ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންގްރެސްގައި ރައީސް ނަޝީދަށް ފުރައްސާރަކޮށް، ޖެއްސުން ކުރީ ފެނަކަ ސައީދުގެ މުވައްޒަފުން! 

ފެނަކަ ކޮޕަރޭޝަންގެ މެނޭޖިން ޑިރެކްޓާ އަހުމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ހުކުރު ދުވަހުން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެމްޑީޕީ ކޮންގްރެސްގައި އެޕާޓީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުކިޔައި، ފުރައްސާރަކޮށް ޖެއްސުން ކުރުމުގެ އަމަލުތައް ކުރުވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައީދު މުހައްމަދު އަންގައިގެން އޭނާގެ މުވައްޒަފުންކަން ކަށަވަރު ކުރެވިއްޖެއެވެ.

“ސަންގަށް” މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދު ކޮންގްރެސްގައި ރައީސް ސޯލިހް ފެކްޝަނަކާއި ދެކޮޅަށް އެއްވެސް އެއްޗެއް ބުނެފިނަމަ އެމަނިކުފާނުގެ “ބޮލަށް އަރައިގަންނަން” ސައީދު އޮތީ ފެނަކައިގެ މުވައްޒަފުންނަށް އަންގާފައެވެ. ސައީދު އޮތީ ފެނަކައިގެ މުވައްޒަފުން ބޭނުންކޮށްގެން ގޮފިތައް ހަދައި އެގޮފިތަކުގެ މަންދޫބުން ކޮންގްރެސް އަށް ގެނެސްފައެވެ.

ކޮންގްރެސްގައި ބައިވެރިވާ ގޮފިތަކުގެ ސައްހަ ކަމާއިމެދު ނަޝީދު ފާޅުކުރެއްވި ހިޔާލަށް ރައްދު ދިނުމުގެ ގޮތުން ކޮންގްރެސްގެ ތެރޭގައި އަޑުގަދަކޮށް އެމަނިކުފާނަށް ފުރައްސާރަ ކުރީ ސީދާ ފެނަކައިގެ އެމްޑީ ސައީދު އަންގައިގެން ކަމަށް އެކަން ކުރި ބައެއް މީހުން “ސަންގަށް” މައުލޫމާތު ދެމުން ބުނެފައި ވެއެވެ.

ނަން ހާމަކުރަން ބޭނުންނުވާ މީހުން ބުނީ ސައީދު ވަނީ “ރައީސް ސޯލިހްގެ ވައިގައި ހުންނަން” އެބަޖެހޭ ކަމަށާއި އެކަން ކުރެވެން އޮތީ ނަޝީދު ސައިޒް ކުރުވައިގެން ކަމަށް އޭނާގެ އަރިސް ބައެއް މީހުން ކައިރީ ވެސް ބުނެފައެވެ.

ފެނަކަ އިން ހިންގާ ކޮރަޕްޝަންގެ އަމަލުތަކާއި ފެނަކަ އިން މުވައްޒަފުން ވަކި ފަރާތްތަކަށް ތާއިދުކުރަން މަޖުބޫރު ކުރުވާ މައްސަލައިގައި މީގެ ކުރިން ވެސް ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ކޮންގްރެސްގައި ބައެއް މީހުން ވޯޓް ދޭގޮތަކުން ފެނަކައިގެ ވަޒީފާ އިން ވަކިކޮށްފާނެ ކަމަށް ނަޝީދު ކޮންގްރެސްގެ ތެރޭގައި ވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
40%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 13%ވަރަށް ދެރަ 27%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. ފެނަކަ ސައީދުގެ ކޮއްކޮ ފައިސަލް ހުރީ އެންމެ އިސްކޮށް، ލަންކާ އެމަބަސީން ބޮޑު ވަޒީފާދީފަ ހުންނަނީ، ސައީދުގެ ރޭވުމަށަ މާލެދިޔައީ ގިނަބަޔަކާ އެކަމާ މަޝްވަރާކޮށްފަ.

  2. ފެނަކަ ސައީދުގެ ކޮރަޕްޝަން ފައިސާތަށް ދޮންނަނީ ލަންކާގަ އޭނަގެ ކޮއްކޮ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: