ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލަމްގިރިއާއި އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލަ: ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށްފި

އަލަމްގިރިއާއި އެކު ގުޅުން ހިންގި މައްސަލައިގައި ދައުވާއުފުލި މީހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ބިދޭސީ ފިރިހެނަކާއި އެއްކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

މާލޭގެ ކުއްޔަށް ދޫކޮށްފައި ހުރި އެޕާޓްމެންޓުގައި އަލަމްގިރި އެކި މީހުންނާއި އެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ލީކުވާން ފެށީ މީގެ ދޮޅު މަސް ކުރީންނެވެ. އަދި އެ މައްސަލައިގެ ތަހުގީގު ފަށައި، އަލަމްގިރި ވެސް ހައްޔަރުކޮށްފައިވާއިރު، ފުލުހުން ދަނީ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ މައުލޫމާތުތައް އެ މީހުން މަސައްކަތް ކުރާ އިދާރާތްތަކަށް އަންގަމުންނެވެ. އަދި އެ ވީޑިއޯތައް އެނަލައިޒް ކުރުމަށް ފަހު، ހެކިތައް އެއް ކުރެވޭ މިންވަރަކުން ހައްޔަރުކޮށް ގާނޫނީ ނިޒާމުގެ ތެރެއިން ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލަ އެންމެ ފުރަތަމަ ފުލުހުންގެ ސަމާލުކަމަށް އައި މިދިޔަ މޭއި މަހުގެ ތެރޭގަ އެވެ. އެއްޖިންސުން ގުޅުން ހިންގައި، އެ މީހުންގެ ވީޑިއޯ ނެގުމަށް ފަހު އަލަމްގިރި އެ މީހުންނަށް ބްލެކްމެއިލް ކުރަމުން ދިޔަކަމަށް ފުލުހުން ބުނެ އެވެ. އަދި މިހާތަނަށް މި މައްސަލައިގައި ތަފްސީލީ އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާއެއް ނުކުރެ އެވެ. މައްސަލައިގައި ތުހުމަތު ކުރެވޭ ބައެއް މީހުންގެ މައްސަލަ ފުލުހުން މިހާރު ވަނީ ޕީޖީއަށް ފޮނުވާފަ އެވެ.

ޕީޖީ އޮފީހުން މީޑިއާތަކަށް މިއަދު ބުނީ، ބަނގްލަދޭޝް ރައްޔިތަކާއި އިތުރު ބަޔަކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް، ދައުވާކޮށް ކޯޓަށް ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އެހެން ކަމުން އަދި ދައުވާ ކުރުމާއި މެދު ގޮތެއް ނިންމާފައި ނުވަނީ ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާ އަބްދުﷲ ނަސީރު އިބްރާހީމްގެ މައްޗަށާއި، މައްސަލައިގައި ވަޒީފާއިން ސަސްޕެންޑު ކުރި ބައެއް ސިވިލްސާވިސް މުވައްޒަފުންގެ އެވެ.

ދައުވާ އުފުލި ހަތަރު މީހުންނަކީ، ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި، މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ އިތުރުން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓު (ޑީއީޑީ) ގެ ފުލުހެއް ކަމުގައިވާ އަބްދުއްރަހުމާނު ރަފީއު އާއި އެމްޑީ އަލަމްގިރި އެވެ. 

އަލަމްގިރިއާއި އެކު ގުޅުން ހިންގައިގެން ބައެއް މީހުން ވަޒީފާއިން ވަނީ ސަސްޕެންޑުކޮށްފަ އެވެ. އޭގެ ތެރޭގައި ކަސްޓަމްސްގެ ދެ އޮފިސަރަކާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފެއްގެ އިތުރުން، ފުލުސް އޮފިސަރަކާއި، ހޯމް މިނިސްޓްރީގެ މުވައްޒަފަކާއި އެމްއެންޑީއެފްގެ އޮފިސަރެއް އަދި މުދިމެއް އަދި ޓީޗަރުންތަކެއް ހިމެނެ އެވެ. އަދި ރޭގެ ވަގުތެއްގައި ލީކުވި ވީޑިއޯއިން ފެންނަ އެމްޑީޕީގެ އެކްޓިވިސްޓު އަދި ކީރިތި ގުރުއާނާއި ބެހޭ މަރުކަޒުގެ މުޝީރު ރާފިއު ވަޒީފާއިން ވަކިކޮށްފައިވާކަމަށް ސަރުކާރުން ބުނެ އެވެ. ނަމަވެސް އޭނާއާއި މެދު ފިޔަވަޅު އެޅީ ކޮން އިރަކުކަން ސަރުޅާރުން ނުބުނެ އެވެ. އޭނާގެ ވީޑިއޯ ލީކުވީއިރު ހުރީ ރާއްޖެއިން ބޭރުގައިކަމަށް މައުލޫމާތު ލިބެ އެވެ.

މި މައްސަލައިގައި ގިނަ ބައެއްގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓާފަ އެވެ.

ލިވާތު ކުރުން ފަދަ ހަޑިމުޑުދާރު އަމަލު ހިންގާ މީހުންނަށް އެންމެ ހަރުކަށި އަދަބު ދޭން އާއްމުން ދަނީ ގޮވާލަމުންނެވެ. އެއްޖިންސުން ގުޅުން ހިންގި ބައެއް މީހުންނަށް ބްލެކްމެއިލް ކުރަމުންދާ މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެނގިފައިވާ ގޮތުގައި އޭގެ ތެރޭގައި ސިޔާސީ އެކި މީހުންނާއި، ފުލުހުންނާއި އަދި މަޝްހޫރު ބައެއް މީހުން ހިމެނެ އެވެ. ނަމަވެސް ފުލުހުން ބުނީ މަޖިލީހުގެ މެމްބަރެއް ނުވަތަ ވަޒީރެއްގެ މައްޗަށް އެފަދަ ތުހުމަތެއް ނެތް ކަމަށެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: