ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިތަމްގެ ދެކަނބަލުންނަށް އިންޒާރުދިން މީހުންނަށް ދައުވާކުރަން ފޮނުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މައްޗަންގޮޅި ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ހައިތަމާއި އޭނާގެ މިހާރުގެ އަނބިކަނބަލުންނަށް އިންޒާ ރުދިން މައްސަލާގައި އޭނާގެ ކުރީގެ އަނބިކަނބަލުންނާ އޭނާގެ ދަރިއަކަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ހައިތަމްއާއި އަނބިކަނބަލުންނާއި މަގުމަތިން ދިމާކޮށް ހަމަލާދޭން މަަސައްކަތް ކުރި މައްސަލައިގައި ދައުވާ ކޮށް ދިނުމަށްއެދި ފުލުހުން، ޕީޖީއަށް ފޮނުވާފައިވަނީ އޭނާގެ ކުރީގެ އަނބިކަނބަލުން ނަޖުމާ މޫސާ އާއި ދޮން ދަރިފުޅު ދިފްލާ ޖުނައިދަގެ މައްޗަށެވެ.

ފުލުހުން މައްސަލަ ނިންމި ގޮތުގެ ލިޔުމުގައި ބުނެފައިވަނީ އެ މައްސަލަ ތަހުގީގު ނިންމާ މި މަހުގެ ތިން ވަނަ ދުވަހު މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

މިދިޔަ ޖޫން މަހުގެ 5 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހައިތަމްގެ ދެމަފިރިކަނބަލުންނަށް އިންޒާރު ދީ ހަމަލަ ދޭން މަސައްކަތް ކޮށް ޚައިތަމްގެ އަނބިކަނބަލުންނާ ދިމާކޮށް ފަހަތުން ހިނގަމުން އައިސް ދިރިއުޅޭ ގޭގެ ލިފްޓު ތެރެއަށް ވެސް އެމީހުން ވަދެފައި ވާކަމަށްވެއެވެެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: