ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްކޫލްތަކުގައި ރައްކާތެރި، މާޙައުލެއް ގާއިމްކުރުމަކީ ހާއްސަ އިސްކަމެއްދީގެން ކުރާ މަސައްކަތެއް: ޑރ އައިޝަތު އަލީ

އެޑިއުކޭޝަން މިނިސްޓަރު ޑރ އާއިޝަތު އަލީ: / ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސްކޫލްތަކުގައި ރައްކާތެރި މާހައުލެއް ގާއިމުކުރުމަށާއި ކޮންމެ ސްކޫލަކީވެސް ދުޅަހެޔޮ ސިއްހަތަށް ފަހި މާހައުލެއް އޮތް ސްކޫލަކަށް ހެދުމުގެ މަސައްކަތަކީ  ވަރަށްވެސް އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެއް ކަމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ރޭ ހެލްތް ޕްރޮމޯޓިންގ ސްކޫލް ކޮންފަރެންސް އިފްތިތާހުކުރުމަށް ތާޖުއްދީން ސްކޫލްގައި ވާހަކަ ދައްކަވަމުން އައިޝަތު އަލީ ވިދާޅުވީ ދަރިވަރުންގެ އުގެނުމުގެ ފެންވަރު މަތިކޮށް އެކަން ދެމެހެއްޓުމުގައި ދަރިވަރުންގެ ވަށައިގެން އެތައްކަމެއް ފަހިވެފައި ހުންނަންޖެހޭ ކަމަށެވެ.

އެގޮތުން ސްކޫލް ތެރޭގެ މާހައުލަކީ ދުޅަހެޔޮ ސިއްހަތަށް މަގުފަހިވާނެހެން ބައްޓަން ކުރެވިފައިވާ މާހައުލަކަށް ވާންޖެހޭ ކަމަށާއި ދަރިވަރު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޭނުންވާ މައުލޫމާތާއި ހުނަރަކީ ސްކޫލުން ދަސްކޮށްދޭ މުހިއްމު އެއްބައި ކަމަށް ވުން މުހިއްމު ކަމަށް އައިޝަތު އަލީ ވިދާޅުވިއެވެ.

ދަރިވަރަކު ބަލިވެގެން ސްކޫލަށް ނާދެވޭ ކޮންމެ ދުވަހަކީ ދަރިވަރަށް ޓީޗަރާއިއެކުގައި ހޭދަކުރާ ވަގުތުގެ ތެރެއިން މަދުވެގެން 5 ގަޑިއިރު ގެއްލިގެންދާ ކަމެއް ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން އެދުވަހު 5 ގަޑިއިރު ތެރޭގައި ކްލާހުގައި ހުށައަޅައިދިން އާ މަހްފޫމްތަކާއި ފަރިތަކުރުންތައް ދަރިވަރަށް ގެއްލުމުގެ ފުރުސަތު ބޮޑުވާކަން އައިޝަތު އަލީ ފާހަގަ ކުރެއްވިއެވެ. އެގޮތަށް ގެއްލޭ ކޮންމެ ދުވަހެއްގެ ސަބަބުން ދަރިވަރުގެ އުގެނުމުގައި އިތުރު ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް އައިޝަތު އަލީ ވިދާޅުވިއެވެ.

ކޮންމެ ކުއްޖެއްގެ ސިއްހީ، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަކީ އެކުއްޖެއް ފުރިހަމައަށް ހެދިބޮޑުވެ ހަޔާތް އުފާވެރިވުމަށް ކޮންމެހެން ލާޒިމް ކަމެއް  ކަމާއި ސްކޫލްގައި ހޭދަކުރާ އަހަރުތަކަކީ ދަރިވަރުންގެ ތަރުބިއްޔަތަށް ވަރަށް މުހިއްމު އަހަރުތަކެއް ކަމަަށް އައިޝަތު އަލީ ވިދާޅުވިއެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބޭނުންވާ އާދަކާދަ އާއި މައުލޫމާތު ތަކަކީ ދަރިވަރުންގެ ސްކޫލް ދައުރުގައި ދަރިވަރުންނަށް ފޯރުކޮށްދެވޭ މައުލޫމާތަށް ވެއްޖެނަމަ އެކުދިންގެ މުޅިހަޔާތަށް އެކަމުން ފަހި އަސަރެއް ކުރާނެއެވެ.

ކޮވިޑް 19 ގެ އާލަމީ ވަބާގައި ދުނިޔެ އޮތްއިރު އަޅުގަނޑުމެންނަށް ސިއްހަތާއި ތައުލީމާއި  ލާމެހިފައިވާވަރު އިހްސާސްވެގެންދިޔަ ކަމާއި ކޮންމެ ކުއްޖެއްގެ ސިއްހަތު ސަލާމަތުން ބެހެއްޓުމަށް ތައުލީމުގެ ދައުރު ކުރިއަށް ވުރެންވެސް ބޮޑަށް ސާފުވެގެން ދިޔަ ކަމަށް އައިޝަތު އަލީ ވިދާޅުވިއެވެ.

ދުޅަހެޔޮ ސިއްހަތަކަށް ފަހި މާހައުލެއް ގާއިމްވެފައިވާ ސްކޫލްގެ މަހްފޫމަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ ސިއްހީގޮތުން ރިވެތި އާދަތައް އަށަގަނެފައި ތިބި ދަރިވަރުންނަށް ހެދުމަށް ސްކޫލް ހިއްސާވާ ހުރިހާ އެންމެން ސްކޫލްގައި ހިންގާ ހުރިހާ ކަމެއްގައިވެސް ސިއްހަތަށް މަގުފަހިވާނެ ގޮތަށް ކަންކަން ރާވާ ހިންގުމަކީ މުހިއްމު ކަމެއް ކަމަށް އައިޝަތު އަލީ ވިދާޅުވިއެވެ. އެގޮތުން ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން އެކަމަށް ކަނޑައަޅާފައިވާ މިންގަނޑުތައް ދިވެހި ރާއްޖޭގެ ސްކޫލްތަކަށް ފެތޭނެ ހެން ބަދަލުކޮށް މިހާރުވަނީ ސްކޫލްތަކާއި ހިއްސާ ކުރެވިފައި ކަމަށް އައިޝަތު އަލީ ވިދާޅުވިއެވެ.

ރޭ ފެށި ކޮންފަރެންސްގައި 17 ސްކޫލަކުން ހުށައެޅުންތައް ހުށައެޅުމަށް ހަމަޖެހިފައިވާއިރު 79 ސްކޫލެއް އޮންލައިންކޮށް އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވާ ކަމަށް އައިޝަތު އަލީ ވިދާޅުވިއެވެ.

ހެލްތް ޕްރޮމޯޓިން ސްކޫލް އިނިޝިއޭޓިވް  ސްކޫލްތައް ތައާރަފްކުރުމުގައި  ބޭއްވޭ ކޮންފަރެންސްގެ ހުރިހާ ކަމަކަށް އެހީތެރިވެދީފައިވާތީ ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާގެ ނަން ފާހަގަ ކޮށް ޑަބްލިއުއެޗްއޯގެ ރެސިޑަންޓް ރެޕްރެޒެންޓެޓިވް ޑރ  ނާޒްނީން އަންވަރަށް އައިޝަތު އަލީ ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: