ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެ މީހަކު އެކަހެރިވެ، ރުހުމުގައި ލިވާތުކޮށް ޒިނޭ ކުރިޔަސް އެހެން މީހަކަށް ވާނެ ގެއްލުމެއް ނެތް: އިބްރާ

މަންދު ކޮލެޖުގެ ދަސްވެނިވުމުގެ ހަފުލާއެއްގައި އިބްރާ ވާހަކަދައްކަވަނީ.- ފޮޓޯ:/ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެކަހެރިވެ، ދެ މީހަކު ނުވަތަ އެއަށްވުރެއް ގިނަ މީހުން ރުހުމުގައި ޒިނޭ ކުރިއަށް އަދި ލިވާތު ކުރިޔަސް އެކަމުން އެހެން މީހަކަށް ވާނެ ގެއްލުމެއް ނެތްކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބުރާ) ވިދާޅުވެއްޖެއެވެ.

ޔޯގާ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރުކުރި ބައެއް މީހުން ދޫނުކޮށްލާ ، އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ހައްޔަރުކުރި ބައެއް މީހުން ދޫކޮށްލުމާއެކު އެތައްބަޔަކު ނުރުހުން ފާޅުކުރަމުންދާ މި ދަނޑިވަޅުގައި ޓުވީޓުކުރައްވާ އިބުރާ ވިދާޅުވީ ޒިނޭ އާއި ލިވާތު ކުރުމަކީ ކުށެއްކަމަށާއި އެހެންނަމަވެސް، އެ ކުށަކީ ދެމީހަކު ނުވަތަ އެއަށްވުރެއް ގިނަ މީހުން ރުހުމުގައި ، އެކަހެރިވެގެން ތިބެ ކުރި ކަމެއްނަމަ އެކަމަކުން އެހެން މީހެއްގެ ފުރާނައަށް، ޖިސްމަށް، މުދަލަށް ނުރައްކަލެއް ނެތްކަމަށެވެ.

އެހެންކަމުން އެހެންމީހެއްގެ މިނިވަންކަމަށް ހުރަސް ނޭޅޭނެ ކަމަށްވެސް އިބުރާގެ ޓުވީޓުގައި ވެއެވެ.

މީގެ އިތުރުން ޔޯގާގެ ހަރަކާތަކީ ބައެއްގެ މިނިވަންކަމަށް ހުރަސްއަޅާ ޖިސްމަށް އަނިޔާވާނެ އަމަލެއްގެ ގޮތުގައި އިބޫވަނީ ސިފަކުރައްވާފައެވެ.

”ޔޯގާ މައްސަލައަކީ އެހެން ބައެއްގެ މިނިވަންކަމަށް ހުރަސް އަޅާ، ޖިސްމަށް އަނިޔާ ދެވޭނެ އަމަލުތަކެއް ހިމެނޭ ގޮތަށް، އާންމު ތަނެއްގައި ހިންގި ޓެރަރިޒަމްގެ އަމަލެއް. ކުށުގެ ވެށިން ހައްޔަރުކުރި މީހުން އެބަތިބި. އެހެން ކަމަށްވާ ނަމަ އެމީހުން ދޫކޮށްފައި ތިބުމަކީ އެހެން މީހުންނަށް އޮތް ނުރައްކަލެއް“ އިބުރާ ވިދާޅުވިއެވެ.

އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް އާންމުވި މައްސަލައިގާ ހައްޔަރުކޮށްފައިވާ ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހެއް ކަމަށްވާ އަބްދުލްރަހްމާން ރަފީއު ވަނީ ފުލުހުންގެ ބަންދުން ދޫކޮށްލާފައެވެ.

ވަރަށް ގަދަ
13%ވަރަށް ގަދަ 3%ވަރަށް ގަޔާވޭ 1%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 10%ވަރަށް ދެރަ 74%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. މިވާހަކައިން އިނގެނީ ބޯގަންވިލާ ބުރާ އަކީ ލާދީނިއްޔަތު ގެ އެނެމ މަތި ދަރަޖަކަން. މުސްލިމެއްގޮތުގައި ހުރެ އިސްލާޟީ ސާރީއަތުގެ ހުކުމްތކަށް ގޮންޖަހަމުންދާކަން. މީނާ ހައްޔަރުކޮށް މަންދުކޮލެޖްވެސް ރައއިތުންނިކުމެ އަތުލަންވީ. މފަދަ މީސްމީހންނަށް ތައުޅިމުދޭ ތަންތަނުގެ ބޮޑުންނަށް ތިބެގެންނުވާނެ. އިބްރާއަށް ހަލާކުހުރި.

  2. 2 މީހަކު ތޫނުއެއްޗަކުން ކޮށާ މާރާމާރީ ހިންގިޔަސް އެހެންބަޔަށް ގެއްލުމެއްނުލިބޭ. ދެން ެކަންންނ

  3. އިބުރާތީޕ މާތްވެގެންވާ އިސްލާމްދީނައް ފުރައްސާރަކުރާމީހެއް ވަގުތުންހައްޔަރުކުރޭ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: