ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ވެރިކަމާއި ރައީސް ސާލިހު ހަވާލުވިއިރު ސިއްހީ ނިޒާމް އޮތީ ވަރަށް ނިކަމެތިކޮށް: ނަސީމް

ހެލްތު މިނިސްޓަރ އަހުމަދު ނަސީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވެރިކަމާ ހަވާލްވެވަޑައިގެންނެވިއިރު، ރާއްޖޭގެ ސިއްހީ ނިޒާމް އޮތީ ވަރަށް ނިކަމެތިކޮށް ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކޮންގްރެސްގައި ވާހަކަ ދައްކަވަމުން ނަސީމް ވިދާޅުވީ ރައީސް ސާލިހުގެ ސަރުކާރު ފިޔަވައި ރާއްޖޭގެ ސިއްހީ ނިޒާމަށް މިހާ ބޮޑެތި ބަދަކުތަކެއް ގެނެސްފައިވާ އެހެން ސަރުކާރެއް ދެކިފައިނުވާ ކަމަށެވެ.

އުމްރާނީ ތަރައްގީ އާއި އެއް ހަމައެއްގައި ސިއްހީ ދާއިރާގެ ހިދުމަތްތަކާއި އިންސާނީ ވަސީލަތްތައް ގެނައުމަކީ ސަރުކާރުގެ އެންމެބޮޑު އަމާޒު ކަމަށް ނަސީމް ވިދާޅުވިއެވެ.

” މިހާތަނަށް ސިއްހީ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނައި އެއްވެސް ސަރުކާރެއް އަޅުގަނޑުގެ ހަޔާތުގައި ނުދެކެން.” ނަސީމް

ނަސީމް ވިދާޅުވީ މުޅި ދުނިޔެއްިން ވެސް އެންމެ ރަނގަޅަށް ކޮވިޑް މެނޭޖްކުރި މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށާއި އެއީ ރައީސް ސާލިހުގެ ހިކުމަތުގެ ސަބަބުން ހޯދދިފައިވާ ކާމިޔާބީއެއް ކަމުގައެވެ. އަދި އެކަމަށްޓަކައި ރައީސް ސާލިހަށް ނަސީމް ވަނީ ޝުކުރުއަދާ ކުރައްވާފައެވެ.

ކޮވިޑްގެ އެންމެ ދަތިހާލަތުގައި ކޮވިޑްގެ ކަންކަން ބަލަހައްޓަމުންވެސް ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެހެނިހެން ސިއްހީ ހިދުމަތްތައް ދިޔައީ މެދުކެނޑުމެއްނެތި ފޯރުކޮށްދެމުން ކަމަށްވެސް ނަސީމް ވިދާޅުވިއެވެ.

ސިއްހީ ހިދުމަތްތަކަށް އިންގިލާބީ ބަދަލު ގެނެވިފައިވާއިރު މިހާރަށްވުރެ ބޮޑަށް ދުރާލާ ރައްކާތެރިވުމަށް ފޯކަސް ކުރަންޖެހޭ ކަމަށް ނަސީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: