ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިރީސް އިންސައްތަ ވޯޓުން ވެރިކަމަށް އާދެވޭ އިސްލާޙަކީ ޑިމޮކްރަޓިކް ގައުމުތަކުގައި އެކަން އޮންނަ ގޮތް: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ތިރީސް އިންސައްތަ ވޯޓުން ވެރިކަމަށް އާދެވޭ އިސްލާހަކީ ޑިމޮކްރަޓިކް ގައުމުތަކުގައި އެކަން އޮންނަ ގޮތް ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު އެމްޑީޕީ އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ އާއްމުކޮށް އެއް ޝަހްސަކަށް ނުވަތަ އެއް ޕާޓީ އަކަށް ވޯޓް ލިބިގެންދަނީ ސާޅީހަކަށް ޕަސެންޓް ކަމާއި 35 އިންސައްތަ އަށް ވުރެ ދަށުން ވޯޓް ލިބިއްޖެ ނަމަ އެއީ ވަރަށް ދަށް އަދަދެއް ކަމުގައެވެ. 35 އިންސައްތައިގެ ދަށުން ވެރިކަމެއް އުފެއްދުމަކީ ބުއްދިވެރިކަމެއް ނޫން ކަމުގައި ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ކުރިމަތިލާ އިންތިހާބުން ފަންސާސް ޕަސެންޓް ހޯދާނެ ކަމުގައެވެ.

އެންމެ ފަހުން ރައީސް ނަޝީދު ވާދަކުރެއްވި 2013 ވަނަ އަހަރުގެ އިންތިހާބުގައި އެމަނިކުފާނު ބަލިވިކަމަށް އިއުލާން ކުރެވުނީ ފަސް ހާސް ވޯޓުން ކަމާއި އެއީ 49 އިންސައްތަ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ކުރިއަށް އޮތް ކޮންގްރެސްގައި އެމަނިކުފާނުގެ ފަރާތުން ހުށައަޅާ އިސްލާހުތައް ހިމެނޭ ގަރާރެއް ހުށައަޅާފައެވެ. އޭގެ ތެރޭގައި ސަރުކާރުގެ އެންމެ އިސްވެރިޔަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އިންތިހާބުކުރާ އެމަޖިލީހުގެ އަގުލަބިއްޔަތު ލިބިފައިވާ ބޮޑުވަޒީރަކު ކަނޑައެޅުމާއި ދައުލަތުގެ އެންމެ އިސްފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަމާއި ރައީސަކު ކަނޑައަޅާނީ ރައްޔިތުންގެ މެދުގައި ނެގޭ ފެންނަ ނުފެންނަ ވޯޓަކުން ކަމަށެވެ.

އެގޮތުން ދައުލަތުގެ އެންމެ މަތީ ވެރިޔާ އަކީ ރައީސް ކަމާއި ރައީސަކު ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުގައި ދާއިރާތަކުގެ  މެމްބަރުން ތަމްސީލުވާނެ ގޮތް ތަކާއި މަޖިލިސް އިންތިހާބުގައި ޕާޓީތަކުން ވޯޓް ހޯދާ ގޮތުގެ ނިސްބަތަށް ބަލައި ނޭޝަނަލް ލިސްޓް ގެ މެމްބަރުން ހިމެނޭ އުސޫލު ކަނޑައެޅުން ހިމެނެއެވެ.

މީގެ އިތުރުން މަޖިލީހުގެ މެމްބަރުންގެ ޖުމްލަ އަދަދު 87 މެމްބަރުންނަށްވުރެ އިތުރުނުވާނެ ހަމައަކުން ރައްޔިތުންގެ މަޖިލީހުގެ އަދަދު ހިފެހެއްޓިފައި އޮތުމާއި ސަރުކާރު ހިންގަނީ  ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އެކުލަވާލެވޭ ވަޒީރުންގެ މަޖިލީހުން ކަމަށް ކަނޑައެޅުމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ  5 ފަނޑިޔާރުން ކަމަށް ކަނޑައެޅުން ހިމެނެއެވެ.

އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ. ތިންދުވަހުގެ މުއްދަތަކަށް ކުރިއަށްދާ ކޮންގްރެސްގައި އެމްޑީޕީގެ ދާއިރާތަކުގެ ރައީސުން ނާއި ނައިބު ރައީސުންނާއި ގޮފިތަކުގެ ރައީސުންނާއި ޕްރޮވިންސް ރައީސުން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: