ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ފަހު ވަގުތު ނަޝީދު ބަރުލަމާނީ ގަރާރު އަނބުރާ ގެންދަން އުޅުއްވާކަމުގެ އަޑުތަކެއް!

އެމްޑީޕީ ކޮންގްރެސްގެ ތެރެއިން ރައީސް ސޯލިހާއި، ރައީސް ނަޝީދު އަދި ފައްޔާޒް / ފޮޓޯ: ޝަރުހާން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމާއި މެދު ގޮތެއް ނިންމައި އެކަމުގެ މަޝްވަރާތައް އެމްޑީޕީގެ ކޮންގްރެސްގައި ކުރުމަށް ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ހުށަހަޅުއްވާފައިވާ ހުށަހެޅުން އަނބުރާ ގެންދަވަން އުޅޭކަމުގެ އަޑުތަކެއް ފެތުރިއްޖެ އެވެ.

ރައީސް ނަޝީދުގެ ފަރާތުން ހުށަހަޅުއްވާފައިވާ ނިޒާމާއި ބެހޭ ގަރާރު އެމަނިކުފާނު އަނބުރާ ގެންދެވުމަށް ނިންމެވީ، އެކަމަށް އެއްބާރުލުން ނުލިބުމާއި ތާއީދެއް ނެތުމުގެ ސަބަބުންކަމަށް މައުލޫމާތު ލިބެ އެވެ. އަދި ކޮންގްރެސްގައި އެކަމަށް ބަހުސްކޮށް، ވޯޓަށް ގޮސްފި ހާލަތެއްގައި ތަނުގެ ބައްދަލުވުން ހޫނުވެ ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހިދާނެކަމަށް ރައީސް ނަޝީދަށް ގަބޫލު ކުރެވިގެން އެ ނިންމެވުން ނިންމެވީ އެވެ.

ހުކުރު ދުވަހުގެ ރޭ ފެށި އެމްޑީޕީގެ ކޮންގްރެސްގެ ފުރަތަމަ ބައްދަލުވުމުގައި ވެސް ރައީސް ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގޮވާލެއްވީ ނިޒާމާއި ބެހޭ ވޯޓެއް ނެގުމަށާއި، ރައްޔިތުންގެ ހިޔާލު ހޯދުމަށެވެ. އަދި އެ ނޫން ގޮތަކަށް އެމްޑީޕީއަށް ކުރިއެރުމެއް ނެތްކަން ފާހަގަ ކުރެއްވި އެވެ.

ތަކުރާރުކޮށް ރައީސް ނަޝީދު ވިދާޅުވަމުން ގެންދެވީ، އެމަނިކުފާނުގެ ހުށަހެޅުމެއް އެއްވެސް ތާއީދެއް ނުލިބިއްޖެ ނަމަ ނުވަތަ ފާސްނުވެއްޖެ ނަމަ ސަރުކާރާއި ދެކޮޅުވާނެ ކަމަށެވެ.

ކޮންގްރެސްގެ ހެނދުނުގެ ސެޝަން ނިންމާލައި، މެންދުރުގެ ކެއުމަށް މެދުކަނޑާލި ވަގުތު ”ސަންގު“ އިން ރައީސް ސޯލިހާއި ކުރި ސުވާލަކަށް އެމަނިކުފާނު ވެސް ވަނީ ގަރާރަށް ހައްލެއް ހޯދުމަށް ވާހަކަ ދެކެވެމުންދާކަމަށް މައުލޫމާތު ދެއްވާފަ އެވެ. އަދި އުންމީދަކީ އެންމެން އެއްބަސްވާ ގޮތަކަށް އެ މަޝްވަރާތައް ނިމިގެން ދިއުންކަން ފާހަގަކުރެއްވި އެވެ.

”މިކަމަށް ހައްލެއް ހޯދުމަށް ދަނީ މަޝްވަރާތަކެއް ކުރެވެމުން… ދެން އޭގައި އަޅުގަނޑުމެން އެދެނީ އެންމެން އެއްބަސް ވެވޭ ގޮތަކަށް މަޝްވަރާތައް ނިމިގެން ދިއުން“ ރައީސް ސޯލިހު

ހަވީރު ސަޔަށް މިވަގުތު ސެޝަން މެދުކަނޑާލާފައިވާއިރު ދެން އޮތީ ރައީސް ނަޝީދުގެ ގަރާރަށް ބަހުސް ކުރުމެވެ. ގަރާރާއި މެދު ރައީސް ނަޝީދާއި ރައީސް ސޯލިހުގެ ދެމެދު އެއްބަސްވެވުނީ ސީދާ ކޮންމަކަކަށް ސާފު ނުވީ ނަމަވެސް ދެ ރައީސުންނާއި ވެސް އަރިސް މެމްބަރުން ވަނީ ހައްލެއް ހޯދުމުގެ މަޝްވަރާތައް ކުރިޔަށްދާކަން ކަށަވަރުކޮށްދެއްވާފަ އެވެ.

މިއަދު ވޯޓުލުން ކުރިޔަށް ދިޔަ ވަގުތު ރައީސް ސޯލިހާއި ރައީސް ނަޝީދު އަދި ކޮންގްރެސްގެ ރިޔާސަތުގައި އިންނެވި ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ސްޓޭޖު މަތީގައި މަޝްވަރާތަކެއް ކުރެއްވި އެވެ. ތިން ބޭފުޅުން ވެސް ވާހަކަދެއްކެވުމަށް ފަހު، ސަލާމް ކުރެއްވި ވަގުތު ކޮންގްރެސްގެ ބައިވެރިން ވަނީ އެކަމަށް މަރުހަބާ ކިޔައި، ތަރުހީބުދީފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: