ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުން މިހާތަނަށް އެއްހާސްއަށް ވުރެ ގިނަ ކްލާސްރޫމް ތަރައްގީކޮށްފި: ޑރ. އައިޝަތު އަލީ

އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން މިހާތަނަށް 1280 ކްލާސްރޫމް ތަރައްގީކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ކޮންގްރެސްގައި ވަޒީރުންގެ ރިޕޯޓް ހުށައަޅުއްވައި ދެއްވަމުން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ މި ސަރުކާރުން ތައުލީމީ ދާއިރާއަށް ވަރަށް ބޮޑު ކުރިއެރުމެއް ގެނެސްދީފައިވާ ކަމަށެވެ.

އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ 5 އަހަރުގެ ދައުރުގައި މުޅި ރާއްޖޭގައި ތަރައްގީ ކޮށްފައިވަނީ 135 ކްލާސްރޫމާއި 15 މަލްޓިޕާޕޯސް ހޯލް ކަމަށް ޑރ އައިސަތު އަލީ ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރުގެ ފުރަތަމަ ހަތަރު އަހަރުގެތެރޭގައި އެ އަދަދު އެތައް ގުނައަކުން އިތުރުކޮށްފައިވާ ކަަމަށް ޑރ އައިޝަތު އަލީ ވިދާޅުވިއެވެ.

“ރައީސް ސާލިހުގެ 4 އަހަރު ތެރޭޣައި 1280 ކްލާސް ރޫމާއި 81 މަލްޓިޕާޕަސް ހޯލް ތަރައްގީކޮށް ނިންމައިފިން” އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ

މި ސަރުކާރުން މިހާރުވެސް ތައުލީމީ ދާއިރާއާއި ގުޅުންހުރި 338 މަޝްރޫއު ކުރިއަށް ގެންދާ ކަމަށް އައިޝަތު އަލީ ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ޕީއެސްއައިޕީގެ ބަޖެޓުން ތައުލީމީ ދާއިރާއާ ގުޅުން ހުރި މަޝްރޫއުތަކަށް ހަރަދުކޮށްފައިވަނީ 941.6 މިލިއަށް ރުފިޔާ ކަމާއި ނަމަވެސް މި ސަރުކާރުން މިވީ ހަތަރު އަހަރުގެ ތެރޭގައި 1316.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ޑރ އައިޝަތު އަލީ ވިދާޅުވިއެވެ.

މި ސަރުކާރުގެ އެއްދަންފަޅިއަށް ސްކޫލްތަކުގައި ކިޔަވައިދިނުމުގެ ވައުދުފުއްދުމަށް 155 ރަށެއްގައި އެ ނިޒާމް ހިނގަންފަށާފައިވާ ކަމާއި އެކަމާއި ގުޅިގެން 216 މަޝްރޫއެއް ބަޖެޓްކުރެވިފައިވާއިރު 44 މަޝްރޫއެއް މިހާރު ނިމިފައިވާ ކަމަށް ޑރ އައިޝަތު އަލީ ވިދާޅުވި އެވެ.

މީގެ އިތުރުން ސަރުކާރުން ތައާރަފްކޮށްފައިވާ މެޓާނިޓީ ލީވް 2847 މުވައްޒަފުންނަށް ދީ 1142 މުވައްޒަފަކަށް ޕެޓާރނިޓީ ލީވް ދީފައިވާ ކަމާއި ޓީޗަރުންގެ މުސާރަ ބޮޑުކޮށް މިނިމަމް ވޭޖް މިހާރު ތައާރަފް ކުރެވިފައިވާ ކަމަށް ޑރ އައިޝަތު އަލީ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: