ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިއްގަރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިމިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

މ ދިއްގަރު ގޮނޑުދޮށް ހިމާޔަށް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އެ ރަސްމިއްޔާތުގައި ރައީސް އިބްރާޙިމް މުހައްމަދު ސާލިހުގެ އިތުރުން ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ދިއްގަރަކީ ކޮންމެ އަހަރެއްގެ އިރުވައި މޫސުން ފެށުމާއެކު ހަޅައިގެ އުނދަގޫ ދިމާވާ ރަށެެއް ކަމަށާއި އިރުވައިގެ ހަޅަޖަހަން ފެށުމާއެކު ރަށުތެރޭގައި ލޮނުގަނޑު ބޮޑުވެ ރައްޔިތުންނަށް ވަރަށް ބޮޑު ތަކުލީފަކަށް އެކަން ވެގެންދާ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައއެވެ. އަދި ހަޅަ ނިމޭއިރު އޮންނަނީ ރަށުގެ ގޮނޑޮދޮށުން ބޮޑުބައެއް ގިރައިގެން ގޮސްފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.

ދިއްގަރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިމިފައިވާއިރު ދިއްގަރަށް ދިމާވެފައިވާ ރާޅުއެޅުމުގެ މައްސަލައަށް ހައްލު ލިބިފައިވާ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

މި މަޝްރޫއުގެ ދަށުން، 566،109 ކިއުބިކް މީޓަރުގެ ވެލި އެޅުމާއި 532 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 60.235 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ އިތުރުން ބީޗް ހެދުމުގެ މަސައްކަތް ވަނީ ނިމިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: