ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކަ އިން ބިލްތަކަށް ފައިސާ ނުދޭތީ ތެޔޮ ފީފާތައް އުފުލާނެ ޕިކަޕެއް ނުލިބުނު! 

ފެނަކަ މުވައްޒަފުން ތެޔޮ ފީފާތައް ގެންދަނީ 
ފެނަކަ މުވައްޒަފުން ތެޔޮ ފީފާތައް ގެންދަނީ 
ޝެއާރކޮށްލާ ކަހަލަދޯ؟

ހދ. މަކުނުދޫ އިންޖީނު ގެއަށް ގެންނަ ތެޔޮ ފީފާތައް އުފުލުމަށް ފަހު ފެނަކަ ކޯޕަރޭޝަނުން އެރަށުގެ ޕިކަޕްތަކަށް ފައިސާ ނުދޭތީ ތެޔޮ ފީފާތައް އުފުލަން އެރަށުގެ ޕިކަޕް ޑްރައިވަރުން ދެކޮޅު ހަދައިފިއެވެ. ފައިސާ ނުދޭތީ ދަތުރު ކޮށްދޭން ޑްރައިވަރުން ދެކޮޅު ހެދުމުން އިއްޔެ ފެނަކަ އިން ތެޔޮ ފީފާތައް ގެންދަން ޖެހުނީ ފުރޮޅަމުންނެވެ.

މަކުނުދޫގެ ޕިކަޕް ޑްރައިވަރަކު “ސަންގަށް” މައުލޫމާތު ދެމުން ބުނީ ރަށުގެ ވިޔަފާރިތަކަށް ފެނަކަ އިން ދައްކަން ޖެހޭ ފައިސާގެ އަދަދު ވަރަށް ގިނަ ކަމަށެވެ.

“އަޅުގަނޑަކީ ޕިކަޕެއް ގެންގުޅޭ މީހެއް. ޕިކަޕް ދަތުރުތަކަށާއި އަިދ ޓޫލެއް ކުއްޔަށް ދީގެން އަޅުގަނޑަށް ލިބެން ޖެހޭ 11300 ރުފިޔާ އެބައޮތް. ފައިސާ ލިބޭތޯ އެތައް ގޮތަކަށް މަސައްކަތް ކުރެވިއްޖެ. އަދި ލިބޭ ގޮތެއް ނުވޭ. މިރަށުގައި ދެން ދުއްވާ ޕިކަޕްގެ އެބަ އުޅޭ 21000 ރުފިޔާ. ލޯންޗެއްގެ ވެރިޔަކަށް ދޭން ޖެހޭ ވެސް ގިނަ އަދަދެއްގެ ފައިސާ ފެނަކަ އިން ނުދީ އެބައޮތް. މިއީ ކުދިކުދި ވިޔަފާރިތަކަށް ވަރަށް ގިނަ އަދަދެއްގެ ފައިސާ. މިފައިސާ ނުލިބޭތީ ބޮޑެތި ދަތިތަކެއް ވަނީ ދިމާވެފައި.” އޭނާ ބުންޏެވެ.

ފެނަކަ އިން ބިލްތަކަށް ފައިސާ ނުދައްކާތީ މުވައްޒަފުން އަޑީތެޔޮ ފީފާތަކެއް ބަނދަރުން ފެށިގެން ފުރޮޅަމުން އިންޖީންގެއާއި ހަމައަށް ގެންދިޔަ ވީޑިއޯ ވަނީ އާއްމު ވެފައެވެ.

ފެނަކަ އިން ވަރަށް ގިނަ ވިޔަފާރިތަކަށް ފައިސާ ނުދޭ މައްސަލަތައް އެކި ފަރާތްތަކުން އަންނަނީ ފެންމަތި ކުރަމުންނެވެ. ނަމަވެސް އެކަމާއި ގުޅޭ ގޮތުން ފެނަކަ އިން އެއްވެސް އެއްޗެއް ނުބުނެއެވެ.

ވަރަށް ގަދަ
28%ވަރަށް ގަދަ 6%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 11%ހައިރާންވެއްޖެ 6%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: