ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހު، ރައީސް ނަޝީދަށް ތައުރީފު ކުރައްވައިފި: ގަރާރު އަނބުރާ ގެންދިއުން ވަރަށް ރަނގަޅު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ނަޝީދު ހުށައެޅުއްވި ބަރުލަމާނީ ނިޒާމުގެ ގަރާރު ކުރިއަށް ނުގެންދަވަން ނިންމެވި ނިންމުމަކީ، ވަރަށް ރަނގަޅު ނިންމުމެއް ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހަމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ހުށައެޅުއްވި ގަރާރާއި ގުޅިގެން އެމްޑީޕީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައި، ރައީސް ނަޝީދު އެ ގަރާރު އަނބުރާ ގެންދަވަން ނިންމުމާއި ގުޅިގެން، ތައުރީފު ކުރައްވާ ވާހަކަދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ، އެ ގަރާރާއި ގުޅިގެން ފާއިތުވި ދެ ދުވަހު، ކޮންގްރެސް ބައްދަލުވުމުގެ މާހައުލަށް ފަނޑުކަމެއް އޮތީ ވެރިވެފައިކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ، އެންމެހާ މެމްބަރުންނަށްވެސް އެ ހިޔާލު ތަފާތުވުމުގެ ހޫނުކަން އިހުސާސްވެފައިވާނެކަމަށެވެ. އެހެން ނަމަވެސް ކޮންގްރެސް ނިމިގެންދަނީ، އެމްޑީޕީއަކީ ފުރިހަމަ ”މެޗުއަރ“ ޕާޓީއަަކަށް ވެގެން ކަމަށްވެސް ރައީސް ސާލިހު ފާހަަގަކުރެއްވިއެވެ.

ރައީސް ސާލިހު ވިދާޅުވީ، އެންމެންނަކީވެސް ތަފާތު ވިސްނުންތަކާއި ފިކުރު ހުންނާނެ މީހުންކަމަށެވެ. އަދި ސިޔާސީ ވެރިން ގޮތުގައި ހުންނަ އިރު އެކި ކަންކަން ބޭނުންވާނެކަމަށެވެ. އަދި މަސްލަހަތު ހިމެނޭކަންކަން ހުންނާނެކަމަށް ފާހަގަކުރައްވާ އެ މަނިކުފާނު ވިދާޅުވީ، އެކަންކަމުން އެއްކިބާ ވާންޖެހޭނެކަމަށެވެ. އަދި ކުރިއަށް ދާންވާނީ ޕާޓީއާއި އެއްކޮށްކަމަށްވެސް ރައީސް ސާލިހު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: