ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދުގެ ގަރާރު ފާސްކޮށް، ނިޒާމާއި މެދު ރައްޔިތުން ދެކޭގޮތް އެނގުން މުހިންމު: ހަސަން ލަތީފް

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން ހަސަން ލަތީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ މަސްލަހަތު ހިމެނޭ ކަންކަމުގައި، ރައްޔިތުންގެ ބަސް ހޯދުމަށް އެމްޑީޕީން ފަސްޖެހޭކަމަށް ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމަކުން، ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމާއި މެދު އެމްޑީޕީގެ ކޮންގްރެސްގައި ގޮތެއް ނިންމުމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ހުށަހެޅުމުން އެކަމަށް ޕާޓީގެ ލީޑާޝިޕާއި އިސް ބައެއް މީހުން ދަނީ ދެކޮޅު ހަދަމުންނެވެ. މިއީ މި ބަހުސް ކުރިޔަށް ގެންދިއުމަށް އެންމެ ރަނގަޅު ވަގުތެއް ނޫންކަން ފާހަގަކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ރައީސް ނަޝީދުގެ އިސްލާހު އަނބުރާ ގެންދިއުމަށް ވިދާޅުވެފަ އެވެ. އެހެންވެ، ރައީސް ނަޝީދާއި އަރިސް މެމްބަރުން ގެންދަވަނީ އެކަމަށް ފާޑުވިދާޅުވަމުންނެވެ.

ރައީސް ނަޝީދުގެ ގަރާރަށް ފުރުސަތު ދޭން ޖެހޭކަން ފާހަގަކޮށް ހަސަން ލަތީފް ވިދާޅުވީ، ނިޒާމާއި މެދު ގޮތެއް ނިންމުން މުހިންމު ކަމަށެވެ. ހަސަަން ލަތީފް ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސްގައި ރައީސް ނަޝީދުގެ ގަރާރު ފާސްވުމަކީ ވެރިކަމުގެ ނިޒާމާއި ގުޅޭ ގޮތުން ރައްޔިތުންގެ ބަހެއް ހޯދުމަށް އެމްޑީޕީއަށް ލިބޭ ފުރުސަތެއްކަމަށެވެ. އަދި ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެ ފަރާތްތަކުގެ ބަހެއް ހޯދުމަކީ، މުހިންމު ކަމެއްކަމަށް އޭނާ ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވީ ކޮންގްރެސްއަށް ރައީސް ނަޝީދު ހުށައެޅުއްވި ގަރާރަކީ، ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާއި ބެހޭ ގޮތުން، ރައްޔިތުންގެ ބަސް ހޯދުމަށް ހުށައަޅާފައިވާ ގަރާރެއްކަމަށެވެ. އަދި މީގެ ކުރިން ނޫސްވެރިން އެކަމާއި ގުޅިގެން ރައީސް ސާލިހާއި ސުވާލު ކުރި ފުރުސަތުތަކުގައި، އެކަމަކީ ރައްޔިތުން ނިންމަން ޖެހޭ ނިންމުމެއްކަމަށް ރައީސް ސާލިހު ވިދާޅުވެފައިވާކަމަށް އެނާ ފާހަގަކުރެއްވިއެވެ.

ބަރުލަމާނީ ނިޒާމެއް ގެނައުމަށް ރައީސް ނަޝީދު މަސައްކަތްތަކެއް ފެއްޓެވުމާއި އެކު، އެމްޑީޕީގެ ތެރޭގައި އެ ކަމާއި ގުޅިގެން ހިޔާލު ތަފާތުވުންތަކެއް ހުރިކަން ވަނީ ހާމަވެފައިއެވެ. އެގޮތުން ރައީސް ނަޝީދަށް ތާއީދު ކުރާ ފަރާތްތައް، ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް ވާހަކަ ދައްކަވަމުންދާއިރު، ރައީސް ސާލިހަށް ތާއީދު ކުރާ މެމްބަރުން ގެންދަވަނީ، އެ ނިޒާމާއި ދެކޮޅަށް ވާހަކަދައްކަވާ، ރިޔާސީ ނިޒާމެއް ދެމެހެއްޓުން ރަނގަޅުކަމަށް ފާހަގަކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: