ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީން ބައި އިލެކްޝަންތައް ކާމިޔާބު ކުރީ، ނުފޫޒު ފޯރުވައިގެން: ޝުޖާއު

ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީން މ. ދިއްގަރު އަދި ތ. ގާއްދިފުށީގެ ކައުންސިލްތަކުގެ ބައި އިލެކްޝަން ކާމިޔާބު ކުރީ، އިންތިހާބަށް ނުފޫޒު ފޯރުވައިގެންކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލު މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އެމްޑީޕީއާއި މެދު ދެކެވެމުންދާ ވާހަކަތަކާއި، އެޅެމުންދާ އިލްޒާމުތަކަކީ ސިޔާސީ ބޭނުމަކު ކުރާ މަސައްތްތަކެއް ކަމަށާއި، އެކަން ރައްޔިތުންނަށް ސާފުވެފައިވާކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވުމާއި އެކު ރައްދު ދެއްވައި ޝުޖާއު ވިދާޅުވީ އެމްޑީޕީއަކީ “ލާދީނީ” ކަންކަމަށް ހިތްވަރުދޭ ޕާޓީއެއްކަމަށެވެ. އަދި އެކަން މިހާރު ރައްޔިތުންނަށް ކުލަ ވަމުންދާކަމަށްވެސް ޝުޖާއު ފާހަގަކުރެއްވިއެވެ.

އެމްޑީޕީއަކީ “ލަދެއް ހަޔާތެއް” ނެތް ބައެއް ކަމަށް ސިފަ ކުރައްވާ، ޝުޖާއު ވިދާޅުވީ، އެފަދަ ބަޔަކު މީހުންގެ ކުރިމަތީގައި ކިތަންމެ ބޮޑު ފާހިޝް އަމަލެއްވެސް ބޮޑުކަމަށްކަށް ނުވާނެކަމަށެވެ. އަދި އެމްޑީޕީންވަނީ ބައި އިލެކްޝަނެއް ކާމިޔާބު ކުރުމުގެ މަގުސަދުގައި 15 ސިޔާސީ ވަޒީފާ އުފައްދައި، އިންތިހާބަށް ނުފޫޒު ފޯރުވާފައިކަމަށްވެސް ޝުޖާއު ފާހަގަކުރެއްވިއެވެ. އަދި ދިއްގަރުން ފަރަގުކުރަން ބޭނުންވާ 150 ވޯޓު ފަރަގު ކުރެވުނުތޯވެސް ޝުޖާއު ސުވާލު ކުރެއްވިއެވެ.

 

ގާދިއްފުށީގެ ބައި އިލެކްޝަން އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ ކުޑަ ތަފާތަކުން ކަަމަށް ފާހަގަކުރައްވާ ޝުޖާއު ވިދާޅުވީ، އެމްޑީޕީ އަށް ވޭތުވެދިޔަ ބައި އިލެކްޝަނުން މޮޅުވެވުނު ނަމަވެސް، މާޒީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ލާދީނީ ކަމާއި، ފާހިޝް އަމަލުތަކަށް އެމްޑީޕީން ދެމުންދާ ތަރުހީބުގެ ސަބަބުން، ރައްޔިތުން ޕާޓީއަށް ކުރަމުންދާ ތާއީދު ގެއްލިގޮސްފައިވާކަމަށެވެ.

އެމްޑީޕީން ކައުންސިލުތަކުގެ ބައި އިލެކްޝަންސް ކާމިޔާބު ކުރުމާއި އެކު، އެ އިލެކްޝަން ކާމިޔާބު ކުރުމަށް، 15 ސިޔާސީ ވަޒީފާ އުފައްދާފައިވާކަމަށް ޝުޖާއު ވިދާޅުވެފައިވާއިރު، ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުވަނީ ދިވެހިރާއްޖޭގެ މާލީ ހާލަތު ހުރި ގޮތުން، އިތުރު ސިޔާސީ މަގާމުތަކެއް ނުއުފައްދަވާނެކަމަށް ވިދާޅުވެފައިއެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: