ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްޖިންސުން ގުޅުން ހިންގި މީހުން ބަންދުގައި ބަހައްޓަންވީ ސަބަބުތައް ޕީޖީއަށް އެނގޭހެން ހީނުވޭ: ގާޒީ ހައިލަމް

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރު ކުރެވިފައިވާ ފަރާތްތައް، ބަންދުން ދޫކޮށްލުމާއި މެދު، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ޕްރޮސެކިއުޓާރ ޖެނެރަލް ހުސައިން ޝަމީމަށް ފާޑުވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަދި އިތުރު ފަރާތްތަކެއްގެ މައްޗަށް އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުތަކެއް ކުރެވި، ހައްޔަރު ކުރެވިފައިވަނިކޮށް، އެ ފަރާތްތައް ދޫކޮށްލާފައިވާކަމަށް އިޝާރާތް ކުރައްވާ، ހައިލަމް ފާހަގަކުރެއްވީ، އެއްޖިންސުން ގުޅުން ހިންގި ފަރާތްތައް، ޝަރީއަތް ނިމެންދެން ބަންދު ކުރަންޖެހޭކަމަށެވެ. އަދި އެކަން ކުރަންވީ ސަބަބުތައް ހުސައިން ޝަމީމަށް އިންގިލައްވާހެން ހީނުވާކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ހައްޔަރު ކުރެވިފައިވާ ފަރާތެއްގެ ބަންދާއި މެދު ގޮތެއް ނިންމާ އިރު، މުޖުތަމައުގެ ތެރޭގައި ތުހުމަތު ކުރެވޭ ފަރާތުގެ މަގާމާއި، ބާރާއި ނުފޫޒު އޮތް މިންވަރު ބަލަން ޖިނާއީ އިޖުރާއަތު ގަވައިދުގެ 13 ވަނަ މާއްދާގައި ބަޔާން ކުރެވިފައިވާކަމަށް އިޝާރާތްކުރައްވާ ހައިލަމްވަނީ، ބަދުއަހުލާގީ އަމަލުތައް ހިންގާ މީހުން ހައްޔަރު ނުކުރުމުގެ އުސޫލެއް ގާއިމު ކުރެއްވީތޯ، ޝަމީމާއި ސުވާލު ކުރައްވާފައެވެ. އަދި ޖިނާއީ އަދުލުގެ ނިޒާމު “ފައްކާވެ” ނިމުނީތޯ އެނާ ވަނީ ސުޕްރީމް ކޯޓަށް ސުވާލެއް އަމާޒު ކުރައްވާފައެވެ.

ޖިނާއީ އިޖުރާއަތު ގަވައިދުގެ 13 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާގޮތުން ބަންދާއި މެދު ގޮތެއް ނިންމުމުގައި ރިއާޔަތް ކުރަންޖެހޭ ކަންކަމުގެ ތެރޭގައި، ތުހުމަތު ކުރެވޭ މީހާ މައިސަލައިގެ ހެކި ފޮރުވުމަށް ނުވަތަ ހެކި ބަސް ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް ބެލުމުގައި، މައްސަލައިގައި ހެކި ބަސް ދޭން ތިބި މީހުންނާއި، ތުހުމަތު ކުރެވޭ މީހާއާ ގުޅުން އޮތް މިންވަރާއި، ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލު އޮތް މިންވަރަށް ރިއާޔަތްކުރަން ޖެހެއެވެ.

މީގެ އިތުރުން ހައިލަމް ފާހަގަކުރެއްވީ، ހައްޔަރު ކުރެވިފައިވާ ފަރާތެއްގެ ބަންދާއިމެދު ގޮތެއް ނިންމާ އިރު، މުޖުތަމައިގައި ތުހުމަތު ކުރެވޭ ފަރާތުގެ މަގާމާއި، ބާރާއި ނުފޫޒު އޮތް މިންވަރަށްވެސް ރިއާޔަތްކުރަންޖެހެއެވެ.

އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި އެކި ފަރާތްތައް ހައްޔަރުކޮށް، ދޫކޮށްލާފައިވާއިރު، ގިނަ އަދަދެއްގެ މީހުންގެ ޕާސްޕޯޓު ހިފެހެއްޓުމަށްފަހު، ބައެއް ފަރާތްތަކަށްވަނީ އުމްރާކުރުން ފަދަ މަގުސަދުތަކުގައި ބޭރު ގައުމުތަކަށް ފުރުމަށް ހުއްދަވެސް ދެވިފައިއެވެ.

ނާޒިމް އަދި އިތުރު ފަރާތްތައް ބަންދުން ދޫކޮށްލުމުގެ ކުރިން، ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ޖަމިއްޔާއެއްގެ އެއްޖިންސުން ގުޅުން ހިންގާ ފަރާތްތަކުގެ ހައްގަށް ވަކާލާތު ކުރާ ޕްރޮގްރާމެއްގެ ޑިރެކްޓަރެއްވަނީ، ރާއްޖޭގައި އެ އަމަލުތައް ހިންގި ފަރާތްތަކުގެ މައްޗަށް ހިންގަމުންދާ ތަހުގީގުތައް ހުއްޓާލައި އެ ފަރާތްތައް ދޫކޮށްލުމަށް ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 17%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: