ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިޒާމު ބަދަލު ކުރުމަށް ނަގާ ވޯޓަށް ކުރަން ޖެހޭ ހަރަދު ތަރައްގީއަށް ހޭދަ ކުރުން މާ ރަނގަޅު: ރާއީ

މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް މިލިއަނުން ދިވެހި ދައުލަތުން ހަރަދުކޮށްގެން ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަކީ ކުރެވޭ ބޭކާރު ހަރަދެއްގެ ގޮތުގައި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

ރާއީ ބަރުލަމާނީ ނިޒާމަކީ ބޭކާރު  ހަރަދެއް ކަމަށް ސިފަކުރައްވާފައިވަނީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވައި ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ބަދަލު ކުރުމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވަނިކޮށް ކަން ފާހަގަ ކޮށްލެވެއެވެ.

 

ރާއީ އިތުރަށް ވިދާޅުވެފައިވަނީ ބަރުލަމާނީ ނިޒާމު ގެނައުމަށް ބޭނުންވާ ފައިސާ ރައީސް އިބްރާޙިމް މުހައްމަދު ސާލިހުގެ ސަރުކާރުން ދިވެހި ގައުމާއި ރައްޔިތުނަނަށްޓަކައި ހިންގަމުން ގެންދާ މަޝްރޫއަށް ހަރަދު ކުރުމަކީ މިވަގުތަށް ގައުމަށް އެންމެ ފައިދާ ހުރިގޮތް ކަމުގައެވެ.

ރައީސް ނަޝީދު މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ  ހަޔާތުގައި އެމަނިކުފާނު ކަންކަމާއި ކުރިމަތިލައްވަނީ ކާމިޔާބު ކުރައްވަން ކަމަށާއި އެހެންކަމުން ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އެމަނިކުފާނު ގާނޫނު އަސާސީ އަށް ހުށައެޅުމަށް ބޭނުންވާ އިސްލާހުތައް އެމްޑީޕީގެ ކޮންގްރެސްގައި ފާސްވެ އަދި އެކަމަށް ދިވެހި ރައްޔިތުންގެ ތާއީދުވެސް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ބަރުލަމާނީ ގަރާރު އެމްޑީޕީ ކޮންގްރެސްގައި ފާސްވުމާއެކު ރައްޔިތުންގެ މެދުގައި ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގޭނެ ކަމަށް ގަބޫލުކުރައްވާ ކަމުގައި ރައީސް ނަޝީދުވަނީ ވިދާޅުވެފައެވެ.

ރާއީ އަކީ ރައީސް ސާލިހަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. މީގެ ކުރިންވެސް ރާއީ ވަނީ ރައީސް ސާލިހުގެ ތަރައްގީ އަށް ނިސްބަތްކޮށް ތައުރީފްކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ރައީސް ސާލިހުގެ ސަރުކާރުން ހިންގަވާ ގިނަ މަޝްރޫއުތަކާއި ރައީސް ސާލިހުގެ ސިޔާސަތުތަކަށް ރާއީ ވަނީ ޝުކުރުއަދާކޮށް މަރުހަބާ ކިޔާފައެވެ.

ބަރުލަމާނީ ނިޒާމް ރާއްޖެއަށް ގެނައުމަށް ރައީސް ނަޝީދު ގެންދަވަނީ ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އޭގެތެރޭގައި އެމްޑީޕީގެ ޗެއަރޕާސަން  އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ސަނާކިޔުން ހިމެނެއެވެ. މީގެ ކުރިން ފައްޔާޒް އަށް ބަހުގެ ހަމަލާދީ އެމްޑީޕީ ތެރޭގައި ބްރޯ ހެދިގެން ނޫޅެވޭނެ ކަމުގައި ހަރުއަޑުން ބުނި ރައީސް ނަޝީދު މިވަގުތު ހުންނެވީ ފައްޔާޒް އާއެކުގައި މަސައްކަތް ކުރަން ތައްޔާރުވެ ފައްޔާޒް ޕާޓީއަށް ކުރާ މަސައްކަތްތަކާއި މެދު ހިތްހަމަޖެހިވަޑައިގެންނެވެ.

ރައީސް ނަޝީދުވަނީ ފައްޔާޒްގެ ކިބައިން މާފަށް އެދިވަޑައިގެން ފައްޔާޒްގެ އަރިހަށް މައާފްއަށް އެދުމަށް މއ ބޯގަންވިލާގެއަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ރައީސް ނަޝީދުވަނީ ގ ކެނެރީގެއާއި ބޯގަންވިލާގޭގެ ހުރި ގާތްކަން އެނގިނުލައްވާނެ ކަމަށް ވިދާޅުވެ ފައްޔާޒަށް ތައުރީފްކުރައްވާފައެވެ.

 

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: