ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓާފް ދަނޑުތައް އެޅުމުގެ މަޝްރޫއުތައް ވަރަށް ގިނަ، އެކަމަކު ގާބިލު ކުންފުންޏެއް ނެތް: މަހުލޫފް

ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފް.
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫތް މިނިސްޓްރީން ޒުވާނުން ބޭނުންވާ ގޮތަށް ގިނަ ޓާފް ދަނޑުތައް އެޅުމުގެ މަޝްރޫއުތައް ރާވާފައި ހުރި ނަމަވެސް ބޭނުންވާ ފެންވަރުގައި އެ މަސައްކަތް ކުރިޔަށް ގެންދާނެ ގާބިލު ކުންފުންޏެއް ނެތްކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާ އެމްޑީޕީގެ ކޮންގްރެސްގައި ވަޒީރުންގެ މަސައްކަތްތަކާއި ބެހޭ ޕްރެޒެންޓޭޝަނަށް ފަހު ސުވާލުތަކަށް ހުޅުވާލުމުން މަންދޫބަކު ވަނީ ރަށުގެ ޓާފް ދަނޑު އެޅުމުގެ މަޝްރޫއު ލަސްވާ ސަބަބާއި ގުޅޭގޮތުން ސުވާލުކޮށްފަ އެވެ. ޖަވާބުގައި މަހުލޫފް ވިދާޅުވީ ގިނަ މަޝްރޫއުތައް ނުފެށި ލަސްވާ ސަަބަބަކީ ގާބިލު ރަނގަޅު ކުންފުންޏެއް ނެތުން ކަމަށެވެ.

މަހުލޫފް ވިދާޅުވީ ސަރުކާރުން ޒުވާނުންގެ ހުށަހެޅުންތަކާއި އެއްގޮތަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

މިދިޔަ ސަރުކާރުގައި ރަނގަޅު ފެންވަރެއްގެ އެއްވެސް އައުޓްޑޯރ ވޮލީ ކޯޓެއް އަޅާފައިނެތްކަމަށާއި ނަމަވެސް މި ސަރުކާރުން 10 ރަށެއްގައި އައުޓްޑޯރ ވޮލީ ކޯޓު އެޅުމުގެ މަސައްކަތް ނިންމައިފިންކަމަށް ވިދާޅުވެ މަހުލޫފް ފާހަގަކުރެއްވީ 28 މި މަޝްރޫއު ކުރިއަށްދާކަމަށެވެ. 11 ރަށެއްގައި ބޭޓްމިންޓަން ކޯޓު އަޅައި ނިމިއްޖެކަމަށް ފާހަގަކޮށް 16 ރަށެއްގައި މަސައްކަތް ކުރިއަށްދާކަމަށް މަހުލޫފު ވިދާޅުވިއެވެ. ފުޓްސެލް ދަނޑޫގެ މަޝްރޫއު 50 ރަށެއްގައި ނިމިއްޖެ އަދި އިތުރު 14 ރަށެއްްގައި މަޝްރޫއު ކުރިއަށްދާކަމަށް ފާހަގަކުރެއްވިއެެވެ.

ކޯޓުތައް މަރާމާތު ކުރަމުންދާ އަދަދު ދަންނަވަން ނޭގޭކަމަށް މަހުލޫފް ވިދާޅުވިއެވެ.

“ފުޓްސަލް ދަނޑޭ ބުނީމަ އަޅުގަނޑަށް ވަރަށް ބޮޑެތި ފާޑުކިޔުންވެސް އަންނާނެ، ކަލޭގެ މަސައްކަތަކީ ހަމައެކަނި ފުޓްސަލް ދަނޑު އެޅުންހޭ، އަޅުގަނޑުމެން މިއަދު މި މަގާމުގަ ހުރެގެން މިކުރާ ކޮންމެ މަސައްކަތަކީވެސް ރައްޔިތުން އެދޭ ގޮތަށް އެރަށަކުން، އެރަށެއްގެ ރައްޔިތުން، ކައުންސިލުން، މަޖިލީހުގެ މެންބަރުން ގެނައީމައި ކުރާ މަސައްކަތެއް”

ޔޫތް މިނިސްޓްރީން މަސައްކަތްކުރަނީ ރައްޔިތުން އެދޭގޮތަށްކަމަށް މަހުލޫފް ވިދާޅުވިއެވެ.

ޔޫތް މިނިސްޓްރީން ހަމައެކަނި ދަނޑުތައް އެޅުމުގެ މަސައްކަތް ކުރިޔަށް ގެންދާކަމަށް ބުނެ މީގެ ކުރިން ވެސް މިނިސްޓަރުގެ މައްޗަށް ފާޑުކިއުންތައް އަމާޒުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: