ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝިއާއުގެ ހަށިގަނޑުގެ ފޮޓޯތައް ސޯޝަލް މީޑިއާއަށް ލީކުކޮށްލީ ފުލުހުންނެއް ނޫން: ފުލުހުން

ހ. ޝީރީންވިލާ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަނީ/ ފޮޓޯ: ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަނިޔާވެރި ގޮތަކަށް މަރާލި ޒުވާނާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ލީކުކޮށްލީ ފުލުހުންގެ މުވައްސަސާގެ ތެރެއިން ނޫންކަމަށް އެ އިދާރައިން ބުނެފި އެވެ.

ޝިއާއު މުހައްމަދު 22، މަރާލާފައި އޮއްވައި ފެނުނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގައި ހ. ޝީރީންވިލާގެ 09 ވަނަ ފަންގިފިލާގެ އެޕާޓްމަންޓަކުންނެވެ. އަދި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާއިރު، ޝިއާއުގެ ޕޯސްޓުމޯޓަމް ހެދުމަށް ފަހު ހަށިގަނޑު ރާއްޖެ ގެނެސް ޖަނާޒާ ބާއްވައި ވަޅުލީ މީގެ ދެ ދުވަސް ކުރިންނެވެ.

އިއްޔެއިން ފެށިގެން ޝިއާއުއަށް ދިން ހަމަލާތައް ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. ތިން ފޮޓޯއެއް އޭގެ ތެރޭގައި ހިމެނޭއިރު އޭގެއިން އެއް ފޮޓޯއަކީ އެއީ މައްސަލައިގައި ހައްޔަރު ކުރި ޝާހިލް ނަގާފައި ވާ ފޮޓޯއެއްކަމަށް ބެލެވެ އެވެ. އެއީ އެ ފޮޓޯއިން ޝިއާއު ބެލްކަނި ކައިރީ ހުއްޓިގެން ހުންނާތީ އެވެ. އަދި ދެން ހުރި ފޮޓޯގައި ފެންނަނީ ޝިއާއުކަމަށް ބުނާ މީހާ ބިންމަތީ އޮއްވަ އެވެ.

މި ފޮޓޯތަކަކީ ފުލުހުންގެ ތަހުގީގުގެ ތެރެއިން ލީކުވި ފޮޓޯތަކެއްކަމަށް މީޑިއާތަކުން ރިޕޯޓުކޮށް، އެކަމަށް ސުވާލު އުފައްދަމުން ދާތީ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންގެ ތެރެއިން މިހާތަނަށް އެއްވެސް ފޮޓޯއެއް ލީކު ނުވާކަމަށެވެ.

“ޝިއާއުގެ ހަށިގަނޑުގެ ފޮޓޯތަކެއް މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދައުރުވަމުންދާތީ ދަންނަވަމެވެ. އެ ފޮޓޯތަކަކީ ފުލުހުންގެ ތެރެއިން ލީކުވެފައިވާ ފޮޓޯތަކެއް ކަމަށް ބައެއް މީޑިއާތަކުން ބުނި ނަމަވެސް، އެފަދަ އެއްވެސް ފޮޓޯއެއް ފުލުހުންގެ ތެރެއިން ލީކުވެފައިވާކަމަށް ނުބެލެވެއެވެ. އަދި އެ ފޮޓޯ ތަކަކީ ފުލުހުންގެ ތަހުގީގަށް ނަގައި، ތަހުގީގުގައި ބޭނުންކުރަމުން ގެންދާ ފޮޓޯތަކެއް ނޫނެވެ. ނަމަވެސް، ކުށުގެ ވެއްޓަށް ވަދެފައިވާ އެއްވެސް ފަރާތަކުން އެފަދަ ފޮޓޯއެއް ނަގައި، ލީކު ކޮށްފައިވޭތޯ މި ޚިދުމަތުން އިތުރަށް މި ގެންދަނީ ބަލަމުންނެވެ. އެ ފޮޓޯ ތަކަކީ އަނިޔާވެރިކަން ފެންނަ، ގިނަ ބަޔަކަށް އެކަމުން އަސަރު ކުރުވާނެފަދަ ފޮޓޯތަކަކަށް ވުމާއެކު، އެކަކު އަނެކަކަށް އެ ފޮޓޯތައް ފޮނުވައި އެކި ވަސީލަތްތައް މެދުވެރިކޮށް ދައުރު ނުކުރުމަށް މި ފުރުސަތުގައި ދަންނަވަމެވެ.” ފުލުހުން

ފުލުހުން ބުނީ މިއީ ފުލުހުންގެ ތަހުގީގަށް ނަގާފައިވާ ފޮޓޯއެއް ނޫން ކަމަށެވެ. އެހެންވެ ކުށުގެ ވެއްޓަށް ވަދެފައިވާ އެއްވެސް މީހެއް އެފަފަ ފޮޓޯއެއް ނަގައި، ލީކުކޮށްލާފައި ވޭތޯ ބަލަމުން ގެންދާކަމަށް އޮފިޝަލް މައުލޫމާތު ދިނެވެ.

ފޮޓޯތަކަކީ އަނިޔާވެރިކަން ފެންނަ ފޮޓޯތަކެއް ވުމާއި އެކު ފުލުހުން ވަނީ މި ފޮޓޯތައް ދައުރު ނުކުރުމަށް އެދިފަ އެވެ. ޝިއާއަށް ދީފައިވާ އަނިޔާތަކުގެ ތަފްސީލާއި، ޕޯސްޓްމޯޓަމް ރިޕޯޓުގެ ނަތީޖާ އަދި ބޮޑީ މޫވްމެންޓުތަކުގެ ތަފްސީލު ފުލުހުން މީޑިއާތަކާއި ވެސް ހިއްސާއެއް ނުކުރެ އެވެ.

މި ފޮޓޯތައް ލީކުވީ ފުލުހުންގެ ތެރެއިން ނޫންކަމަށް ފުލުހުން ބުނި ނަމަވެސް، މިފަދަ ބޮޑެތި މައްސަލަތަކުގެ އެތެރޭގެ މައުލޫމާތުތައް ފުލުހުންގެ ތެރެއިން ލީކުވެ އެވެ. އަދި ހިފަހައްޓަން ޖެހޭ އެތައް މައުލޫމާތަކާއި ފޮޓޯތައް ވެސް ލީކުވެފައިވާކަން ފާހަގަ ކުރެވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 75%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: