ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިވިލް ކޯޓުގު ގާޒީ ކަމަށް އަށް މީހަކު ކުރިމަތިލައިފި

ސިވިލް ކޯޓު ހިންގަމުންދާ ޖަސްޓިސް ބިލްޑިންގ: ފޮޓޯ / މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިވިލް ކޯޓުގެ ގާޒީކަމަށް 08 މީހަކު ކުރިމަތިލާފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.

ޖޭއެސްސީން ބުނީ އެ ކޮމިޝަނުން މި މަހުގެ 15 ގައި ކުރި އިއުލާނާއި ގުޅުގެން ސިވިލް ކޯޓުގެ ގާޒީކަމަށް 08 މީހަކު ހުށަހަޅާފައިވާ ކަމަށެވެ.

ސިވިލް ކޯޓުގެ ގާޒީކަމަށް ކުރިމަތިލާފައިވަނީ:-

1. ޢަލީ ނަޞީރު / ގާޑެނިޔާވިލާ، ބ. ކިހާދޫ

2. ޢަބްދުﷲ ޒާހިރު / ދަފްތަރު، ނަންބަރު ރސ 9175، ކ. މާލެ

3. މުޙައްމަދު ވިދާން ޝާކިރު / ހ. ހުދުފިނިފެންމާގެ، ކ.މާލެ

4. އާދަމް ޛާލިފް / އޯކިޑުމާގެ، ގއ. ގެމަނަފުށި

5. ޢަލީ ނަދީމް / ހ.ގް ލޯރިއޯސާ 2، ކ.މާލެ

6. ނަފީލު މުޙައްމަދު / ލަކީހޯމް، ގއ. ދާންދޫ

7. ސިނާން ޢަލީ / ސަންޑަލްވޫޑް، ގދ. ފިޔޯރީ

8. އަޙްމަދު މަޢުޞޫމް / ހަވީރީމަންޒިލް، ލ .މާބައިދޫ

ސިވިލް ކޯޓުގެ މަގާމެއް ހުސްވެފައި ވަނީ، އެ މަގާމުގައި ހުންނެވި ޒުބެއިރު މުހައްމަދު އިސްތިއުފާ ދެއްވުމުންނެވެ.

ސިވިލް ކޯޓުގެ އިސް ގާޒީއަކަށް ހުންނެވި އަބްދުﷲ އަލީ ރިޓަޔާރ ކުރެެއްވުމުން ޖޭއެސްސީން މި މަހުގެ 24 ގައި ވެސް ގާޒީން ހޯދަން އިއުލާނު ކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: