ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނާތަހުޒީބު ބޯހިޔާވަހިކަމުގެ ސިޔާސަތެއް ތަންފީޒު ކުރަން އުޅުން ލަދުވެތި: އަލީ ހުސައިން

ކެންދޫ ދާއިރާގެ މަޖިލީސް މެންބަރު އަލީ ހުސައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން އިއުލާނުކޮށްފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުއާއި މެދު އަލުން ވިސްނުމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން މާލެއިން ގޯތިދިނުމަށް ނިންމާފައި ވަނީ މާލޭގެ ރަށްވެހިންނަށް ކަމަށާއި، ރާއްޖޭގެ އެހެން ރަށަކަށް ރަޖިސްޓްރީވުމަށްފަހު މާލެ ހިޖުރަކޮށް، ދަފްތަރުގައި ޖެހިފައިވާ ފަރާތަކަށް އެ މަޝްރޫޢުގެ ދަށުން ގޯތި ދިނުމެއް ނެތްކަމަށް، ހައުސިންގް މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވުމާއި ގުޅިގެން، އަލީ ހުސައިންވަނީ، އެ މަޝްރޫއުއާއިމެދު، ސަރުކާރުން އަލުން ފުންކޮށް ވިސްނާލުމަށް ގޮވާލާފައެވެ.

އަލީ ހުސައިން ވިދާޅުވީ، ރައީސް ސާލިހުގެ ގޯތި ގެދޮރު ދިނުމުގެ ސިޔާސަތަށް ދިވެހިރާއްޖޭގެ ގާނޫނު އަސާސީ ތަން ނުދޭކަމަށެވެ. އަދި ގާނޫނު އަސާސީއާއި ހިލާފަށް ނާތަހުޒީބު ސިޔާސަތެއް ތަންފީޒު ކުރުމަށް އުޅުމަކީ އިންތިހާއަށް ލަދުވެތިކަމެއް ކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވެފައިވާގޮތުން، ރައީސް ސާލިހުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢު އިއުލާނު ކުރެވިފައިވާގޮތަށް އިތުރު ބަދަލެއް ގެނެވިފައިނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: