ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާފިއު ހޯދަން ފުލުހުން އިއުލާނުކޮށްފި!

ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ މަގާމުން ވަކިކުރި މުޝީރު އިބްރާހިމް ރާފިއު.
ޝެއާރކޮށްލާ ކަހަލަދޯ؟

ބަނގްލަދޭޝްގެ ޒުވާނެއް ކަމަށްވާ އަލަމްގީރްއާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި އިސްލާމިކް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމުގައި ހުރި އުމުރުން 54 އަހަރުގެ އިބްރާހިމް ރާފިއު ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.

ފުލުހުން ކޮށްފައިވާ އިއުލާނުގައިވަނީ، ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުން ތަހުޤީގު ކުރަމުންދާ މައްސަލާގެ ތަހުޤީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން ތަހުޤީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާކަމަށެވެ. އަދި ރާފިއު އުޅޭ ވަކި ތަނެއް އިނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުޤީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުޤީގަށް ހާޒިރުވުމަށް އަންގާ އިއުލާނުކުރާކަމަށެވެ.

އޭނާ ހާޒިރު ވުމަށް ފުލުހުން އަންގައިފައިވަނީ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހުގެ 14:00 އަށެވެ. އަދި ފުލުހުން ވަނީ ރާފިއު އާ ބެހޭ އެއްވެސް މައުލޫމާތު ލިބިފައިވާނަމަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދިފައެވެ.

އަލަމްގީރުއާއެކު އެތައް ބަޔަކު ޖިންސީ ގުޅުން ހިންގާފައިވާކަމުގެ މައްސަލަ ބަލަމުންދިޔަ ހައްސާސް ދަނޑިވަޅުގައި ރާފިއުވަނީ ދިވެހިރާއްޖެއިން ފުރާފައެވެ.

މި މައްސަލާގައި ޝާމިލްވާ އެތައް ބައެއްގެ ޕާސްޕޯޓޫ ފުލުހުން ހިފަހައްޓި ނަމަވެސް ރާފިއު ގެ ޕާސްޕޯޓު ހިފެހެއްޓުމުގެ ކުރިން އޭނާ ވަނީ ރާއްޖެއިން ފުރާފައެވެ.

އެއްޖިންސުން ގުޅުން ހިންގި ކަމުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީގު ކުރެވެމުންދާއިރު، މި މައްސަލާގައި އިސްވެ އުޅޭ އަލަމްގީރުވަނީ އެއްޖިންސުން ގުޅުން ހިންގިކަމަށް އޭނާގެ ހެކިބަހުގައި އިއުތިރާފްވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: