ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެސްޓީއޯއިން ހުކުރު ދުވަސްތަކަށް ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދަނީ

އެސްޓީއޯ ޖުމްޢަ ސްޕެޝަލް ޕްރޮމޯޝަންގެ ތެރެއިން: ފޮޓޯ / ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯއިން ޖުމްޢަ ސްޕެޝަލްގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފިއެވެ.

ހުކުރު ދުވަހަށް ހާއްސަކޮށްގެން އެސްޓީއޯއިން އޯގަސްޓު މަހުގެ 12 ވަނަ ދުވަހު ފަށާފައިވާ ޖުމްޢަ ސްޕެޝަލް ޕްރޮމޯޝަންގެ ދަށުން ބައިވެރިންނަށް ހަދިޔާތަކެއް ލިބިގެންދެއެވެ. އެގޮތުން މި ޕްރޮމޯޝަންގެ ބައިވެރިންނަށް ލިބޭނީ ހުކުރު ދުވަހު އާންމުކޮށް ބޭނުން ކުރާ ކައްކާ ތަކެތީގެ ތެރެއިން ކޮންމެވެސް ހަދިޔާއެކެވެ.

ޕްރޮމޯޝަން ފެށި ދުވަހު އެސްޓީއޯއިން، މި ޕްރޮމޯޝަންގެ ބައިވެރިންނަށް ދީފައިވަނީ “ޗޮއިސް” ބްރޭންޑުގެ ބާސްމަތީ ހަނޑޫ ޕެކެޓެކެވެ. އަދި އެ ކުންފުނިން ބުނެފައިވާގޮތުން ކޮންމެ ހަފްތާއަކު ދެވޭ ހަދިޔާތައް ތަފާތުވާނެއެވެ. އެހެން ނަމަވެސް ހަދިޔާތައް ވެގެންދާނީ ހުކުރު ދުވަހު އާންމުކޮށް ގިނަ ބަޔަކު ގަންނަ ތަކެތީގެ ތެރެއިން އެއްޗެއް ކަމަށްވެސް އެސްޓީއޯއިން ބުނެފައިވެއެވެ.

“މިއީ ވަރަށް އާއިލީ ދުވަހެއް. އެ ދުވަހު ޢާއްމުކޮށް ކައްކާ އުޅޭ އެއްޗެއްސާ ގުޅުވާލާ އަޅުގަނޑުމެންގެ ހަދިޔާތައް ހުންނާނީ” އެސްޓީއޯގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ އަބްދުﷲ މުހައްމަދު ވިދާޅުވިއެވެ.

ޒަމާނީ ބަދަލުތަކާއެކު ހައިޕަރ މާކެޓް ސްޓައިލްއަށް ބަދަލުކޮށް ޕީޕަލްސް ޗޮއިސް ހުޅުވާފައިވަނީ މި އަހަރުގެ މާޗު މަހުގެ 15 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: