ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޭމަންޑޫ ސުކޫލުގެ މަލްޓިޕާޕޯސް ހޯލް މިއަހަރު ޑިސެމްބަރުގައި ނިންމާ ހަވާލުކުރެވޭނެ: އެޑިއުކޭޝަން މިނިސްޓަރ

އެޑިއުކޭޝަން މިނިސްޓަރު ޢާއިޝަތު ޢަލީ.ފޮޓޯ: ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ތ. ވޭމަންޑޫ ސުކޫލުގެ މަލްޓިޕާޕޯސް ހޯލް މި އަހަރު ޑިސެމްބަރު 22 ގެ ކުރިން ނިންމައި އެޑިއުކޭޝަން މިނިސްޓްރީއާއި ހަވާލުކުރެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ލިޔުމުން ޖަވާބު ހޯދުމަށް އެދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ކުރެއްވި ސުވާލަށް ޖަވާބުއަރުވަމުން މަޖިލީހުގެ އަމީންއާމު ވިދާޅުވީ ވޭމަންޑޫ ސުކޫލުގެ މަލްޓިޕާޕޯސް ހޯލުގެ އިމާރާތުގެ މަސައްކަތަކީ 25 އެޕްރިލް 2021 ގައި “ރިނޮކޮން މޯލްޑިވްސް“ އާއި ހަވާޅުކުރެވިފައިވާ މަސައްކަތެއް ކަމަށާއި 20 މެއި 2021 ގައި އެ އިމާރާތުގެ އަމަލީ މަސައްކަތްވެސް ފެށިފައިވާކަމަށެވެ.

މީގެ އިތުރުން، އެ އިމާރާތުގައި މިހާރު ކުރިއަށްދަނީ ހިޔާކުރުމާއި، ކޮންކްރީޓްގެ މަސައްކަތްކަމަށް މިނިސްޓަރުގެ ޖަވާޞުގައި ވެއެވެ. އަދި މިއަހަރުގެ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އެ އިމާރާތުގެ ހުރިހާ މަސައްކަތެއް ނިންމާ މިނިސްޓްރީއާއި ހަވާޅުކުރެވޭނެ ކަމުގެ އުފާވެރި ޚަބަރު މިނިސްޓަރު ގެ ޖަވާބުގައި ދެއްވާފައިވެއެވެ.

މި ސުވާލަށް އެޑިއުކޭޝަން މިނިސްޓްރީގެ ޖަވާބެއް ލިބިފައިވަނީ ސުވާލު ކުރިތާ ތިން މަސް ދުވަސް ފަހުންކަމަށް ސުވާލު މަޖިލީހަށް ހުށަހެޅި މެންބަރު ރިޔާޒް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: