ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލަމްގިރްގެ ބަޔާން ލީކްވި ގޮތެއް ބަލާނަން, 3 ފަރާތެއްގެ އަތުގަ ބަޔާން އޮންނާނެ: ސީޕީ ހަމީދު

ސީޕީ ހަމީދު އަދި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގައި ވީޑިއޯ ނެގި މައްސަލައިގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރް ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާން ލީކުވި މައްސަލަ ތަހުގީގު ކުރާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އޮންލައިން މީޑިއާއަކަށް ކޮމިޝަނަރު ހަމީދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިހަތަނަށް ވެސް މި ބަޔާން އޮތީ ފުލުހުންގެ ތެރޭގައި ކަމަށާއި އެހެން ނަމަވެސް ލީކުވެފައި ނުވާ ކަމަށެވެ. ހޯމަ ދުވަހަށް ކޯޓުގައި މައްސަލަ އެޖެންޑާ ކޮށްފައި ވަނިކޮށް ބަޔާން ލީކްވުމަކީ ކަންބޮޑުވެވަޑަިގަންނަވާކަމެއްކަމަށް ފާހަގަކޮށް ސީޕީ ވެދާޅުވެފައިވަނީ ފުލުހުންގެ އިތުރުން އިތުރު ތިން ފަރާތެއްގެ އަތުގައި ވެސް ބަޔާން އޮންނާނެ ކަމަށެވެ.

“ފުލުހުން މި މައްސަލަ ބަލާނެ. ފުލުހުންގެ ބޭރުންވެސް އިތުރު ތިން ފަރާތެއްގައި މިހާރު މި ބަޔާން އޮންނާނެ. އެހެންވީމަ މިކަން ވެގެން މި އުޅެނީ ކޮން ދިމާއަކުން ކަމެއް ނޭނގެ. މިއޮތް ހުރިހާ ދުވަހުވެސް ބަޔާން އޮތީ ފުލުހުން އަތުގައި”

ސީޕީ އިތުރަށް ވިދާޅުވީ ފުލުހުންގެ އިތުރުން އަލަމްގިރުގެ ބަޔާން މިހާރު އޮންނާނީ ކްރިމިނަލް ކޯޓާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި އަލަމްގިރްގެ ދިފާއީ ވަކީލުގެ އަތުގައި ކަމަށެވެ.

އަލަމްގިރުގެ ބަޔާނުގައި އޭނާ ބުނެފައިވާ ގޮތުގައި އޭނާ ވަނީ 45 އާއި 50 އާއި ދެމެދުގެ އަދަދެއްގެ މީހުންނާއި އެއްޖިންސިން ގުޅުން ހިންގައި، އެކަން ވީޑިއޯ ކޮށްފައެވެ.

ނަމަވެސް ފުލުހުންގެ ބަޔާނުގައި ފާހަގަ ކޮށްފައި ވަނީ އެންމެ ތިން މީހުންގެ ނަމެވެ. އެއީ ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރުގެ އިތުރުން ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހެއް ކަމަށްވާ އަބްދުލްރަހްމާން ރަފީއުގެ ނަމެވެ. އިތުރު އެތައް ބަޔަކު މިމައްސަލައިގައި ހިމެނޭއިރު އެއިން އެއްވެސް މީހެއްގެ ނަން ބަޔާނުގައި ނެތީ ކީއްވެ ކަމެއް ފުލުހުން ނުބުނެއެވެ.

ބަޔާން ލީކްވުމާއިއެކު ފުލުހުން މަސައްކަތް ކުރަނީ ބަޔަކު މިމައްސަލަ އިން ސަލާމަތް ކުރުމަށް ކަމަށް ބުނެވެސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 30%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 20%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: