ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޅި މާލެއިން ކަރަންޓު ކެނޑިއްޖެ

ސްޓެލްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން މުޅި މާލެއިން ކަރަންޓު ކެނޑިއްޖެ އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދިމާވި ޓެކްނިކަލް މައްސަލަތަކެއްގެ ސަބަބުން މުޅި މާލެއިން ކަރަންޓު ކެނޑިފައިވާ ކަމަށެވެ. އަދި މައްސަލަ ހައްލުކޮށް ވީހާވެސް އަވަހަށް ކަރަންޓުގެ ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުންދާކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މުޅި މާލެއާއި އެކު ހުޅުމާލޭގެ ބައެއް ހިސާބުތަކުން ވެސް ވަނީ ކަރަންޓު ކެނޑިފަ އެވެ.

މާލެއިން ކަރަންޓުގެ ހިދުމަތް މެދު ކެނޑިފައި ވަނީ، ގްރޭޓާމާލެ އިންޓަރކަނެކްޝަން ގްރިޑަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެންނެވެ. އަދި ގްރިޑްގެ ހިދުމަތް މެދުކެނޑިފައިވާއިރު، ގްރިޑް ރީކަނެކްޓް ކުރުމުގެ މަސައްކަތް ސްޓެލްކޯއިން ދަނީ ކުރަމުންނެވެ.

މީގެ ދުވަސްތަކެއް ކުރިން ވެސް ފީޑަރުތަކަށް މައްސަލައެއް ދިމާވެ މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑުނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: