ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ވެރިކަމުގައި އޮވެ ރައީސް ނަޝީދަށް އައި ހަމަލާއަކީ، ނޭނގި ތިއްބައި ހިނގިކަމެއް ނޫން: އިންތި

މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ސަރުކާރެއް އޮވެ ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ހަމަލާ ދިންކަމީ ވަރަށް ބޮޑަށް ހިތާމަކުރައްވާ ކަމެއް ކަމުގައި ރައްޔިތުން މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށްހަޅުއްވާފައިވާ ޤައުމީ ސަލާމަތާއި ބެހޭ ބިލަށް މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ، ސަލާމަތާއި ބެހޭ ވާހަކަ ދައްކާއިރު އެންމެ ފުރަތަމަ ވެސް ސަމާލުކަމަށް އަންނަ އެއް ކަމަކީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް މިދިޔަ އަހަރު “ހައެއް ފަހެއްގައި” ދިން ހަމަލާގެ ހާދިސާ ކަމަށެވެ.

އިމްތިޔާޒް ވިދާޅުވީ ކުރިން އިދިކޮޅުން ވެރިކަން ކުރި އިރުވެސް އެފަދަ ހަމަލާއެއްް އައިސްފައިނުވާ ކަމަށާއި އެމްޑީޕީގެ ސަރުކާރެއް އޮތް ވަގުތެއްގައި އެމަނިކުފާނަށް އެފަދަ ހަމަލާއެއް ރައްދުވީތީ އެކަމާއި ކަންބޮޑުވެ، ވަރަށްބޮޑަށް ހިތާމަ ކުރައްވާކަމަށެވެ.

“ހިތާމަ ކުރަން އަޅުގަނޑުމެންގެ އަމިއްލަ ސަރުކާރެއް އޮއްވައި އެމަނިކުފާނަށް އެފަދަ ހަމަލާއެއް އައިތީވެ. މީކީ އެފަދަ ހަމަލާތައް ރާވަމުންދާކަން ނޭނގި ސިއްރުގައި އޮވެގެން އެހެން އައި ހަމަލާއެއް ނޫން. އެނގި އޮއްވައި އައި ހަމަލާއެއް. އަދިވެސް އެމަނިކުފާނަށް ސަލާމަތާ ރައްކާތެރިކަން ދިނުމަށްޓަަކައި މި މަޖިލީހުން ހިންގި އިންކުއަރީގައި ހުރި ކަންކަން ފުރިހަމަ ކޮށްފައެއް ނުވޭ. އެވެސް ހިތާމަ ކުރާ ކަމެއް.” އިމްތިޔާޒް ވިދާޅުވި އެވެ.

2021، މޭއި 06 ގައި ރައީސް ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލައި ދިން ހަމަލާއަކީ ސެކިއުރިޓީ ބްރީޗެއްކަން މައްސަލައިގައި އެކުލަވާލި ރިޕޯޓުތަކުން ދައްކަ އެވެ. އަދި ހަމަލާ ދިނުމުގައި އިސްކޮށް އުޅުނުކަމުގެ ތުހުމަތައް ހައްޔަރު ކުރި މީހުންގެ ޝަރީއަތްތައް ކުރިޔަށް ދާއިރު ހުކުމެއް އައިސްފައި ވަނީ އަދުހަމް އަހުމަދު ރަޝީދަށް އެކަންޏެވެ. އޭނާ އަކީ ބޮމުގެ ހަމަލާ ރޭވުމުގައި އެންމެ އިސްކޮށް އުޅުނު މީހާކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ. އިއުތިރާފުގެ އެކުލަވާލައި، އަވަސް ނިޔާގެ ދަށުން އަދުހަމްގެ މައްޗަށް ހުކުމް އިއްވި ނަމަވެސް ރައީސް ނަޝީދާއި އަރިސް މެމްބަރުން ދަނީ އެކަމުގެ ފަހަތުގައި ތިބި މީހުން އަދިވެސް ތިބީ ފިލައިކަމަސް ބުނަމުންނެވެ.

މިއީ ހަރުކަށި ފިކުރުގެ ބަޔަކު ރައީސް ނަޝީދުގެ ލޭ ހުއްދަކޮށް ދިން ހަމަލާއެއްކަމަށް ފުލުހުން ބުނެ އެވެ. ހަމަލާގެ މައްސަލަ ތަހުގީގު ކުރުމުގައި އިހުމާލުތަކެއް ވެ، ބައެއް ކަންކަން ސަރުކާރުން ފޮރުވަމުންދާކަމަށް މީގެ ކުރިން ވެސް މަޖިލީހުގައި ރައީސް ނަޝީދާއި އަރިސް މެމްބަރުން ވިދާޅުވެފައި ވެއެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީ ތަހުގީގު އޮއްބާލުމަށްކަމަށާއި، ހަމަލާއަށް ފަނޑު ކުރި ބަޔަކު ތިބޭނެކަމަށް މެމްބަރުން ގަބޫލު ކުރެ އެވެ.

ހައްޔަރު ކުރި މީހުން އެކަނި ވެސް ރައީސް ނަޝީދަށް ހަމަލާ ދޭން އެކި ފަހަރު މަތީން މަސައްކަތް ކުރިކަން ތަހުގީގުތަކުން ދައްކައެވެ. އޭގެ ތެރެގައި އަނބިކަބަލުން ލައިލާ ދިރިއުޅުއްވާ ގެކޮޅުގައި އެއްޗެއް ގޮއްވާލުމަށާއި، ރައީސް ނަޝީދު ކަސްރަތު ކުރެއްވުމަށް ނިކުންނަވާ ވަގުތަކާއި ދިމާކޮށް ހަމަލާ ދޭން މަސައްކަތް ކުރިކަން ވަނީ ހާމަވެފަ އެވެ. ނަމަވެސް މީގެއިން އެއްވެސް މައުލޫމާތެއް އިންޓެލިޖެންސަށް ލިބިފައި ނުވުމަކީ، ފެއިލިއާއެއްކަން ފުލުހުންނާއި އެމްއެންޑީއެފްގެ ޕްރެސްތަކުގައި ނޫސްވެރިން ވެސް ފާހަގަ ކުރި އެވެ.

މި މައްސަލައިގައި ފުރިހަމަ އިންސާފެއް ލިބިދާނެކަމަށް ގަބޫލު ނުކުރައްވާކަމަށް ހުދު ރައީސް ނަޝީދު ވެސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: