ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލަމްގިރި 7 މަހާއި 6 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފި!

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރު ކުރި އަލަމްގިރި އަލަމްގިރި
ޝެއާރކޮށްލާ ކަހަލަދޯ؟

ގިނަ އަދަދެއްގެ ބަޔަކާއެކު އެއްޖިންސުން ގުޅުންހިންގި ކަމަށް އަމިއްލައަށް އިއުތިރާފްވެފައިވާ އަލަމްގިރި 7 މަހާއި 6 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފިއެވެ.

”ސަންގު”އަށް މައުލޫމާތު ދެމުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް މައުލޫމާތުދިން ގޮތުގައި އަލަމްގިރީގެ މައްޗަށް މިއަދު ހުކުމް ކުރުމަށް ބޭއްވުނު ޝަރީޢަތުގައި 7 މަހާއި 6 ދުވަހަށް ޖަލަށް ލުމަށް ހުކުމް ވަނީ ހުކުމް ކޮށްފައެވެ.

”މިއަދު ހުކުމް ކުރުމަށް ބެއްވުނު ޝަރީޢަތުގައި ނިމުނީ 7 މަހާއި 6 ދުވަހަށް އަލަމްގިރި ޖަލަށްލުމަށް” ޕީޖީގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ނޫސްވެރިންނަށް ނުވަދެވޭހެން އޮންލައިންކޮށް ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި އިބްތިދާއީ އަޑު އެހުން އިއްވުމުގެ 24 ގަޑި އިރުގެ ކުރިންވަނީ ފުލުހުންނަށް އަލަމްގިރި ދީފައިވާ ބަޔާން ސޯޝަލް މީޑިއާގައި ލީކުކޮށްލާފައެވެ. އަދި އެ  ބަޔާން ލީކުވި ގޮތެއް ހޯދާ ތަހުޤީގުކުރތާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފައެވެ

އިބްތިދާއީ މަރުހަލާ ނިންމާލުމަށްފަހު، ޝަރީއަތުގެ އަޑުއެހުމެއް ހޯމަދުވަހު ކުރިމިނަލް ކޯޓުގައި އަލަމްގީރު ހާޒިރުކޮށް ބޭއްވި އިރު އެ އަޑުއެހުމުގައި ވެސް އަލަމްގިރި ވަނީ އޭނާގެ އިއުތިރާފު ދަމަހައްޓާފަ އެވެ.

ލީކުވެފައިވާ އަލަމްގީރުގެ ބަޔާނުގައި ގިނަ އަދަދެއްގެ ބަޔަކާއި އެކު އޭނާ އެއްޖިންސުން ގުޅުން ހިންގިކަމަށް އިއުތިރާފުވެ އެވެ. އަދި އެ ބަޔާނުގައި އޭނާ ބުނެފައި ވަނީ އޭނާގެ އުމުރުން ހަތް އަހަރުގައި އުފަން ރަށް ބަންގްލަދޭޝްގައި އުޅެނިކޮށް ފިރިހެނަކު ގަދަކަމުން އެއްޖިންސުން ގުޅުން ހިންގާފައިވާ ކަމަށެވެ. ނަމަވެސް އޭރު އެ ވާހަކަ އެއްވެސް މީހެއް ކައިރީ ނުބުނާތީ ރަސްމީ އެއްވެސް އިދާރާއަކުން މައްސަލަ ބަލާފައި ނުވާ ކަމަށް ބަޔާނުގައި ވެއެވެ.

އޭގެ ފަހުން އުމުރުން 10 އަހަރުން ފެށިގެން އެ ގައުމުގައި ތިބި އޭނާގެ ރައްޓެހިންނާއި އެކީ އެއްޖިންސުން ގުޅުން ހިންގަމުން އައި ކަމަށާއި އެކަމުގެ ތެރޭގައި ރައްޓެއްސެއްގެ ފަރާތުން އެފަދަ ކަންކަމަށް މީހުން ހޯދޭނެ އެޕްލިކޭޝަނެއް ލިބި އެ މެދުވެރިކޮށް ވެސް މީހުންނާއި ބައްދަލު ކުރާކަމަށް އޭނާ ބުންޏެވެ.

އަލަމްގިރި ބުނީ، އޭނާ ރާއްޖެ އައިސްފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ބަންގްލަދޭޝްގައި ހުރި ބްރޯކަރެއް މެދުވެރިކޮށް ވެއިޓަރެއްގެ ގޮތުގައި ކަމަށެވެ. އޭރު އެކި ތަންތަނުގައި މަސައްކަތް ކުރަމުން ވެސް ގިނަ ބަޔަކާ އެކީ ޖިންސީ ގުޅުން ހިންގާ ކަމަށް އަލަމްގިރް ވަނީ ބުނެފައެވެ.

އަލަމްގިރް ބުނި ގޮތުގައި އޭނާ ވަނީ މިހާތަނަށް ތިން ގައުމެއްގެ ބަޔަކާ އެކީ އެއްޖިންސުން ގުޅުން ހިންގާފައެވެ. އެއީ ބަންގްލަދޭޝް، ސްރީލަންކާ އަދި ރާއްޖެއެވެ. އަދި މިހާތަނަށް އެއްޖިންސުން ގުޅުން ހިންގާ 45-50 ދެމެދުގެ ވީޑިއޯ ރިކޯޑް ކުރި ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

މީގެ އިތުރުން އޭނާއާއި އެކީ އެއްޖިންސުން ގުޅުން ހިންގި މީހުން ފައިސާގެ ގޮތުގައި 100 ޑޮލަރާއި 200 ޑޮލަރާއި 500 ރުފިޔާއާއި 1000 ރުފިޔާ ވެސް ދީފައިވާ ކަމަށް އޭނާ ވަނީ ތަހުގީގުގައި ބުނެފައެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: