ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ފެއިލްވުމުން، ފަސާދަވުމަކީ ވާނެ ގޮތް: އިބްރާހިމް އިސްމާއިލް

އިބްރާހިމް އިސްމާއިލް އިބްރާ ފޮޓޯ: ވީނިއުސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަތްތައް ދިނުމުގައި ފެއިލްވެއްޖެ ހާލަތެއްގައި ގައުމުގެ ހާލަތު ގޯސްވެދިއުމަކީ ވާން އޮތް ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ކުޑަ ކުއްޖަކަށް ފުރައްސާރަކުރި މައްސަލައިގައި، ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރި ދިވެހި ފިރިހެނަކު ހަވަރަށް ދީފައިވާ ދަނޑިވަޅެއްގައި، އިބްރާހިމް ވިދާޅުވީ، ސަރުކާރުން ދިވެހިރައްޔިތުންގެ ރައްކައުތެރިކަން ކަށަވަރުކުރުމަށް ފެއިލްވެ، ގާނޫނު ތަންފީޒުކޮށް، އިންސާފު ގާއިމު ކުރުމަށް ފެއިލްވެއްޖެ ހާލަތެއްގައި ގައުމު ފަސާދަވެދިއުމަކީ ވާން އޮތް ގޮތްކަމަށެވެ.

އިބްރާހިމް ވިދާޅުވީ، ސަރުކާރަކުން، ސިޔާސީ ގޮތުން ބާރުގަދަ މީހުން ރުއްސުމަށް އަމާޒު ހިފައި، އެ މީހުންގެ އެދުންތައް ފުއްދުމަށްޓަކައި، ރަނގަޅަށް މަސައްކަތް ކުރާ މުއައްސަސާތަކުގެ ބާރު ކަނޑުވާލުމުން ގައުމު ފަސާދަވުން ފެށިގެންދާނެކަމަށެވެ. އަދި ސަރުކާރެއްގެ އެންމެ ފުރަތަމަ ޒިންމާއަކީ، ގައުމެއްގެ ހުރިހާ ކަމެއް ބަލަހައްޓައި، ދަމަހައްޓައި، ވެރިކަމެއް ކުރުންކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ގައުމު ފަސާދަވެގެންދަނީ، ސަރުކާރަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމަށް ފެއިިލްވުމުންކަމަށް އިބްރާހިމް ވިދާޅުވިއުރި، ދާދި ފަހުން، ކުޑަ ކުއްޖަކާ ބެހުނު މައްސަލައިގައި ތުހުމަތު ކުރެވޭ ޓީޗަރު ހަވަރަށް ދީފައިވާކަމާއި މެދު ފުލުހުންގެ މުއައްސަސާއިންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އެފަދަ އަމަލުތައް ހިންގާ މީހުންގެ މައްޗަށް ފިޔަވަޅު އަޅާނެކަމަށްވެސް ފުލުހުންގެ މުއައްސަސާއިންވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 17%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ހިޔާޓަވަރުގެ އެންމެ 16 ޓަވަރު އިންނައިރު މާސިންގާ ފުޅާބޮޑުމަގެއްގަ މީހަކު ރޯނާކޮއް އޮރިޔާން ހާލުގަ ޖެއްސިއިރު ފުލުހުންނައް ވަގުތުން އެތަނައް އެންޓަރ ނުވެވުންމީ ވަރައް ބޮޑުފޭލިވުމެއް ފުލުހުންގެ އިދާރާހިންގަންތިބި މީހުންގެ ނާގާބިލުކަން އެސަރަހައްދުގަ ފުލުހުންގެ މަރުކަޒުހުރެ ގެއްލޭ ބައިސްކަލު ސައިކަލުވެސް ނުހޯދޭ ހޯދާކައް ނުވެސްއުޅޭ ވަރައް ނާގާބިލު ވެރިކަމެއް މިހާރު ދެކެމުން މިދަނީ ރަށެއްގަ އަޅާ ފުޓުބޯޅަދަނޑަކީ ބަނދަރަކީ ފެންހޮޅިޔަކީ މީގެ 20 އަހަރު ކުރިން ނިމިފަ ހުންނަންޖެހޭ ހިދުމަތެއް ނަމަވެސް މައުމޫނުގެ ނާގާބިލު ދިގުވެރިކަމަކާހެދިފަހަތައް ވެއްޓުނީ ޔާމިނު ނޫނީނެތް ރައްޔިތުންގެ ޖީބައް އެއްޗެއް ވެއްދި ވެރިޔެއް މާލޭގެ މަގުތަކާ ތަންތަނައް ފުލުހުން ނެރެ 24 ގަޑިއިރު ހިދުމަތްދިން ވަރައް ހަރުކަށި ވެގެންނޫނީ މައިތިރި ނުކުރެވޭނެ މިތަނެއް ޔާމިނު ވެރިކަމައް ގެނޭ ދަރިންނޭ މިތަން މިދަނީ ބޮއސުން ލަމުން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: