ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިނާއީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި

މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ހައިތަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިނާއީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިދެއްވީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް އެވެ.

ޖިނާއީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބޭނުމަކީ ސައިބަރސްޕޭސްގައި ކުރާ ކުށްތައް ދިވެހިރާއްޖޭގައި އިތުރުވަމުންދާތީ އާއި އެފަދަ ކުށްތައް ކުރާ ފަރާތްތަކުން، އެކުށުގެ އަމަލުތައް ހިންގަމުންދާގޮތުން ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އިތުރަށް ފުޅާކުރަމުންދާތީ އެފަދަ ސައިބަރކްރައިމް އާއި އެނޫންވެސް ކޮމްޕިއުޓަރ ސިސްޓަމް މެދުވެރިކޮށްކުރާ އެހެންކުށްތަކާއި އިލެކްޓްރޯނިކް ހެކި އެކުލެވިގެންވާ ކުށްތައް ހުއްޓުވައި ފިޔަވަޅު އެޅުމުގައި އެހެން ގައުމުތަކާއި އެކު ގާނޫނީ އެހީތެރިކަން ބަދަލުކުރުމާ ގުޅޭގޮތުން ކަނޑައަޅަންޖެހޭ އިޖުރާއަތްތައް ކަނޑައެޅުމަށް ޖިނާއީ މައްސަލަތަކުގެ ގާނޫނީ އެހީތެރިކަން ބަދަލު ކުރުމުގެ ގާނޫނަށް ގެންނަ އިސްލާހު ގެނައުން ކަމަށް ހައިތަމް ވިދާޅުވިއެވެ.

ޖިނާއީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަަށް އިސްލާހު ތަކުގެ ތެރޭގައި އިލެކްޓްރޯނިކް ހެކި ހޯދުމާއި ގުޅޭގޮތުންނާއި ކޮމްޕިއުޓަރ ސިސްޓަމްގައި ރައްކާތެރިކޮށްފައި ހުންނަ ޑޭޓާ، އަވަސްގޮތެއްގައި ޕްރިޒާވް ކުރުމާއި ޕްރިޒާވް ކޮށްފައިވާ ޓްރެފިކް ޑޭޓާ އަވަސް ގޮތެއްގައި ހާމަކުރުމާއި ގުޅޭގޮތުންނާއި ރައްކާތެރިކޮށްފައިވާ ކޮމްޕިއުޓަރ ޑޭޓާއަށް އެކްސެސް ވުމާއި ގުޅޭގޮތުން އެހީތެރިކަން ބަދަލުކުރުމާއި ގުޅޭގޮތުންނާއި ޓްރެފިކް ޑޭޓާ ރިއަލް ޓައިމްގައި ނެގުމަށްޓަކައި އެހީތެރިކަން ބަދަލުކުރުން ހިމެނެއެވެ.

ކޮންޓެންޓް ޑޭޓާ އިންޓަރސެޕްޓް ކުރުމާއި ގުޅޭގޮތުން ގާނޫނީ އެހީތެރިކަން ބަދަލުކުރުމާއި ގުޅޭ އުސޫލުތަކާއި ކޮމްޕިއުޓަރ ޑޭޓާ އާއި ގުޅޭ ނުވަތަ އިލެކްޓްރޯނިކް ހެކި ހޯދަންޖެހޭފަދަ ކުށަކާ ގުޅިގެން ހިންގާ ޖިނާއީ ތަހްގީގްތަކާއި ޝަރީއަތްތަކަށް ބޭނުންވާ އެހީތެރިކަން ވަގުތުން ފޯރުކޮށްދިނުމަށް 24/7 ނެޓްވޯކެއް ގާއިމްކުރުމާއި ގުޅޭ އުސޫލްތައް ކަނޑައެޅުން ހިމެނެއެވެ.

ވޭތުދެވިޔަ 10 ވަރަކަށް އަހަރު ތެރޭގައި ހިންގަމުންދާ ގިނަ ކުށްތައް އޮންނަނީ ކޮންމެވެސް ގޮތަކުން އިލެކްޓްރޯނިކް ޑޭޓާ ނުވަތަ އިންޓަރނެޓާއި ގުޅިފައިކަމަށް ހައިތަމް ވިދާޅުވިއެވެ.

އެހެންނޫނީ އެއާ ބެހޭ ހެކިތަކެއް މިއިންނަނީ ފޯނުގައި، ކޮމްޕިއުޓަރުގައި އެހެން ނޫނީ އެހެން ދިމާލެއްގައި ރައްކާ ކުރެވިފައި. ބައެއް ކަމެއް ރާވާއިރުގައި އަޅުގަނޑުމެންނަށް މިހާތަނަށް ފެނިފައިއޮތް ގޮތުން ކަމުގައިވާނަމަ ގިނަ ކަންތައްތައް މިދަނީ އިންޓަރނެޓް މެދުވެރިކޮށް އެކަންތައްތައް ކުރަމުން.

ހައިތަމް ވިދާޅުވީ މިޒަމާނުގައި ކުށްތަކަށް އަރައިގަތުމުގައި އިންޓަރނެޓް މެދުވެރިއެއްގެ ރޯލު އަދާ ކުރަމުންދާތީ އެކަން ހުއްޓުވުމަށް ޖިނާއީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ މުހިއްމު ބިލެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: