ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ބަދަލުގައި ޝާހިދު މުޅި ދުނިޔެއަށް ހިދުމަތްކުރި އިރުވެސް ވީ މޮޅެއް ނެތް: ޝިޔާމް

ނައިފަރު ދާއިޜާގެ މެންބަރު އަހުމަދު ޝިޔާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ފޮރީން މިނިސްޓަރު އަބްދުﷲ ޝާހިދު ދިވެހިރާއްޖެއަށް ހިދުމަތްކުރުމުގެ ބަދަލުގައި މުޅި ދުނިޔެއަށް ހިދުމަތްކުރި އިރުވެސް ވީ އެއްވެސް މޮޅެއް ނެތްކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މަސައްކަތްތަށް މިއަދު ރަސްމީކޮށް ފެށިއިރު މިއަދުގެ ޖަލްސާގައި ބަހުސް ކުރެވިގެން ދިޔައީ ދިވެހިރާއްޖޭގެ ފޮރިން ސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށެވެ.

ބޭރު ގައުމުތަކަށް ސަފީރަކު އައްޔަނު ކުރުމާއި ބެހޭ ގޮތުން، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝިޔާމް ވަނީ މި ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކުރައްވާފައެވެ. ޝިޔާމް ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ހާލަތު ދައްވެފައިވާ މި ދަނޑިވަޅުގައި ކޮންމެހެން ސަފީރުން ހުންނަންނުޖެހޭ ގައުމުތަކުގައިވެސް ސަފީރުން އެބަތިބިކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ބައެއް ވަޒީރުންގެ ދަރިންނާއި މަޖިލީސް މެންބަރުންގެ އާއިލާ ބޭފުޅުންކަމަށެވެ. އިގްތިސާދު ދައްވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ހިންގުން ހުއްޓިފައިވާ މި ދަނޑިވަޅުގައިވެސް މިފަދަ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް މުސާރަ ދެއްވުމަށްޓަކައި ދިވެހި ރައްޔިތުންގެ ފައިސާއިްނ ހަރަދު ކުޜާކަމަށް ޝިޔާމް ވިދާޅުވިއެވެ.

“ކޮންމެސް މިނިސްޓަރެއްގެ ދަރިއެއް، އޭނަގެ ފަހަރި، އޭނަގެ ޅިޔަނު، އައިލާ އެންމެން ސަފާރާ ސަފާރާތަކަށްލާ ފުރާލާފައި އެހުންނަނީ، ދެން މިހައްދަވާ ގޮތަކީ ގައުމު ހިންގަން ފައިސާ ޗާޕުކުރަނީ، ފައިސާ ޗާޕު ކުރީމަ މިވާގޮތަކީ ގާދިއްފުށީ ޞާން ސްޓޮރގަ ކުރީގައި ޖަހާފައި ހުންނަ ތެޔޮފުޅި 35 ރުފިޔާއަށް ދޭ ތެޔޮފުޅި މިއަދު އެހުންނަނީ 105 ރުފިޔާއަށ، ހަރުގަ އެއްޗިސް ހުރެގެން އެކްސްޕެއާވެގެން އެދަނީ، ރައްޔިތުން އަތުގަ ފައިސާއެއް ނުހުރޭ” ޝިޔާމް 

ޝިޔާމް ވިދާޅުވީ ސަރުކާރަށް އާމްދަނީ އިތުރުކުރެވޭނެ އެއްވެސް ގޮތެއް ނެތްކަމަށާއި އަދި ދައުލަތަށް ވަންނަ ފައިސާ ހަރަދުކުރަނީ ސަރުކާރާއި ގުޅުން ހުރި އާއިލާތަކަށްކަމަށެވެ.

“ޗާޕުކުރާ ފައިސާވެސް މި އާއިލާތަކަށް، އާމްދަނީ ގޮތުގައި ލިބޭ ފައިސާވެސް މި އާއިލާތަކަށް. ނަން ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބޮޑު މުސާރަ ނަގާކަމަށް. އަޅުގަނޑުމެންނަށް މި އިގެނީ، މީގެ ސަފާރާއެއްގަ އާދާއިގެ މުވައްޒަފަކަށްވެސް، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މުސާރައަށްވުރެ މުސާރަ ބޮޑު” ޝިޔާމް 

ސިވިލް ސާވިސްއަށް ކުރާ ހަރަދާއި އެއްވަރެއްގެ ހަރަދެއް ފޮރީން ސާވިސްއަށް ވެސް ކުރާކަމަށް ފާހަގަކުރައްވާ ޝިޔާމް ފާޑު ވިދާޅުވީ އަބްދުﷲ ޝަހިދަށެވެ. ޝާހިދު ގެންދަވަނީ އދ ގެ އާއްމު މަޖިލީހުގެ ރައީސްކަންވެސް ކުރައްވަމުންނެވެ.

ޝިޔާމް ވިދާޅުވީ ދިވެހިރާއްޖެއަށް ހިދުމަތްކުރުމުގެ ބަދަލުގައި އަބްދުﷲ ޝަހިދު މުޅި ދުނިޔެއަށް ހިދުމަތްކުރެއްވި ނަމަވެސް ރާއްޖެއަށް ލިބުނު މޮޅެއް ނެތްކަމަށެވެ. ދިވެހި ދައުލަތުން އެތައް ފައިސާއެއް އޭނާ ހަަރަދުކުރާކަމަށާއި، ޝާހިދު ހުންނެވި މަގާމަށްޓަކައި އެތައް ހޭދައެއްކުރައްވާކަމަށެވެ.

“އޭނަގެ ޝާނާއި ޝައުކަތު ދެމެހެއްޓުމަށްޓަކައި ދިވެހިންގެ އެތައް ފައިސާއެއްް އެބަ ހޭދަކުރޭ” ޝިޔާމް 

ޝިޔާމް ވިދާޅުވީ ހާރިޖީ ސިޔާސަތު ރަނގަޅުވީތަނެއްވެސް ނުފެންނަކަމަށާއި، އެކަމުން ދިވެހި ރައްޔިތުންނަށްވީ ފައިދާއެއްވެސް ނުފެންނަކަމަށެވެ. ޝިޔާމް ގޮވާލީ ފޮރިން ސާވިސްގެ ސައިޒް ކުޑަކުރުމަށެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: