު އަލީ ހުސައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ވަކި މީހަކަށް 50 އިންސައްތަ އަށް ވުރެ އިތުރަށް ވޯޓް ނުލިބުމަކީ ގާނޫނު އަސާސީ އިސްލާހު ކުރަންޖެހޭ ސަބަބެއް ނޫން ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ކުރެއްވި ޓްވީޓަކާއި ގުޅިގެން މެމްބަރު މުހައްމަދު ވަހީދު ވިދާޅުވީ ވޯޓް ލިބޭ މިންވަރާއި އެއްވަރުގެ ހައްގު ހިއްސާއެއް ލިބުމަށް ޖުމްހޫރީ ޕާޓީ އިން ނޭދޭނެ ކަމާއި މިހާރު އޮތްގޮތަށް އޮވެ ސިއްރު ޑީލް ހަދައިގެން ހައްގު ނޫން ބޮޑު ހިއްސާ ހޯދޭނެ ޖާގަ ބަންދުވާން ބޭނުން ނުވާނެ ކަން އެންމެންވެސް ދަންނަ ކަމަށެވެ.

ވަހީދުގެ ޓްވީޓް އަމާޒު ކުރައްވާފައިވަނީ ސަރުކާރުގެ ކޯލިޝަންގައި ޖުމްހޫރީ ޕާޓީގެ ބައިވެރިވުން އޮތުމާއި ގުޅޭ ގޮތުން ކަމަށް ބެލެވެއެެވެ.

ގާނޫނު އަސާސީގެ 111 ވަނަ މާއްދާގައި މިހާރު އޮންނަނީ ރައީސުލް ޖުމްހޫރިއްޔާ ކަމަށް މީހަކު އިންތިހާބު ވާނީ ވޯޓް ދޭ މީހުންގެ 50 އިންސައްތައަށް ވުރެ ގިނަ ވޯޓް އެމީހަކަށް ލިބިގެން ކަމަށެވެ.

އެމްޑީޕީގެ ކޮންގްރެސް އަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލު ވެއްޖެ ނަމަ ގާނޫނު އަސާސީ އަށް ގެނައުމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ އިސްލާހުތައް ހުށައަޅުއްވާފައެވެ.

އޭގެ ތެރޭގައި ސަރުކާރުގެ އެންމެ އިސް ވެރިއަކީ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އިންތިހާބު ކުރާ ބޮޑުވަޒީރަކު ކަނޑައެޅުން ހިމެނެއެވެ.

ރައީސް ނަޝީދު ވިދާޅުވީ ގާނޫނު އަސާސީ އިން ދިވެހި ދައުލަތުގެ ވެރިކަމުގެ ނިޒާމާއި އިންތިހާބީ އުސޫލުތައް ކަނޑައަޅާފައިވާ ގޮތުން ރިޔާސީ އިންތިހާބެއްގައި އެއް ޕާޓީން އެ އިންތިހާބު ކާމިޔާބުކޮށް ސާފުސާދާ މުތުލަގު ބާރުތަކަކާއެކު ސަރުކާރު ހިންގުމަށް އެއް ޕާޓީ އަށް އާދެވުމަކީ ނާދިރުކަމެއް ކަމަށެވެ.

ވެރިކަމުގެ ނިޒާމް ރޭވިފައި އޮތް ގޮތުން ރައީސަކު ހޮވުމަށް ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެމްޑީޕީ އިން އެހެން ޕާޓީތަކާއެކު އިއްތިހާދުވުމުން ސަރުކާރު ހިންގުން ގަޑުބަޑުވެ އެމްޑީޕީ އިން ވެފައިވާ ވައުދުތައް ނުފުއްދި ސަރުކާރާއިމެދު އެމްޑީޕީގެ އާއްމު މެމްބަރުން ކުރާ އިތުބާރު ކުޑަވަމުންދާ ކަމުގައި ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: