ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގައި ހައިތަމްގެ ސަލާމުގެ މުއްދަތު ދިގުވާތީ ނަޝީދުގެ ކަންބޮޑުވުން!

މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މައްޗަން ގޯޅީ ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ސަލާމްގައި މާ ގިނަދުވަހު ހުންނަވާތީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިއަދު މަޖިލީހުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ މިއަދުގެ ޖަލްސާއަށް ވެސް ފަސް މެމްބަރަކު ސަލާމް ވިދާޅުވެފައިވާއިރު މެމްބަރު ހައިތަމްގެ ސަލާމުގެ ތާރީޚު ނިމޭނެ ދުވަހެއް ވިދާޅުވެފައި ނުވާ ކަމަށެވެ.

“މަޖިލީހުގެ އިދާރާއިން އެކަން ސާފުކުރުމަށް އިއްޒަތްތެރި މެމްބަރުގެ އަރިހުގައި ވާނީ ދަންނަވާފައި.” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހާޒިރީ ޖުމްލަ ގޮތެއްގައި ދަށްވެފައިވާއިރު މިއަދުގެ މަޖިލީހުގެ ޖަލްސާ ފަށާފައިވަނީ 31 މެމްބަރުންނާއެކުގައެވެ. މީގެ އިތުރުން މި ދައުރުގެ ފުރަތަމަ ޖަލްސާ ވެސް ފަށާފައިވަނީ މަޖިލީހުގައި ތިއްބަވާ 87 މެމްބަރުންގެ ތެރެއިން 43 މެންބަރުންނާއެކުގައެވެ.

މަޖިލީހުގެ މި ދައުރުގެ ގިނަ ޖަލްސާތަކުގައި ބައެއް ބިލްތަކަށް ބަހުސް ކުރައްވާނެ މެންބަރުން ނެތިގެން، ބައެއް މެންބަރުން ވަނީ ތަކުރާރުކޮށް ވެސް ބަހުސްގައި ބައިވެރިވެވަޑައިގެންފަ އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ނަޝީދު ކެމްޕޭނުކޮށްދިނީ ވާހަކަދައްކަން ނޭންގޭ ސޮރެއް ކިޑަވައިއިގިލީގަ ހިފައިގެން ގޮސް ދެން ކޮނ ކަންބޮޑުވުމެއް ސިޔސީގޮތުން އަބަދުވެސް އަތައްގޮއްވާލާމީހެއް ނަޝީދުއަކީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: